މައި ޚަބަރަށް ދިޔުމަށް
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
ރައީސް މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
Raajje

ރައީސް މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދަޢުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ. ރައީސް މެލޭޝިއާއަށް ވަޑައިގަތުމުން އެ މަނިކުފާނަށް ރަސްމީ ގޮތުން މަރުޙަބާ ދަންނަވާފައި ވަނީ މި މަހުގެ 28 ވީ ހޯމަ ދުވަހު ޕުތްރަޖާޔާގައެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ “މޯލްޑިވްސް – މެލޭޝިއާ ބިޒްނަސް ފޯރަމް 2025” ގައި ބައިވެރިވެ ވަޑައިގެން، ދިވެހިރާއްޖޭގައި އ...

ރައީސް މުޢިއްޒު އައިއައިޔޫއެމްގައި ތަޤުރީރުކުރައްވައިފި
Raajje

ރައީސް މުޢިއްޒު އައިއައިޔޫއެމްގައި ތަޤުރީރުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައިއައިޔޫއެމް) ގައި މިއަދު ތަޤުރީރުކުރައްވައިފިއެވެ. އައިއައިޔޫއެމް އިން “އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް” ގެ ދާއިރާއިން ރައީސް މުޢިއްޒަށް އެރުވި ޑޮކްޓަރ އޮފް ފިލޯސަފީގެ އޮނަރަރީ ޑިގްރީއާ ހަވާލުވެވަޑައިގަތުމަށްފަހު، “އިންޓެލެކްޗުއަލް ރިނައަސާންސް: އަންވެއިލިންގ ދަ ސައިންޓިފިކް އެންޑް މޮޑަރން ޑިވެލޮޕްމަންޓް އޮފް ދަ އިސްލާމިކް ސިވިލައިޒޭޝަން” މ...

ރައީސަށް މެލޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީން އޮނަރަރީ ޑޮކްޓަރޭޓް އަރުވައިފި
Raajje

ރައީސަށް މެލޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީން އޮނަރަރީ ޑޮކްޓަރޭޓް އަރުވައިފި

މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު މިއަދު އަރުވައިފިއެވެ. މި ޝަރަފު ރައީސް މުއިއްޒަށް އެރުވީ އެމަނިކުފާނު މިހާރު މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އޮނަރަރީ ޑޮކްޓަރޭޓް އެރުވުމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ރައީސް މުއިއްޒަށް މި ޝަރަފު އެރުއްވީ އައިއައިޔޫއެމްގެ ކޮންސްޓިޓިއުޝަނަލް ހެޑް، ޓެންކޫ އަޒީޒާ އައިމިނާ މައިމޫނާއެވެ. މި ޝަރަފު އެރުވީ ޑޮކްޓަރ އޮފް ފިލޮސޮފީއި...

ޤައުމުން ބޭރުގައި އުޅޭ އިރުވެސް އިސްލާމްދީނާއި ދިވެހިވަންތަކަން ހިފެހެއްޓުމަށް ރައީސްގެ އިލްތިމާސެއް
Raajje

ޤައުމުން ބޭރުގައި އުޅޭ އިރުވެސް އިސްލާމްދީނާއި ދިވެހިވަންތަކަން ހިފެހެއްޓުމަށް ރައީސްގެ އިލްތިމާސެއް

ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާއި ރައްޔިތުން، އިސްލާމްދީނުގެ އުސޫލުތަކާއި ދިވެހިވަންތަކަން ހިފެހެއްޓުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ އިލްތިމާސްކުރައްވައިފިއެވެ. ރައީސް މިފަދައިން ވިދާޅުވީ، މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ބޭރު ޤައުމުތަކުގައި ދިރިއުޅޭއިރު ބައެއް ފަހަރު ދީނުގެ ހަމަތައް ދޫކޮށްލެވޭ ކަމަށް ފާހަގަކުރައްވައި، އިސްލާމްދީނުގެ...

މެލޭޝިޔާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ފަށައިފި
Raajje

މެލޭޝިޔާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ފަށައިފި

މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތްތަށް މިއަދު ފަށައިފިއެވެ. ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނަށް ލުއި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަޤުސަދުގައި، މި ޙިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔަ ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސް މުޢިއްޒު މެލޭޝިޔާއަށް ކުރަމުންދާ މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އެގޮތުން މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނާއެކު...

