''އުނގޫފާރު ބިންހިއްކާއިރު އިތުރު 3 ހެކްޓަރު ހިއްކާނެ''
ރ. އުނގޫފާރު ބިންހިއްކާއިރު ކުރިން ކަނޑައަޅާފައި އޮޮތް ވަރަށްވުރެ އިތުރު 3 ހެކްޓަރު ހިއްކަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް “ރައީސްގެ ޖަވާބު” ނަމުގައި ސަރުކާރުން ފަށާފައިވާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން ރ. އުނގޫފާރުގެ ރައްޔިތަކު އެރަށު ބިންހިއްކުމާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ”މުޢިއްޒަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ސުވާލަކީ ރިޔާސީ އިންތިޚާބުގައި ވަޢުދުވެފައި އެބައޮތޭ ބިން ހިއްކާއިރު ހިއްކެއް އޮތް...