Skip to main content
Topic Archive

#ރައީސް ނަޝީދު

268 Stories filed
އެމްޑީޕީގެ މިސްރާބު ބަދަލުވެ 'ޓަކާ ޓަކާ' މަގަށް ނުދިއުމަށް ނަޝީދު ގޮވާލައްވައިފި
Politics

އެމްޑީޕީގެ މިސްރާބު ބަދަލުވެ 'ޓަކާ ޓަކާ' މަގަށް ނުދިއުމަށް ނަޝީދު ގޮވާލައްވައިފި

އެމްޑީޕީގެ މިސްރާބު ބަދަލުވެ، އެ ޕާޓީން މީގެ ކުރިން ބުނަމުން އައި 'ޓަކާ ޓަކާ' މަގަށް އެނބުރި ނުދިއުމަށާއި، އަމިއްލަ ނަފްސު ފަނާކުރަނިވި މިސްރާބެއް ހިޔާރު ނުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

އިންޑިއާއާ ނުލައި ދިވެހިންނަށް އުޅެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނަޝީދު
Raajje

އިންޑިއާއާ ނުލައި ދިވެހިންނަށް އުޅެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނަޝީދު

އިންޑިއާއާ ނުލައި ދިވެހިންނަށް އުޅެވޭނެ ކަމަކަށް ގަބޫލުނުކުރެއްވޭ ކަމަށާއި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިންޑިއާގެ އެހީތެރިކަން ބޭނުންވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިއަށްދިޔަ “ބޭ އޮފް ބެންގާލް ކޮންވަސޭޝަން” ކޮންފަރެންސްގެ ހަވާސާގައި، އިންޑިއާގެ ނޫސް އެޖެންސީ “އޭއެންއައި” އަށް ދެއްވި އިންޓަވިއުއެއްގައެވެ. އިންޑޯ-ޕެސިފިކް ސަރަހައްދުގެ ސަލާމަތް ދެމެހެއްޓުމުގައި އިންޑިއާއިން އަދާކުރަނީ މުހިން...

އިންޑިއާ ބޮންޑު ދެއްކުމުން ކާޑާއި ތެލާއި ބޭހަށް ދައްކާނެ ފައިސާއެއް ނުހުންނާނެ: ނަޝީދު
Politics

އިންޑިއާ ބޮންޑު ދެއްކުމުން ކާޑާއި ތެލާއި ބޭހަށް ދައްކާނެ ފައިސާއެއް ނުހުންނާނެ: ނަޝީދު

ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރުގެ ބޮންޑު ދެއްކުމުން، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޔޫސަބަލް ރިޒާވް ވަރަށް ބޮޑަށް ދަށަށް ގޮސް، އަސާސީ ތަކެއްޗަށް ދައްކާނެ ފައިސާ ނެތް ހާލަތަކަށް ދާނެ ކަމަށް ކުރީގެ ރައީސް، އަދި އެމްޑީޕީގެ ޗެއަރޕާޝަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. މީސްމީޑިއާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރުގެ ބޮންޑު […]

އިބޫގެ ޝައުގުވެރިކަން ރިޔާސީ ޓިކެޓަށް، ނަޝީދު ޕޯސްޓްކުރެއްވީ ''ނަނާ ހުވަފެން ދުށީމޭ'' ޅެން
Raajje

އިބޫގެ ޝައުގުވެރިކަން ރިޔާސީ ޓިކެޓަށް، ނަޝީދު ޕޯސްޓްކުރެއްވީ ''ނަނާ ހުވަފެން ދުށީމޭ'' ޅެން

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ ދެވަނަ ސަރުކާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް (އިބޫ) އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމަށް މަޝްވަރާތައް ފައްޓަވާފައިވާކަމުގެ ރިޕޯޓާއެކު، އެ ޕާޓީގެ ފުރަތަމަ ސަރުކާރުގެ ރައީސް މުޙައްމަދު ނަޝީދު ”ނަނާ ހުވަފެން” ޅެން މީސް މީޑިއާއަށް ދޫކޮށްލައިފިއެވެ. ރިޔަސީ ޓިކެޓަށް ވާދަކުރެއްވުމަށް އިބޫ ފުޅާދާއިރާއެއްގައި މަޝްވަރާކުރަށްވަމުންގެންދަވާކަމަށް އަޑުތައް ފެތުރުނީ މިއަދުއެވެ. އިބޫ ފެކްޝަންގެ ބައެއް...

