އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ އެ ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭން މެނޭޖަރަކަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަޙީދު ހަމަޖައްސައިފިއެވެ.

ނަޝީދު މިއަދު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް އެކަން ވަނީ ޢިއުލާން ކުރަށްވާފައެވެ.

Ad
rt

ވަޙީދަކީ އެމްޑީޕީގެ ދިއްދޫ ދާއިރާގެ ރައީސެވެ. އަދި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރެކެވެ.

ވަޙީދު ނަޝީދުގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖެއްސިއިރު، ބޮޑު ތިލަދުންމަތީގެ ކުރީ އިތުރު ބައެއް މަޖިލިސް މެމްބަރުން ވެސް ނަޝީދުގެ ޓީމުން ފެނެއެވެ. މިގޮތުން މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއީ އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބުދުއްލަތީފް (ޔާއްޓޭ) ވެސް ފެންނަނީ ނަޝީދު ފަޅިންނެވެ.

ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ޢަބުދުﷲ ފެންނަނީ އެމްޑީޕީގެ މިހާރުގެ ރައީސް ޢަބުދުﷲ ޝާހިދުގެ ޓީމުންނެވެ. އެހެންވެ އޭނާ ވަކި ކެންޑިޑޭޓެއް ނެންގެވިކަމެއް ނޭނގެއެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު ކުރީގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) އާއި އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝިފާޢު އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބުދުލްޣަފޫރު މޫސާ (ގަޕޯ) އަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ޓީމުގެ ބޭފުޅުންކަމަށްވުމުން އެބޭފުޅުންގެ ތާއީދު އޮތީ އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ އަނެއް ކެންޑިޑޭޓް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދަށެވެ.