މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
''ގޯއްޗާއި ފްލެޓްތައް ދޭއިރު ވަކި މީހަކަށް، ވަކި ޢާއިލާއަކަށް އިސްކަން ލިބޭ ގޮތަށް އެއްވެސް ކަމެއް ނުހިނގާނެ''
Raajje

''ގޯއްޗާއި ފްލެޓްތައް ދޭއިރު ވަކި މީހަކަށް، ވަކި ޢާއިލާއަކަށް އިސްކަން ލިބޭ ގޮތަށް އެއްވެސް ކަމެއް ނުހިނގާނެ''

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަކީ ނުފޫޒުން އެއްކިބާވެގެން ހިންގޭ މަޝްރޫޢުތަކެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ އިން ގެނެސްދޭ “ނޭޝަން ޗެޓް” ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ ފޯމުތަކުގެ ވެރިފިކޭޝަން މަރުޙަލާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެއްވެސް މީހަކަށް ނުވަތަ ޢާއިލާއަކަށް ނާޖާއިޒު އިސްކަމެއް ނުލިބޭނެ ކ...

ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ރައީސް މުޢިއްޒުގެ ތައުޒިޔާ 
International

ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ރައީސް މުޢިއްޒުގެ ތައުޒިޔާ 

ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން އެތައް ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތައް ލިބިފައިވާތީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވެނުޒުއޭލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒަށް ހަމްދަރުދީ ފޮނުއްވައި، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، ވެނެޒުއޭލާއަށް އައި ބިންހެލުންތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެ، އަދި ގެދޮރާއި ބިނާރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ޚަބަރު އަޑުއެއްސެވީ ފުން ހިތާމަޔާއެކު ކަމަށް ވިދާޅުވ...

ގަތަރު ސަފީރުކަމަށް އާދަމް ޝަރީފް، ޔޫއޭއީގެ ސަފީރުކަމަށް ތޯބެ ޢައްޔަނުކުރަށްވައިފި
Raajje

ގަތަރު ސަފީރުކަމަށް އާދަމް ޝަރީފް، ޔޫއޭއީގެ ސަފީރުކަމަށް ތޯބެ ޢައްޔަނުކުރަށްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން ސްޓޭޓް އޮފް ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް (ޔޫއޭއީ) ކަނޑައަޅުއްވާ ސަފީރުން މިއަދު ޢައްޔަން ކުރައްވައިފިއެވެ. މި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ދިވެހިރާއްޖެއިން ސްޓޭޓް އޮފް ޤަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވީ ރ. ފައިނު، ޗަމަން، އާދަމް ޝަރީފު ޢުމަރެވެ. މީގެ އިތުރުން، އެކުވެރި ޢަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކ...

''މޯލްޑިވްސް ފަސްޓް'' ސިޔާސަތުގެ ދަށުން ޤައުމަށް ފައިދާހުރި ކަންކަމަށް ރާއްޖެ އޮތީ ހުޅުވާލާފައި''
Raajje

''މޯލްޑިވްސް ފަސްޓް'' ސިޔާސަތުގެ ދަށުން ޤައުމަށް ފައިދާހުރި ކަންކަމަށް ރާއްޖެ އޮތީ ހުޅުވާލާފައި''

ސަރުކާރުގެ “މޯލްޑިވްސް ފަސްޓް” ސިޔާސަތުގެ ދަށުން، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާއި އިޤްތިޞާދު ސިންދަފާތުކުރުމަށް ޤައުމަށް ފައިދާހުރި ކަންކަމުގައި ދިވެހިރާއްޖެ އޮތީ ހުޅުވާލެވިފައިކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެމެރިކާ އަށް ދެއްވައިފިއެވެ. ރައީސް މި ޔަގީންކަން ދެއްވީ އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އެފެއަރޒް، އެސް. ޕޯލް ކަޕޫރު މިއަދު އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ކުރިއަށް ގެންދެވި ބައްދަލުވުމުގައެވ...

