މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
ރާއްޖެ-އެމެރިކާ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަން ދެއްވައިފި
Raajje

ރާއްޖެ-އެމެރިކާ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަން ދެއްވައިފި

ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ދޭދޭ ގުޅުން، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އިތުރަށް ބަދަހިކުރުންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މުޢިއްޒު މި ޔަޤީންކަން ދެއްވީ އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރޭ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައެވެ. އެމެރިކާގެ ރައީސަށާއި، ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވި މި ސިޓީފުޅުގައި، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއ...

''ޑްރަގް މައްސަލަ ޙައްލު ހައްލުކުރުމަށް ސަރުކާރުން އެޑްރެސްކުރަނީ އަސްލު ސަބަބުތަކަށް''
Raajje

''ޑްރަގް މައްސަލަ ޙައްލު ހައްލުކުރުމަށް ސަރުކާރުން އެޑްރެސްކުރަނީ އަސްލު ސަބަބުތަކަށް''

މަތިމަތިން ކަމެއް ކޮށްލައިގެން ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ މައްސަލަ ޙައްލު ނުކުރެވޭނެ ކަމަށާއި، އެ މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރަނީ މާނަހުރި ގޮތެއްގައި އޭގެ އަސްލު ސަބަބުތަކަށް އަމާޒުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ މިއަދު ޝާއިޢުކުރެވުނު “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދުގެ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސްތުވާތ...

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކޮށްފި
Raajje

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، ސާޖިދާ މުޙައްމަދު ރޭ ޝަރަފްވެރިކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތަކީ ރާއްޖޭގެ ތާރީޚުގައިވެސް ސަރުކާރުން ރަސްމީކޮށް މި ދުވަސް ފާހަގަކުރަން ފެށި ފުރަތަމަ ފަހަރެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ އޭޝިއާ ޕެސިފިކް ރީޖަން އޮފް ވޯލްޑް އެސޯސިއޭޝަން އޮފް ގަރލްގައިޑްސް އެންޑް ގަރލް ސްކައުޓްސް (ވެގްސް) އިން ދެއްވާ ޝަރަފުވެރި އެ...

ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރުމުގެ އިސްލާޙަށް ޢަމަލުކުރަން ފަށައިފި
Raajje

ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރުމުގެ އިސްލާޙަށް ޢަމަލުކުރަން ފަށައިފި

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 20 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރެއްވުމާއެކު އެ ޤާނޫނަށް ޢަމަލުކުރަން ފަށައިފިއެވެ. މި އިޞްލާޙަކީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ. މި ގެނެވުނު ބަދަލާއެކު، ސިނގިރޭޓާއި، ބިޑި އަދި ހީޓަޑް ޓޮބޭކޯ އުފެއްދުންތަކުން މީގެކުރިން ނަގަމުން އައި 8 ރުފިޔާގެ ޑިއުޓީ ވަނީ 4 ރުފިޔާއަށް ކުޑަކޮށްފައެވެ. މީގެ އިތުރުން، މިފަދަ ތަކެތީގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގަ...

ރައީސް، ''މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ'' އިފްތިތާހު ކޮށްދެއްވައިފި
Business

ރައީސް، ''މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ'' އިފްތިތާހު ކޮށްދެއްވައިފި

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައިފިއެވެ. މި އެކްސްޕޯ އަކީ އެމް.އެމް.އޭ އިން އިންތިޒާމު ކޮށްގެން މި ހިނގާ ޖުލައި މަހުގެ 2 އިން 4 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ، މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެ...

''ކުންފުނިތައް ރައިޓް-ސައިޒް ކުރުމަކީ ނުފޫޒުން ބަޔަކު ވަޒީފައިން ވަކި ކުރުން ކަމުގައި ބުނާނެ ޖާގައެއް ނޯންނާނެ''
Raajje

''ކުންފުނިތައް ރައިޓް-ސައިޒް ކުރުމަކީ ނުފޫޒުން ބަޔަކު ވަޒީފައިން ވަކި ކުރުން ކަމުގައި ބުނާނެ ޖާގައެއް ނޯންނާނެ''

ސަރުކާރު ހިއްސާވާ ކުންފުނިތައް ރައިޓް-ސައިޒް ކުރުމަށް ނުވަތަ އެ ކުންފުންޏަކަށް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ބޭތިއްބުމަށް ކުރާ މަސައްކަތަކީ ސިޔާސީ ނުފޫޒުން ބަޔަކު ވަޒީފާއިން ވަކިކުރުން ކަމަށް ބުނާނެ ޖާގައެއް ނޯންނާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުންފުނިތައް ހަރުދަނާކުރުމަށް ކުރެވޭ މި މަސައްކަތަކީ އަޚުލާޤީ ގޮތުން ވަކި ހަމ...

ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަނީ
Raajje

ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ތަރައްޤީގެ މަޝްރޫޢުތައް ކަނޑައަޅާފައިވާ ސުންގަޑިތަކަށް ނިންމުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމަވާފައިވާ މި ނިންމެވުމުގެ ދަށުން، ސަރުކާރުގެ ހުރިހާ މަޝްރޫޢުތަކާއި ހަރަކާތްތައް ވިލަރެސްކުރުމަށް ބޭނުންކުރާ “ދުވެލި” ޕޯޓަލް އާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން ތައްޔާރުކޮށްފައިވާ “ޕަބްލިކް އ...

ބޯހިޔާވަހިކަމުގެ ދާއިރާއިން މި ސަރުކާރުން މަސައްކަތްކުރަނީ މީގެ ކުރިން ނުވެ އޮތްކަމެއްކުރަން: ރައީސް
Raajje

ބޯހިޔާވަހިކަމުގެ ދާއިރާއިން މި ސަރުކާރުން މަސައްކަތްކުރަނީ މީގެ ކުރިން ނުވެ އޮތްކަމެއްކުރަން: ރައީސް

ބޯހިޔާވަހިކަމުގެ ދާއިރާއިން މި ސަރުކާރުން މަސައްކަތްކުރަނީ މި ސަރުކާރުގެ ދައުރުތެރޭގައި ފްލެޓްތަކާއި ހައުސިން ޔުނިޓްތަކެއް ނިންމައި، އެތަންތަނަށް މީހުން ވެއްދުމަށްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ކުރިން އެއްވެސް ސަރުކާރަކަށް އެ ސަރުކާރުގެ ދައުރުގެ ތެރޭގައި ހައުސިން މަޝްރޫޢުތައް ނިންމައި މީހުން ވެއްދިފައި ނެތް ކަމަށާއި، މި ސަރުކާރުން އެކަން ބަދަލުކުރާނެ ކަމަށެވެ. ރަ...

ކުޅުދުއްފުށީގެ 400 ހައުސިން ޔުނިޓުގެ މަސައްކަތް މި ހަފްތާގައި އަމިއްލަ ކުންފުންޏަކާ ހަވާލުކުރަނީ
Thiladhunmathi News

ކުޅުދުއްފުށީގެ 400 ހައުސިން ޔުނިޓުގެ މަސައްކަތް މި ހަފްތާގައި އަމިއްލަ ކުންފުންޏަކާ ހަވާލުކުރަނީ

ކުޅުދުއްފުށީ ސިޓީގައި ހުއްޓިފައި ހުރި 400 ހައުސިން ޔުނިޓުގެ މަސައްކަތް އަލުން ފެށުމަށްޓަކައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި ހަފުތާގެ ތެރޭގައި އަމިއްލަ ކޮންޓްރެކްޓަރަކާ އެ މަސައްކަތް ހަވާލުކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުޅުދުއްފުށީގައި މިހާރު ހުއްޓިފައިވާ 400 ހައުސިން ޔުނިޓުގެ މަސައްކަތް ރީ-ސްޓާޓް ކުރުމަށްޓަކައި އެޗްޑީސީން ކޮންޓ...

''ދިފާއީ ހިދުމަތްތައް ވަރުގަދަ ކުރުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތަކީ ގައުމީ މަސައްކަތެއް''
Raajje

''ދިފާއީ ހިދުމަތްތައް ވަރުގަދަ ކުރުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތަކީ ގައުމީ މަސައްކަތެއް''

ދިފާއީ ހިދުމަތްތައް ވަރުގަދަކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ މަސައްކަތަކީ ގައުމީ މަސައްކަތެއްކަމުގައި ދެކިވަޑައިގަންނަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ހިދުމަތްދޭ ތަނަކަށް ވުމަކީ މުހިންމު ކަމެއް ކަމަށެވެ. “ކޮންމެ ދުވަހަކު ގައުމުގެ އަމަން އަމާ...

