ނޫމަރާގައި ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑަކާއި ވޮލީ ކޯޓެއް
ށ. ނޫމަރާގައި ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑަކާއި ވޮލީ ކޯޓެއް ތަރައްގީކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ނޫމަރާއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެރަށުގައި އަލަށް ކުރަންހުރި ނުވަތަ އިތުރަށް ބޭނުންވާ ކަންކަމަށް ވެސް ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭނެއެވެ. މިގޮތުން ޒުވާނުންނާއި ކުޅިވަރު ކުޅޭ ފަރާތްތަކުން ބޭނުން...