ރައީސްގެ ޝުކުރު ދައުލަތުގެ ޚިދުމަތްތެރިންނަށް، އެއްބާލުން ދިނުމުގަައި ސަރުކާރު ދެމިއޮންނާނެ
Raajje

ރައީސްގެ ޝުކުރު ދައުލަތުގެ ޚިދުމަތްތެރިންނަށް، އެއްބާލުން ދިނުމުގަައި ސަރުކާރު ދެމިއޮންނާނެ

ދައުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމަށާއި، ނަޒާހަތްތެރިކަމާއެކު ޚިދުމަތްކުރައްވާ ފަރާތްތަކަށް އެއްބާރުލުން ދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މި ޔަގީންކަން ދެއްވީ ބައިނަލްއަޤުވާމީ ގޮތުން މިއަދު ފާހަގަކުރާ އދ. ގެ ޕަބްލިކް ސަރވިސް ޑޭ ނުވަތަ ދައުލަތުގެ ޚިދުމަތްތެރިންގެ ދުވަހާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. ރައީސްގެ މެސެޖުގައި، މުޖުތަމައުތަކުގެ ކުރިއެރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި...

ދައުލަތުގެ ޢާންމު މަންފާއަށް ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައަޅައިފި
Raajje

ދައުލަތުގެ ޢާންމު މަންފާއަށް ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައަޅައިފި

ދައުލަތުގެ ޢާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ. މިކަމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު މިހާރު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ޤަރާރުގެ ޖަދުވަލުގައި، ސަރުކާރުން ކަނޑައަޅާފައިވާ މުހިންމު މަޝްރޫޢުތަކުގެ އިތުރުން، އެ މަޝްރޫޢުތައް ހަވާލުކުރެވޭ ފަރާތްތަކުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ވެސް ވަނީ ހިމަނުއްވާފައެވެ....

ދީނީ ޚިދުމަތްތެރިޔާ ޝައިޚު އިސްމާޢީލް އަވަހާރަވުމުން ރައީސްގެ ތައުޒިޔާ
Raajje

ދީނީ ޚިދުމަތްތެރިޔާ ޝައިޚު އިސްމާޢީލް އަވަހާރަވުމުން ރައީސްގެ ތައުޒިޔާ

ރާއްޖޭގެ އިސްލާމީ ތަޢުލީމާއި ތަރުބިޔަތަށް ބައި ޤަރުނަށްވުރެ ގިނަ ދުވަހު އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކުރެއްވި ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު (މ. ޠައިބާ) އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ މަނިކުފާނުގެ ޢާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ. ޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވީ އުމުރުފުޅުން 85 އަހަރުގައި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވ...

''އެންމެ ބޮޑު އިސްކަމެއް މަހަށް ހަމަ އަގު ހޯދައިދިނުމަށް، އަމާޒަކީ 20ރ. ގައި ހިފެހެއްޓުން''
Raajje

''އެންމެ ބޮޑު އިސްކަމެއް މަހަށް ހަމަ އަގު ހޯދައިދިނުމަށް، އަމާޒަކީ 20ރ. ގައި ހިފެހެއްޓުން''

މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށާއި، އަމާޒަކީ ކަޅުބިލަ މަސް ގަންނަ އަގު ކިލޯއެއް 20 ރުފިޔާގައި ހިފެހެއްޓުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “ދަ ޕަލްސް” ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަސްވެރިކަމުގެ ސިނާޢަތަށް ޚާއްޞަކޮށްގެން ގެނެސްދިން މި އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން އ...

''ބޮޑުކަންނެލީގެ މަސްވެރިނަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ މަސްވެރިންގެ ބައިވެރިވުމާއެކު''
Raajje

''ބޮޑުކަންނެލީގެ މަސްވެރިނަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ މަސްވެރިންގެ ބައިވެރިވުމާއެކު''

ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނީ ސީދާ އެ މަސްވެރިންގެ ބައިވެރިވުމާއެކު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ “ދަ ޕަލްސް” ޕޮޑްކާސްޓްގެ ސިލްސިލާގެ ދެވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މަސްވެރިކަމުގެ ސިނާޢަތަށް ޚާއްޞަކޮށްގެން ގެނެސްދިން މި އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކަންބޮ...

