މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
ކަނޑިތީމު ފުލުހުންގެ މަރުކަޒުގައި ބިންގާ އަޅައިފި
Raajje

ކަނޑިތީމު ފުލުހުންގެ މަރުކަޒުގައި ބިންގާ އަޅައިފި

ށ. ކަނޑިތީމު ފުލުހުންގެ މަރުކަޒުގައި ބިންގާ އަޅައިފިއެވެ. މި އިމާރާތުގައި ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މިހާރު ށ. އަތޮޅަށް ކުރަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން އެ އަތޮޅު ކަނޑިތީމަށް ކުރެއްވި ދަތުރުފުޅުގައެވެ. މިގޮތުން އެ އިމާރާތުގައި ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު، އަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އެވެ. މި ރަސްމިއްޔާތުގައި ކަނޑިތީމު ދާއިރާގެ މެންބަރު އަދި އެ ރަށު […]

ނޫމަރާ ފުލުހުންގެ މަރުކަޒުގެ އައު އިމާރާތުގައި ބިންގާ އަޅައިފި
Raajje

ނޫމަރާ ފުލުހުންގެ މަރުކަޒުގެ އައު އިމާރާތުގައި ބިންގާ އަޅައިފި

ށ. ނޫމަރާ ފުލުހުންގެ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ. މި އިމާރާތުގައި ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މިހާރު ށ. އަތޮޅަށް ކުރަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން އެ އަތޮޅު ނޫމަރާއަށް ކުރެއްވި ދަތުރުފުޅުގައެވެ. މިގޮތުން އެ އިމާރާތުގައި ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު، އަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އެވެ. މި ރަސްމިއްޔާތުގައި އަދި ނޫމަރާ ކައުސިލުން ވެސް […]

ނޫމަރާ ކައުންސިލްގެ އައު އިމާރާތް ރައީސް ހުޅުވައިދެއްވައިފި
Raajje

ނޫމަރާ ކައުންސިލްގެ އައު އިމާރާތް ރައީސް ހުޅުވައިދެއްވައިފި

ށ.ނޫމަރާ ކައުންސިލްގެ އައު އިމާރާތް ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ. މި އިމާރާތަކީ، ނޫމަރާ ކައުންސިލުން ދެމުންދާ ޚިދުމަތްތައް ދިނުމަށް، އެކަމަށް ބޭނުންވާ އެކަށީގެންވާ ޢުމްރާނީ ވަސީލަތް ޤާއިމުކުރުމުގެ މަޤުސަދުގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމަނައިގެން ނޫމަރާ ކައުންސިލާއި ހަވާލުކޮށްގެން ތަރައްޤީކޮށްފައިވާ އިމާރާތެކެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ މިހާރު ށ. އަތޮޅަށް ކުރަމުންދާ ދަތުރުފުޅުގެ ތެރެއިން ނޫމަރާއަށް ޒިޔާރާތްކުރައްވައި، އެމ...

ނޫމަރާގައި އަޅާ އައު މިސްކިތުގެ ބިންގާ އަޅައިފި
Thiladhunmathi News

ނޫމަރާގައި އަޅާ އައު މިސްކިތުގެ ބިންގާ އަޅައިފި

ށ. ނޫމަރާގައި އިމާރާތްކުރާ 300 މީހުންގެ ޖާގައިގެ އައު މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ. މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި މިސްކިތުގެ ބިންގާ އަޅާފައިވަނީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކުރާ މި މިސްކިތަކީ ފިރިހެނުންނާއި އަންހެނުންގެ ނަމާދު ބައި ވަކިން ހިމެނޭ މިސްކި...

ސީޝެލްސްގެ އިންތިޚާބީ ރައީސަށް ރައީސް މުޢިއްޒުގެ ތަހުނިޔާ
International

ސީޝެލްސްގެ އިންތިޚާބީ ރައީސަށް ރައީސް މުޢިއްޒުގެ ތަހުނިޔާ

ރިޕަބްލިކް އޮފް ސީޝެލްސްގެ އިންތިޚާބީ ރައީސް، ހިޒް އެކްސަލަންސީ ޑރ. ޕެޓްރިކް ހަރމިނީއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، އިންތިޚާބީ ރައީސް ޑރ. ހަރމިނީއަށް ކާމިޔާބު އެދިވަޑައިގެން، އެމަނިކުފާނުގެ ޒަޢާމަތުގައި ސީޝެލްސްއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވެފަވެއެވެ. މީގެއިތުރުން، ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެމެދު އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުމަށް އިޝާރާތްކުރައްވަމުން، ދެޤައުމުގެ...

