ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދަޢުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.
ރައީސް މެލޭޝިއާއަށް ވަޑައިގަތުމުން އެ މަނިކުފާނަށް ރަސްމީ ގޮތުން މަރުޙަބާ ދަންނަވާފައި ވަނީ މި މަހުގެ 28 ވީ ހޯމަ ދުވަހު ޕުތްރަޖާޔާގައެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ "މޯލްޑިވްސް - މެލޭޝިއާ ބިޒްނަސް ފޯރަމް 2025" ގައި ބައިވެރިވެ ވަޑައިގެން، ދިވެހިރާއްޖޭގައި އުފެދިފައިވާ ވިޔަފާރީގެ އާ ފުރުޞަތުތަކުގެ މަޢުލޫމާތު ހިއްސާކުރައްވައި، މެލޭޝިއާގެ ވިޔަފާރިވެރިންނަށް ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ދަޢުވަތު ދެއްވާފައެވެ.
މީގެ އިތުރުން، ރައީސް ވަނީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، އެ ޤައުމުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 3،000 އެމެރިކާ ޑޮލަރު "މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން" އަށް ދެއްވުމަށް ނިންމަވާފައިވާކަން އިޢުލާންކުރައްވާރައްވާފައެވެ. އަދި މި ދަތުރުފުޅުގައި ރައީސް ވަނީ މެލޭޝިއާގައި ދިވެހި އައި.ޑީ ކާޑާއި ޕާސްޕޯޓްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.
ދަތުރުފުޅުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައި.އައި.ޔޫ.އެމް) އިން ރައީސް މުޢިއްޒަށް "އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް" ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީގެ އޮނޮރަރީ ޑިގްރީއެއް އެރުވުމެވެ. މި ޝަރަފު ޤަބޫލުފުޅުކުރެއްވުމާމާ ގުޅިގެން ރައީސް ވަނީ އިސްލާމީ ޙަޟާރަތުގެ ޢިލްމީ އަދި ޒަމާނީ ތަރައްޤީއާ ގުޅޭ ތަޤުރީރެއް ކުރައްވާފައެވެ.
މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިިކޮށް، އިޤްތިޞާދީ އަދި ތަޢަޢުލީމީ ދާއިރާތަކުގައައި އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!