''ސަރުކާރު ހިއްސާވާ ކުންފުނިތައް ރަނގަޅު ސައިޒަކަށް ކުޑަކުރެވުމުން މަސްވެރިކަމުގެ ސިނާއަތަށް ބޭނުންވާ މީހުން ލިބޭނެ''
Raajje

''ސަރުކާރު ހިއްސާވާ ކުންފުނިތައް ރަނގަޅު ސައިޒަކަށް ކުޑަކުރެވުމުން މަސްވެރިކަމުގެ ސިނާއަތަށް ބޭނުންވާ މީހުން ލިބޭނެ''

ސަރުކާރުގެ ކުންފުނިތައް އޭގެ އެންމެ ރަނގަޅު ސައިޒަށް ކުޑަކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތުގެ ހެޔޮ އަސަރުތައް މަސްވެރިކަމުގެ ސިނާޢަތްވެސް ހިމެނޭހެން، ރާއްޖޭގެ އިޤްތިޞާދަށް ކުރަން ފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މަސްވެރިކަމުގެ ސިނާޢަތަށް ޚާއްޞަކޮށްގެން ގެނެސްދިން “ދަ ޕަލްސް” ޕޮޑްކާސްޓްގެ ސިލްސިލާގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވަޒީފާގައި ހިފެހެއްޓިފައި ތިބުމަކީ މަސްވެރިކަމުގެ ސިނާޢ...

ސިފައިންގެ ބޭކަލަކު ކުއްލިގޮތަކަށް ނިޔާވެއްޖެ، ރައީސްގެ ތައުޒިޔާ
Raajje

ސިފައިންގެ ބޭކަލަކު ކުއްލިގޮތަކަށް ނިޔާވެއްޖެ، ރައީސްގެ ތައުޒިޔާ

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި މަސައްކަތްކުރައްވާ ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާން މިއަދުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. ޙުސައިން ޢަބްދުއްރަޙުމާން ނިޔާވުމާ ގުޅިގެން ދައުލަތުގެ އެކި ފަންތީގެ އިސްވެރިންނާއި މުއައްސަސާތަކުން ދަނީ ތައުޒިޔާ ފޮނުވަމުންނެވެ. ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާން ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ ނިޔާވި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކު ކަމަށެވެ...

ރައީސް އިސްލާމީ ގައުމުތަކުގެ ވެރިންނަށް ހިިޖުރީ އާއަހަރުގެ ތަހުނިޔާ ފޮނުއްވައިފި
Raajje

ރައީސް އިސްލާމީ ގައުމުތަކުގެ ވެރިންނަށް ހިިޖުރީ އާއަހަރުގެ ތަހުނިޔާ ފޮނުއްވައިފި

ހިޖުރީ ސަނަތުން 1448 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ރައީސް ޑރ. މުހައްމަދު މުޢިއްޒު އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ބައިނަލްއަޤުވާމީ އިސްލާމީ ޖަމާޢަތްތަކުގެ އިސްވެރިންނަށް ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ. އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ބައިނަލްއަޤުވާމީ އިސްލާމީ ޖަމާޢަތްތަކުގެ އިސްވެރިންނަށް ރައީސް މުޢިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، އިސްލާމީ ޤައުމުތަކުގެ ސަރުކާރުތަކުގެ އިސްވެރިންނަށާއި، އެކި ޖަމާޢަތްތަކަށް އާ އަހަރުގެ ތަހުނިޔާ ވަނީ ރައްދުކުރައްވާފައެވެ. މި މެސެޖުގައި ރައ...

