މަޖިލިސްގެ ކުރީގެ ރައީސް، އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނު އިސްކޮށް ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ހުރިހާ މެމްބަރުން އަނބުރާ އާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގުޅެން މިއަދު ނިންމައިފިއެވެ.
ދަ ޑިމޮކްރެޓްސްގެ ގައުމީ މަޖިލީހުގެ މެމްބަރަކު ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. އޭނާ މައުލޫމާތުދިން ގޮތުގައި މިގޮތަށް ނިންމާފައި ވަނީ އެ ޕާޓީން މިއަދު ބޭއްވި ނުރަސްމީ ނެޝަނަލް އެސެމްބްލީގައެވެ.
އެ ބައްދަލުވުމުގައި ވަނީ އެ ޕާޓީގެ ހުރިހާ މެމްބަރުން އެނބުރި އެމްޑީޕީއާ ގުޅެން ގަރާރެއް ހުށަހަޅައިފައެވެ. އެ ގަރާރު ވަނީ ފާސްކޮށްފައެވެ.
ޑިމޮކްރެޓިސް އިން މި ނިންމުން ނިންމާފައި މިވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއެކު ނަޝީދު އިއްޔެ ބައްދަލުކުރަށްވާފައި ވަނިކޮށެވެ.
ޑިމޮކްރެޓިސް އުފެއްދުމުގެ ހުއްދައަށް އިލެކްޝަންސް ކޮމިޝަންގައި އެދުނީ 21 މެއި 2023 ގައެވެ. އެ ޕާޓޯ ރަޖިސްޓްރީކޮށް، ޕާޓީއަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ދަފުތަރުގައި ހިމަނާފައިވަނީ މި ޖުލައި މަހުގެ 12 ޖުލައި 2023 ގައެވެ. ނަޝީދު ޑިމޮކްރެޓިކްސްއާއި ގުޅިވަޑައިގަތީ އޭގެ އަނެއް ދުވަހު 13 ޖުލައި 2023 ގައެވެ.
"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބޭއްވި ޖަލްސާގައި ބާއްވާފައި ވަނީ 5 ޖުލައި 2023 ގައެވެ.
އެޕާޓީގެ މުއައްސިސަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. އޭނާ ވަނީ މި އަހަރު އަނބުރާ އެމްޑީޕީއަށް ސޮއިކުރަށްވާފައެވެ. ޑިމޮކްރެޓިކްސްގެ ފުރަތަމަ ރައީސަކީ ވެސް އޭނާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!