ރާއްޖޭގައި އިންވެސްޓްކުރުމަށް މެލޭޝިއާގެ ވިޔަފާރިތަކަށް ރައީސް ދަޢުވަތުދެއްވައިފި
Raajje

ރާއްޖޭގައި އިންވެސްޓްކުރުމަށް މެލޭޝިއާގެ ވިޔަފާރިތަކަށް ރައީސް ދަޢުވަތުދެއްވައިފި

މެލޭޝިއާގެ ވިޔަފާރިތަކަށް ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ދަޢުވަތު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މުޢިއްޒު މި ދަޢުވަތު ދެއްވީ އެމަނިކުފާނު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި “މޯލްޑިވްސް-މެލޭޝިއާ ބިޒްނަސް ފޯރަމް 2025” ގައި ތަޤުރީރުކުރައްވަމުންނެވެ. ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި އުފެދިފައިވާ ވިޔަފާރީގެ އާ ފުރުޞަތުތަކުގެ ބޭނުން ހިފައި، ރާއްޖެ މިހާރަށްވުރެ ވަރުގަދަ، ވިޔަފާރިތަކަށް ފަހި އަދި މުސްތަޤުބަލަށް ތައްޔ...

ރާއްޖެ-މެލޭޝިޔާ: މިހާރަށްވުރެވެސް ބޮޑަށް ގުޅިގެން މަސައްކަތްކުރުމަށް ޢަޒުމް ކަނޑައަޅައިފި
Raajje

ރާއްޖެ-މެލޭޝިޔާ: މިހާރަށްވުރެވެސް ބޮޑަށް ގުޅިގެން މަސައްކަތްކުރުމަށް ޢަޒުމް ކަނޑައަޅައިފި

ދިވެހިރާއްޖެ އާއި މެލޭޝިޔާ އާ ދެމެދު މިހާރަށްވުރެވެސް ބޮޑަށް ގުޅިގެން މަސައްކަތްކުރުމަށް ޢަޒުމް ކަނޑައަޅާފައިވާ ކަމަށް ދެ ޤައުމުން މިއަދު ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިޔާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ބޭއްވުނު ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ދެ ޤައުމުން ހިއްސާކުރާ އުސޫލުތަކާއި، އިޤްތިޞާދީ ދާއިރާއިންނާއި ބައިނަލްއަޤްވާމީ ސުލްޙައަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމުގެ މައްޗަށް އަލިއަޅުވ...

ޔުމްނު ވެއްޓުނު މައްސަލަ ތަހްގީގު ކުރަން އުފެއްދި ކޮމިޝަން މެމްބަރުންގެ އަދަދު 5 އަށް އިތުރުކޮށްފި
Raajje

ޔުމްނު ވެއްޓުނު މައްސަލަ ތަހްގީގު ކުރަން އުފެއްދި ކޮމިޝަން މެމްބަރުންގެ އަދަދު 5 އަށް އިތުރުކޮށްފި

18 އޭޕްރިލް 2025 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މަތީ ޒަޚަމްތަކަކާއެކު ހައްވާ ޔުމްނު ރަޝީދު އޮއްވާ ފެނުނު މައްސަލައާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފައްދާފައިވާ ޚާއްޞަ ކޮމިޝަންގެ މެމްބަރުންގެ އަދަދު 5 އަށް އިތުރުކޮށްފިއެވެ. ރައީސްގެ ޤަރާރަކުން މި ކޮމިޝަން އުފެއްދެވީ އިއްޔެއެވެ. ރައީސް އޮފީހުން މިއަދު ބުނީ ލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު […]

ރާއްޖެ-މެލޭޝިއާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވައިފި
Raajje

ރާއްޖެ-މެލޭޝިއާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވައިފި

ރައީސް ޑރ. މުހައްމަދު މުޢިއްޒު، މެލޭޝިޔާ އަށް މިހާރު ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް މިއަދު ކުރިއަށް ގެންދަވައިފިއެވެ. މި މަޝްވަރާތަކުގައި އެންމެ އިސްކޮށް ތިއްބެވީ ދެ ޤައުމުގެ އިސް ވެރިންކަމަށްވާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމެވެ. ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ މެލޭޝިއާއިން އެމަނިކުފާނަށް ދެއްވި ދަޢުވަތާއި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ޤައުމު...

ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި
Raajje

ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމަށް ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި ކުޅިވަރު، ޞިއްޙީ، ފަތުރުވެރިކަން އަދި ޚާރިޖީ ދާއިރާއިން މީހުން ބިނާކުރުމުގެ ދާއިރާތައް ހިމެނެއެވެ. ކުޅިވަރުގެ ދާއިރާއިން ދެޤައުމު ގުޅިގެން މަސައްކަތްކުރުމާއި އެއްބާރުލުންދިނުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. މެލޭ...

މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމުގެ ދަޢުވަތު ދެއްވައިފި
Raajje

މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމުގެ ދަޢުވަތު ދެއްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތު ދެއްވައިފިއެވެ. މިއަދު ރައީސް މުޢިއްޒާއި ބޮޑުވަޒީރު އަންވަރު އިބްރާހީމް ބައްދަލުކުރެއްވުމަށްފަހު ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ. މި ބަޔާނުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކުގައި ދ...

ރައީސް މުޢިއްޒަށް މެލޭޝިޔާއިން ހޫނު މަރުޙަބާ އެއް
Raajje

ރައީސް މުޢިއްޒަށް މެލޭޝިޔާއިން ހޫނު މަރުޙަބާ އެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާ އަށް ވަޑައިގެންފައިވާއިރު އެ ޤައުމުގެ ސަރުކާރުން މިއަދު އެމަނިކުފާނަށް ރަސްމީ މަރުހަބާ ދަންނަވައިފިއެވެ. މިގޮތުން މެލޭޝިޔާގެ ސަރުކާރުން ރައީސް މުޢިއްޒަށް ދަންނަވާފައި ވަނީ ވަރަށް ހޫނު މަރުޙަބާއެކެވެ. މި މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުގެ ޕުޓުރާޖާޔާގައެވެ. ރައީސް މުޢިއްޒު ޕުޓުރާޖާޔާއަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވީ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމެވެ. މި ރަސް...

އިންސާފް ޤާއިމްކުރުމުގައި ވަކި މީހަކު ތަފާތެއް ނުކުރާނަން: ރައީސް
Raajje

އިންސާފް ޤާއިމްކުރުމުގައި ވަކި މީހަކު ތަފާތެއް ނުކުރާނަން: ރައީސް

މި ސަރުކާރަކީ އަބަދުވެސް އިންސާފުގެ މަގުން ކަންތައްތައް ކުރާ ސަރުކާރެއް ކަމަށާއި، އެއްވެސް ރައްޔިތަކަށް ތަފާތު ނުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވައި މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ. އެ މަނިކުފާނު ބަސްދީގަތުމުގައި މިހެން ވިދާޅުވީ، “2025 އެޕްރީލް 18...

ރައީސް މެލޭޝިޔާ އަށް ވަޑައިގެންފި
Raajje

ރައީސް މެލޭޝިޔާ އަށް ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު އެޤައުމަށް ވަޑައިގެންފިއެވެ. ރައީސް މެލޭޝިއާއަށް ވަޑައިގެންނެވުމުން މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރްގެ އިންޓަނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އެޤައުމުގެ މިނިސްޓަރ އޮފް ހެލްތު (މިނިސްޓަރ އިން އެޓެންޑަންސް) ޑރ. ޙާޖީ ޒުލްކިފްލި އަޙްމަދު، މެލޭޝިއާގެ ޗީފް އޮފް ޕްރޮޓޮކޯލް ހިޒް އެކްސެލެންސީ ޔުބަޒްލާން ބިން ޔޫސުފް، ޗީފް އޮފް ސެރެމޮނީ އޮފް ދަ ގަވަރމަންޓް، ޕްރައިމް މިނިސްޓަރޒް ޑިޕާރޓްމަންޓް، ހިޒް އެ...

ނުފޫޒެއް ނުފޯރުވޭނެ، ފިޔަވަޅުތައް އަޅާނީ ތަހުޒީބުކަމާއެކު: ރައީސް
Raajje

ނުފޫޒެއް ނުފޯރުވޭނެ، ފިޔަވަޅުތައް އަޅާނީ ތަހުޒީބުކަމާއެކު: ރައީސް

އެމަނިކުފާނުގެ މައްޗަށް ނުފޫޒު ފޯރުވޭނެ އެއްވެސް ފަރާތެއް ނުހުންނާނެ ކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ފިޔަވަޅު އަޅުއްވާނީ ތަހުޒީބުކަމާއެކު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމެއްގައެވެ. އެމަނިކުފާނު ވިދާޅުވީ އެންމެ މުހިންމީ ރައްޔިތުން އެމަނިކުފާނަށް ކުރި އިތުބާރާއި ކުރެއްވި ހުވާ ކަމަށެވެ. “އަޅު...