ޝިފާންގެ ރައްދު ނަޝީދަށް: ''ކަމެއްގެ ބޮޑުމިނަށްވުރެ މުހިންމީ އެކަމެއްގެ ފެންވަރާއި އިޚްލާޞްތެރިކަން''
Raajje

ޝިފާންގެ ރައްދު ނަޝީދަށް: ''ކަމެއްގެ ބޮޑުމިނަށްވުރެ މުހިންމީ އެކަމެއްގެ ފެންވަރާއި އިޚްލާޞްތެރިކަން''

އެކަމެއްގެ ބޮޑުމިނަށްވުރެ މުހިންމީ އެކަމެއްގެ ފެންވަރާއި އެކަމެއްގައި ހިމެނޭ އިޚްލާޞްތެރިކަންކަމަށް އަދާލަތު ޕާޓީގެ ރައީސް އައްސައިޚް މުޙައްމަދު ޝިފާން ވިދާޅުވެއްޖެއެވެ. ޝައިޚް ޝިފާން މިފަދައިން ވިދާޅުވެފައި ވަނީ ސިޔާސީ މަސައްކަތްތަކުގައި ކޯލިޝަން ހެދުމަކީ ކޭކެއްގައި “އައިސިން” ޖަހާލުން ފަދަ ކަމެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށް، އެ ވާހަކަފުޅަށް ރައްދު ދެއްވުމުގެ ގޮތުން ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައެވެ. ޝައިޚްގެ ޕޯސްޓްގައި ވިދާޅުވީ، ކޭކެއްގެ މަތީގައި ފަތުރާލެވި...

ނަޝީދު ޅަކުއްޖަކާ ކައިވެނި ބައްލަވައިގަންނަން އުޅުއްވާކަމަށް ވިދާޅުވިނަމަ ސަމާލުކަން އިތުރުވީސް: މުހައްމަދު
Raajje

ނަޝީދު ޅަކުއްޖަކާ ކައިވެނި ބައްލަވައިގަންނަން އުޅުއްވާކަމަށް ވިދާޅުވިނަމަ ސަމާލުކަން އިތުރުވީސް: މުހައްމަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސަރުކާރު ބަދަލުކުރާނެކަމަށް ވިދާޅުވެ ވާހަކަދައްކަވައިގެން ސަމާލުކަން ހޯއްދެވުމަށް މަސައްކަތް ކުރެއްވުމަށްވުރެ، ޅަކުއްޖަކާ ކައިވެނި ބައްލަވައިގަންނަން އުޅުއްވާކަމަށް ވިދާޅުވިނަމަ މާބޮޑު ސަމާލުކަމެއް ލިބުނީސްކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ. މުޙައްމަދު އިސްމާޢީލް މިހެން ވިދާޅުވީ، ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު...

ޔާމީނާއި ސޯލިހް އަދި ނަޝީދު އެއްބަސްވުމަކަށް
Raajje

ޔާމީނާއި ސޯލިހް އަދި ނަޝީދު އެއްބަސްވުމަކަށް

ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީން އަބްދުުލްގައްޔޫމް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިޔާސީ ގޮތުން އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމަވައި، އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ. މި އެއްބަސްވުމުގައިވާ ގޮތުން، މިހާރުގެ ސަރުކާރުން ގާނޫނުއަސާސީއާ ޚިލާފުވަމުންދާ ކަމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ބާރު ކަނޑުވާލަމުންދާ ކަމަށް ތިން ރައީސުން ވަނީ ތުހުމަތު ކުރައްވާފައެވެ. މީގެ އިތުރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމާއި، ނޫސްވެ...

އަޅުގަނޑަށް ވަނީ ދުވާފަރު އިސްމާއީލާއި ބެހޭގޮތުން ވަރަށް ބޭ އިންސާފު ވާހަކަ ދެއްކިފައި: ނަޝީދު
Raajje