އާ އަހަރަކީ އިޤްތިޞާދު އާރާސްތުކޮށް އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމަށް ލިބޭ އާ ފުރުޞަތެއް: ރައީސް
Raajje

އާ އަހަރަކީ އިޤްތިޞާދު އާރާސްތުކޮށް އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމަށް ލިބޭ އާ ފުރުޞަތެއް: ރައީސް

މި ފެށުނު އާ ހިޖުރީ އަހަރަކީ ރާއްޖޭގެ އިޤްތިޞާދު އާރާސްތުކޮށް، އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމަށް ލިބޭ އާ ފުރުޞަތެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ޚިޠާބުގައި، މި ދަނޑިވަޅަކީ ޤައުމީ މަޞްލަޙަތު އިސްކޮށް، އެއްބައިވަންތަކަން އާލާކުރަންވީ ވަގުތުކަން ފާހަގަކުރެއްވިއެވެ. ރައީސްގެ ޚިޠާބުގައި، މީގެ ސާދަސަތޭކައަށްވުރެ ގިނަ އަހަރު ކުރިން މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އާއި އެކަލޭގެފާނުގެ އަޞްޙާބުން މައ...

ޕޭޕަލްގެ ޚިދުމަތަކީ މުއްސަނދި ޤައުމަކަށް ރާއްޖެ ހެދުމަށް ކުރެވޭ މަސައްކަތުގެ ބައެއް: ރައީސް
Raajje

ޕޭޕަލްގެ ޚިދުމަތަކީ މުއްސަނދި ޤައުމަކަށް ރާއްޖެ ހެދުމަށް ކުރެވޭ މަސައްކަތުގެ ބައެއް: ރައީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގައި ޕޭޕަލްގެ ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެވާފައިވާއިރު، މި ޚިދުމަތަކީ މުއްސަނދި ޤައުމަކަށް ރާއްޖެ ހެދުމަށް ކުރެވޭ މަސައްކަތުގެ ބައެއްކަމަށް މިއަދު އެމަނިކުފާނު ވިދާޅުވެއްޖެއެވެ. މި ޚިދުމަތް ތައާރަފުކުރެވުނީ އުރީދޫ ފިންޓެކް މެދުވެރިކޮށެވެ. މީގެ ސަބަބުން އެމް-ފައިސާ އެކައުންޓާ ޕޭޕަލް ގުޅާލައިގެން ބައިނަލްއަޤްވާމީ ފައިސާގެ މުޢާމަލާތްތައް ސީދާކޮށް ލިބިގަތުމުގެ މަގު ވަނީ ފަހިވެފައެވެ. މިކަމަށް ބާސެލޯ ނަސަންދުރާގައި އުރީދޫ މޯލްޑިވްސްއިން ބޭއްވި ޚ...

މި ސަރުކާރުން އިޒްރޭލާއި އެއްވެސް ގުޅުމެއް ނުބާއްވާނެ، އެމްޑީޕީ ސަރުކާރުން ލޮލުގެ ޑޮކްޓަރުން ވެސް ގެންނަން އުޅުނީ އިޒްރޭލުން: ރައީސް
Raajje

މި ސަރުކާރުން އިޒްރޭލާއި އެއްވެސް ގުޅުމެއް ނުބާއްވާނެ، އެމްޑީޕީ ސަރުކާރުން ލޮލުގެ ޑޮކްޓަރުން ވެސް ގެންނަން އުޅުނީ އިޒްރޭލުން: ރައީސް

މި ސަރުކާރުން އިޒްރޭލާއެކު އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށާއި، ނަމަވެސް ކުރީގެ އެމްޑީޕީ ސަރުކާރުން ދިވެހިންގެ ލޮލަށް ފަރުވާކުރަން ޑޮކްޓަރުން ގެންނަން އުޅުނީ ވެސް އިޒްރޭލުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދ. މީދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުމާ ގުޅިގެން އެ ރަށުގައި ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ އަބަދުވެސް ދިވެހިން އިސްކުރުމުގެ […]