''ފުލުހުން ދެއްވަނީ ވަރުގަދަ ޤައުމީ ޚިދުމަތެއް، ފުލުހުންނާއި ޢާއިލާތަކުން ވެވަޑައިގަންނަވަނީ ވަރުގަދަ ޤުރުބާނީއެއް''
Raajje

''ފުލުހުން ދެއްވަނީ ވަރުގަދަ ޤައުމީ ޚިދުމަތެއް، ފުލުހުންނާއި ޢާއިލާތަކުން ވެވަޑައިގަންނަވަނީ ވަރުގަދަ ޤުރުބާނީއެއް''

ދިވެހި ފުލުހުންގެ ޚިދުމަތަކީ ވަރަށް ވަރުގަދަ ޤައުމީ ޚިދުމަތެއް ކަމަށާއި، ފުލުހުންނާއި އެ ބޭފުޅުންގެ ޢާއިލާތަކުން ވެވަޑައިގަންނަވަނީ ވަރުގަދަ ޤުރުބާނީއެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުމުގެ މުނާސަބަތުގައި ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، ކޮންމެ ދުވަހަކުމެ ޤައުމުގެ ހަމަޖެހުން ދަމަހައްޓައި، ދިވެހި ޤައުމު...

ރައީސުލްޖުމްހޫރިއްޔާގެ ކުލަ އާއި މެޑަލް 27 ފުލުހަކަށް އަރުވައިފި
Raajje

ރައީސުލްޖުމްހޫރިއްޔާގެ ކުލަ އާއި މެޑަލް 27 ފުލުހަކަށް އަރުވައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތެއްވަންދެން އިހުލާސްތެރިކަމާއެކު ޚިދުމަތްކޮށްދެއްވި 27 ފުލުހަކަށް، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި ރައީސުލްޖުމްހޫރިއްޔާގެ މެޑަލް އަރުވައިފިއެވެ. މި ޝަރަފުތައް ހަވާލުކޮށްދެއްވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. މި ޖަލްސާގައި ފުލުހުންނަށް ކުލައާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި އަހަރު ރައީސުލްޖުމްހޫރިއްޔާގެ ކުލަ 20 އޮފިސަރަކަށް ލިބިލެއްވިއިރު، ރައީސުލ...

''ހުރިހާ ގިންތިއެއްގެ ވިޔަފާރިވެރިންނަށް ވެސް ކުރިއަރައި ދިއުމަށް ބޭނުންވާ އެހީތެރިކަން ލިބޭނެ''
Raajje

''ހުރިހާ ގިންތިއެއްގެ ވިޔަފާރިވެރިންނަށް ވެސް ކުރިއަރައި ދިއުމަށް ބޭނުންވާ އެހީތެރިކަން ލިބޭނެ''

ހުރިހާ ގިންތިއެއްގެ ވިޔަފާރިވެރިންނަށް ވެސް ރާއްޖޭގައި ކުރިއަރައި ދިއުމަށް ބޭނުންވާ އެހީތެރިކަން ލިބޭނެ އިޤްތިޞާދެއް ބިނާކުރުމުގައި ސަރުކާރުން ދެމިތިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އެންމެކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ އިޤްތިޞާދުގެ ވަރުގަދަކަން ސީދާ ގުޅިފައިވަނީ،...

ޑްރަގާއި ދެކޮޅަށް މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތައް އެޅުމަށް ރައީސް ގޮވާލައްވައިފި
Raajje

ޑްރަގާއި ދެކޮޅަށް މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތައް އެޅުމަށް ރައީސް ގޮވާލައްވައިފި

މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދައަށް ފިޔަވަޅުއެޅުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ގޮވާލައްވައިފިއެވެ. ރައީސް މިކަމަށް ގޮވާލެއްވީ މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާ ގުޅިގެން ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ. މި އަހަރުގެ ބައިނަލްއަޤުވާމީ ޝިއާރު ކަމުގައިވާ “ދުނިޔޭގެ މަސްތުވާތަކެތީގެ މައްސަލަ: ދެމިއޮތް ކަންބޮޑުވުންތައް، އާ ގޮންޖެހުންތައް، އާ އީޖާދީ ހަ...

ސީދާ ރައީސާ ވަކީން ބައްދަލުކޮށްގެން ވާހަކަދެއްކުމުގެ ފުރުޞަތު ފަހިވާ ޕްރޮގްރާމެއް ފަށަނީ
Raajje

ސީދާ ރައީސާ ވަކީން ބައްދަލުކޮށްގެން ވާހަކަދެއްކުމުގެ ފުރުޞަތު ފަހިވާ ޕްރޮގްރާމެއް ފަށަނީ

ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުޞަތު ރައްޔިތުންނަށް ފަހިކޮށްދިނުމަށް ޚާއްޞަ ޕްރޮގްރާމެއް ފައްޓަވާނެކަމަށް އެމަނިކުފާނު ބުރާސްފަތި ދުވަހުގެ ރޭ އިޢުލާނު ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާ އިން ގެނެސްދޭ “ނޭޝަން ޗެޓް” ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ޚާއްޞަ އިސްކަމެއްދެއްވާކަން ތަކުރާރުކުރައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އ...