އަޅުގަނޑަށް ވަނީ ދުވާފަރު އިސްމާއީލާއި ބެހޭގޮތުން ވަރަށް ބޭ އިންސާފު ވާހަކަ ދެއްކިފައި: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ ކުރީގެ މެންބަރު އިސްމާއީލް އަހުމަދާ ބެހޭގޮތުން ބޭއިންސާފު ވާހަކަތަކެއް ދެކެވިފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. މިދިޔަ މަޖިލީހުގެ ދައުރުގައި ރައީސް ނަޝީދާއި، އެމްޑީޕީ ސަރުކާރާއި ޖެހުނު ކުނީގައި ނަޝީދު އަތުން މަޖިލީހުގެ ރިޔާސަތު އަތުލަން ހިނގި ”ހަނގުރާމާގައި” އިސްމާއީލް އަކީ ސަރުކާރުފަޅިން ނަގާ ކިޔުއްވި އެއް މެމްބަރެވެ. އެ ”ހޫނުގައި” ނަޝީދު ވަނީ އިސްމާއީލާއި ނިސްބަތްކުރަށްވައި އެކިފަހަރުމަތިން ފާޑުވިދާޅުވެފައ...

ނަޝީދުގެ ކެމްޕޭން ތަރުޖަމާނަކަށް ކުރީގެ ދިއްދޫ މެމްބަރު ވަހީދު
Raajje

ނަޝީދުގެ ކެމްޕޭން ތަރުޖަމާނަކަށް ކުރީގެ ދިއްދޫ މެމްބަރު ވަހީދު

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ އެ ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭން މެނޭޖަރަކަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު  އަބްދުﷲ ވަޙީދު ހަމަޖައްސައިފިއެވެ. ނަޝީދު މިއަދު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް އެކަން ވަނީ ޢިއުލާން ކުރަށްވާފައެވެ. ވަޙީދަކީ އެމްޑީޕީގެ ދިއްދޫ ދާއިރާގެ ރައީސެވެ. އަދި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރެކެވެ. ވަޙީދު ނަޝީދުގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖެއްސިއިރު، ބޮޑު ތިލަދުންމަތީގެ ކުރީ އިތުރު ބައެއް މަޖިލިސް މ...

ފޯޅަވަހީގެ މައްސަލާގައި ރާއްޖެ ފަހަތަށް ޖެހޭކަށް ނުޖެހޭ: ނަޝީދު
Raajje

ފޯޅަވަހީގެ މައްސަލާގައި ރާއްޖެ ފަހަތަށް ޖެހޭކަށް ނުޖެހޭ: ނަޝީދު

ރާއްޖެ އިން ފޯޅަވަހި ހޯދުމުގެ މަސައްކަތް ވަރުގަދަ ކޮށްފައިވާ މި ދަނޑިވަޅުގައި މޮރިޝަސްއިން ރާއްޖެއާ އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލިޔަސް ރާއްޖެއިން ފަހަތަށް ޖެހެން ނުޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޗާގޯސް މައްސަލައިގައި މޮރިޝަސްއާ އެކު ރާއްޖެ އިން ވާހަކަ ދައްކަން ޖެހޭ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ރާއްޖެއިން ފަހަތަށް ޖެހެން ނުޖެހޭކަމަށް ނަޝީދު […]

އައްޑޫގެ ތަރައްގީއަށް އާބާދީ އިތުރުކުރުމަށް ބިދޭސީންނަށް ރަށްވެހިކަން ދިނުމަށް ނަޝީދުގެ ޚިޔާލެއް
Raajje

އައްޑޫގެ ތަރައްގީއަށް އާބާދީ އިތުރުކުރުމަށް ބިދޭސީންނަށް ރަށްވެހިކަން ދިނުމަށް ނަޝީދުގެ ޚިޔާލެއް

އައްޑޫ ސިޓީގެ ތަރައްގީއަށް އެންމެ މުހިންމީ އެ ސިޓީގައި ދިރިއުޅޭ އާބާދީ އިތުރުކުރެވޭނެ ގޮތެއް ހޯދުން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީގެ ތިން ރަށެއްގައި ވަކިވަކި ކައުންސިލްތަކެއް އުފެއްދުމާ ގުޅޭ ގޮތުން އަންނަ ހޮނިހިރު ދުވަހު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ތައްޔާރުވަމުންދާއިރު، ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެކަމަކީ ”އައްޑޫ ސިޓީ ބައިބައިކުރުމުން” ކަމަށް ސިފަކުރަށްވާފައެވެ. އަދި އެކަމުން ވަކިވަކި ރަށްތަކަށް އިތުރު ފައިދާއެއް ނުލިބޭނެ ކަމަށް ވިދާޅުވ...