ރައީސް ށ.އަތޮޅަށް
Raajje

ރައީސް ށ.އަތޮޅަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ރަސްމީ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައް...

ޕީއެޗްޑީ ޕްރޮގްރާމްތަކުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާމެދު މަޝްވަރާކޮށްފި
Raajje

ޕީއެޗްޑީ ޕްރޮގްރާމްތަކުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާމެދު މަޝްވަރާކޮށްފި

އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައިއައިޔޫއެމް) ގެ ރެކްޓަރ ޕްރޮފެސަރ އެމިރާތްސް ދަތޫކް ޑޮކްޓަރ އޮސްމާން ބަރަކް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ފަރާތުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ މަތީ ތަޢުލީމުގެ ދާއިރާއިން، ޚާއްޞަކޮށް ޕީއެޗްޑީ ޕްރޮގްރާމްތަކުގެ ދާއިރާއިން ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންކަމަށް ރައީސް އ...

''ދިވެހި ދަރިންނަކީ ޤުރްއާން ކިޔަވަން ބޭނުންވާ އެއީ ފަޚުރެއްގެ ގޮތުގައި ދެކޭ ބަޔަކަށް ވާން ބޭނުން''
Raajje

''ދިވެހި ދަރިންނަކީ ޤުރްއާން ކިޔަވަން ބޭނުންވާ އެއީ ފަޚުރެއްގެ ގޮތުގައި ދެކޭ ބަޔަކަށް ވާން ބޭނުން''

ދިވެހި ދަރިންނަކީ ކީރިތި ޤުރުއާން ކިޔަވަން ބޭނުންވާ، އަދި އެކަމަށް ފަޚުރުވެރިވާ ބަޔަކަށް ވާން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި، މުބާރާތުގެ މުހިންމުކަން ފާހަގަކުރައްވައި ވިދާޅުވީ، މި މުބާރާތަކީ ރާއްޖޭގެ ހުރިހާ ކިޔަވާކުދިންނާއި އެހެނިހެން ފަރާތްތަކުން ކުރިއަށް އޮތް ދުވަސްތަކުގަ...

ދަރިވަރުންނަށް ކޭމްޕް ކުރާނެ ތަނެއް މާލެ ކައިރިން ހަމަޖައްސައިދީފި
Raajje

ދަރިވަރުންނަށް ކޭމްޕް ކުރާނެ ތަނެއް މާލެ ކައިރިން ހަމަޖައްސައިދީފި

ގްރޭޓަރ މާލެ ސަރަޙައްދުގައި ސްކޫލް ދަރިވަރުންނަށް ކޭމްޕް ކުރުމަށް ޚާއްޞަކޮށްގެން ތަރައްޤީކޮށްފައިވާ ސަރަޙައްދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. ކްރޮސްރޯޑްސް މޯލްޑިވްސްގައި ތަރައްޤީކޮށްފައިވާ މި ސަރަޙައްދަކީ، ގްރޭޓަރ މާލެ ސަރަޙައްދުގައި ކެޑޭޓް، ގައިޑް އަދި ސްކައުޓް ދަރިވަރުންނަށް ކޭމްޕް ކުރާނެ ތަނެއް ނެތި ގިނަ އަހަރުތަކެއް ވުމާ ގުޅިގެން، އެ ދަރިވަރުންނަށް ކޭމްޕް ކުރުމާއި އެކި ހަރަކާތްތައް ހިންގުމަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ތަނެކެވެ. މި ސަރަޙައްދ...

ޕްރިންސިޕަލުންގެ މަހާސިންތާ ފަށައިފި
Raajje

ޕްރިންސިޕަލުންގެ މަހާސިންތާ ފަށައިފި

ސްކޫލްތަކުގެ އިސްވެރިން ނުވަތަ ޕްރިންސިޕަލުންނަށް ޚާއްސަކޮށްގެން ބާއްވާ މަހާސިންތާ މިއަދު ފަށައިފިއެވެ. މި މަހާސިންތާ އިފްތިތާހު ކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށްދާ މި މަހާސިންތާގައި 210 ޕްރިންސިޕަލުން ބައިވެރިވެވަޑައިގަންނަވައެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާއަކީ ސްކޫލްތައް ހިންގުމުގައާއި ޕްރިންސިޕަލުންނަށް ދިމާވާ އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަންކަން ރަނގަޅުކުރުމަށްޓަކައި ބާއްވާ މަހާސިންތާއެކެވެ. ތަޢުލީމީ ވުޒާރާއިން...

ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތްކުރާނަން: ރައީސް
Raajje

ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތްކުރާނަން: ރައީސް

ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނީ ޙައްޤުގެ މައިގަނޑު އަސާސެއްކަމަށާއި، މި ސަރުކާރުން ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ބައިނަލްއަޤުވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖެއްގައި މިއަހަރުގެ ޝިޢާރު ކަމުގައިވާ “އިންސާނީ ކާރިސާތަކުގައި ނަފްސާނީ ދުޅަހެޔޮކަން” އަށް ރިޢާޔަތްކުރައްވާ، ރައީސް މުޢިއްޒު ވިދާޅުވީ، ދެމިގެންދާ އިންސާނީ ކާރިސާތަކުގައި ދިރިއުޅޭ މީހުންނަށް ފޯރުކޮށްދޭންޖެހޭ ނަފްސާނީ އެހީތެރ...

ޓްރޭޑްނެޓް މޯލްޑިވްސްގެ ނަން މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑަށް
Raajje

ޓްރޭޑްނެޓް މޯލްޑިވްސްގެ ނަން މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ނަން މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑަށް ބަދަލުކުރައްވައިފިއެވެ. މިކަން އިޢުލާންކުރައްވާފައިވަނީމި މިއަދު ނެރުއްވި ރައީސްގެ ޤަރާރަކުންނެވެ. 2019 ވަނަ އަހަރު އުފެއްދި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. މި ކުންފުނި އުފައްދާފައިވަނީ ދިވެހިރާއްޖޭގައި ވިޔަފާރިކުރުމާ ގުޅޭ އެކިއެކި ޚިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށް ޓަކަ...

ކްލާސްރޫމްތައް އޭސީ ކުރުމުގެ ޓާގެޓަށް ވާސިލްވެވޭނެ، އަންނަ ދިރާސީ އަހަރު ޓީޗަރުންވެސް ބޭނުންކުރާނީ އޭސީ ސްޓާފްރޫމްތައް: ރައީސް
Raajje

ކްލާސްރޫމްތައް އޭސީ ކުރުމުގެ ޓާގެޓަށް ވާސިލްވެވޭނެ، އަންނަ ދިރާސީ އަހަރު ޓީޗަރުންވެސް ބޭނުންކުރާނީ އޭސީ ސްޓާފްރޫމްތައް: ރައީސް

ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ކްލާސްރޫމްތައް މި އަހަރު ނިމުމުގެ ކުރިން އޭސީ ކުރުމުގެ ޓާގެޓަށް ވާސިލްވެވޭނެ ކަމަށާއި، އަންނަ ދިރާސީ އާ އަހަރު ފެށޭއިރު ޓީޗަރުންވެސް ބޭނުންކުރާނީ އޭސީކުރެވިފައިވާ ސްޓާފްރޫމްތައް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ރޭ މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ތަޢުލީމީ ދާއިރާއަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ދ...

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢެއް ފެށުމަށް ރައީސް އިޢުލާން ކުރައްވައިފި
Raajje

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢެއް ފެށުމަށް ރައީސް އިޢުލާން ކުރައްވައިފި

ދިވެހީންގެ ތެރޭގައި އިހުއޮތް އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ އާދަކާދަ އަލުން ދިރުވުމަށްޓަކައި، 2026 ވަނަ އަހަރު ޤައުމީ ފެންވަރުގެ މަޝްރޫޢެއް ފެށުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ އިޢުލާން ކުރައްވައިފިއެވެ. މި މަޝްރޫޢުގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހޯއްދެވުމަށްވެސް އެމަނިކުފާނު ގޮވާލައްވާފައިވެއެވެ. އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ތަރައްޤީގެ ކަންކަން ކުރިއަށްދާއިރު މީހުންގެ ވިސްނުމާއި، އުޅު...

ދެ އިންތިޚާބު އެއްކޮށްލުމުގެ އިސްލާޙް ހިމެނޭހެން މަޖިލީހުގެ މި ދައުރަށް 27 ބިލެއް ހުށަހަޅަނީ
Parliament

ދެ އިންތިޚާބު އެއްކޮށްލުމުގެ އިސްލާޙް ހިމެނޭހެން މަޖިލީހުގެ މި ދައުރަށް 27 ބިލެއް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށް ބޭއްވުމަށް ހުށަހަޅާ އިސްލާޙް ހިމެނޭހެން މި އޮކްޓޫބަރު މަހު ފެށުނު މަޖިލީހުގެ ދައުރަށް ޖުމުލަ 27 ބިލެއް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އދ. މަހިބަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި، މިހާރުވެސް މަޖިލީހުގައި 18 ބިލެއްގެ މަސައްކަތް ކުރިއަށްދާއިރު، އަލަށް ހުށަހެޅޭ 27 ބިލުގެ ތެރޭގައި 12 އައު ޤާނޫނު ހިމެނެއެވެ. ޤާ...