ކުރީގެ ރައީސުންނަށް ދޭ ޕެންޝަންގެ މިންވަރު ކުޑަކުރަން ފެނޭ: ނަޝީދު
Raajje

ކުރީގެ ރައީސުންނަށް ދޭ ޕެންޝަންގެ މިންވަރު ކުޑަކުރަން ފެނޭ: ނަޝީދު

ކުރީގެ ރައީސުންނަށް ދެމުން އަންނަ ޕެންޝަންގެ މިންވަރު ކުޑަކުރަން ފެނިވަޑައިގަންނަވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. ނަޝީދު މިފަދައިން ވިދާޅުވީ، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ނަޝީދުގެ ޕޯސްޓްގައި ކުރީގެ ރައީސުންނަށް ދެމުން އަންނަ ޕެންޝަންގެ މިންވަރު ކުޑަކުރަން ފެނިވަޑައިގަންނަވާކަމަށް ވިދާޅުވުމަށްފަހު ދެން ލިޔުއްވާފައި ވަނީ ލިބޭ މިންވަރަށް ކަންކަން ކުރުމަށް ނަސޭހަތްތެރިވެ ދިވެހި އަދީބަކު ހައްދަވާފައިވާ ޅެން ބައިތު ތަކެކެވެ. އެއީ، ‘’ލިބޭ މިންވަރު ނިކަން ދަނެ...

ހަނިމާދޫ އެއާޕޯޓު އެއާލައިނަކުން ހިންގައިފިނަމަ ފައިދާ ބޮޑުވެދާނެ: ނަޝީދު
Raajje

ހަނިމާދޫ އެއާޕޯޓު އެއާލައިނަކުން ހިންގައިފިނަމަ ފައިދާ ބޮޑުވެދާނެ: ނަޝީދު

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުން އެންމެ ބުއްދިވެރި ގޮތަކީ، ޓެންޑާކޮށްގެން، ސަރުކާރަށް އެންމެ ފައިދާބޮޑު ޕްރައިވެޓް ފަރާތެއް ހޯދުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވެފައިވަނީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގުން އިންޑިއާގެ ކުންފުންޏަކާއި ހަވާލުކުރަން އުޅޭކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ދެއްކެވި ވާހަކަ ސަރުކާރުން ދޮގުކޮށްފައި ވަނިކޮށެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ފޮނުއ...

ނަޝީދު އަލުން އެމްޑީޕީއާއި ގުޅިވަޑައިގަންނަވާ ހަރަކާތް ބާއްވަން ސަލްޓަންޕާކު ދީފި
Raajje

ނަޝީދު އަލުން އެމްޑީޕީއާއި ގުޅިވަޑައިގަންނަވާ ހަރަކާތް ބާއްވަން ސަލްޓަންޕާކު ދީފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހަރަކާތެއް ބާއްވަން މާލޭގެ ސަލްޓަންޕާކު ދީފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު މިރޭ ވިދާޅުވެއްޖެއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވީ، ސަލްޓަން ޕާކަކީ މަރާމާތުކުރުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އެދިގެން މާލޭ ސިޓީ ކައުންސިލުން ޙަވާލުކޮށްފައިވާ ތަނަކަށްވާތީ އެތަން އެ ވުޒާރާއިން މިހާތަނަށް ކު...

ނަޝީދާއި މުޅި ޑިމޮކްރެޓްސް އެމްޑީޕީއާ ގުޅެނީ
Raajje

ނަޝީދާއި މުޅި ޑިމޮކްރެޓްސް އެމްޑީޕީއާ ގުޅެނީ

މަޖިލިސްގެ ކުރީގެ ރައީސް، އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނު އިސްކޮށް ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ހުރިހާ މެމްބަރުން އަނބުރާ އާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގުޅެން މިއަދު ނިންމައިފިއެވެ. ދަ ޑިމޮކްރެޓްސްގެ ގައުމީ މަޖިލީހުގެ މެމްބަރަކު ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. އޭނާ މައުލޫމާތުދިން ގޮތުގައި މިގޮތަށް ނިންމާފައި ވަނީ އެ ޕާޓީން މިއަދު ބޭއްވި ނުރަސްމީ ނެޝަނަލް އެސެމްބްލީގައެވެ. އެ ބައްދަލުވުމުގައި ވަނީ އެ ޕާޓީގެ ހުރިހާ މެމްބަރުން އެނބު...