މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް)

27 Stories filed
މުލީ އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފަށައިފި
Business

މުލީ އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފަށައިފި

މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓް، މުލީ އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފަށައިފިއެވެ. ރީޖަނަލް އެއާޕޯޓްސް (އާރުއޭސީއެލް) އިން މިއަދު އެ ކުންފުނީގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނީ، މުލީ އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައްފަށައި، ފުރަތަމަ ފްލައިޓަށް މަރުޙަބާ ކިޔާފައިވާ ކަމަށެވެ. މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުވީ 20 މެއި 205 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މުލީ އެއާޕޯޓަކީ ރާއްޖޭގައި ހުޅުވި 19 ވަނަ އެއާޕޯޓެވެ. އަދި 14 ވަނަ ޑޮމެސްޓިކް އެއާޕޯޓެވެ. […]

މިލަންދޫ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކޮށް ހިންގަން ހަވާލުކޮށްފި
Thiladhunmathi News

މިލަންދޫ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކޮށް ހިންގަން ހަވާލުކޮށްފި

ށ. މިލަންދޫގައި އެއާޕޯޓެއް ގާއިމުކުރުމަށްޓަކައި ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކޮށް ހިންގުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިލަންދޫ އަށް ވަޑައިގެން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި މަޝްރޫޣެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރު އަދި އެމްއޭސީއ...

ހަނިމާދޫ އެއާޕޯޓް ނިމުމުން ފްލައިޓުތައް ޓާމިނަލާ ކައިރި ކުރެވޭނެ: މުބީން
Thiladhunmathi News

ހަނިމާދޫ އެއާޕޯޓް ނިމުމުން ފްލައިޓުތައް ޓާމިނަލާ ކައިރި ކުރެވޭނެ: މުބީން

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިމުމުން އެ އެއާޕޯޓަށް ޖައްސާ ފްލައިޓުތައް ޓާމިނަލާ ކައިރި ކުރެވޭނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ. މުބީން މިހެން ވިދާޅުވީ ހަނިމާދޫއަށް ޖައްސާ ފްލައިޓުތައް ޓާމިނަލާ ކައިރި ނުވުމުގެ ސަބަބުން ވާރޭ ވެހޭ ދުވަސްތަކުގައި ފަސިންޖަރުންނަށް ދިމާވާ ދަތިތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ހަނިމާދޫ އެއާޕޯޓަށް ޖެއްސި ފްލައިޓަކުން ފޭބި ފަސިންޖަރުން ވާރެއާ ތެމިގެން ޓާމިނ...

ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް އަލުން ފަށައިފި
Raajje

ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް އަލުން ފަށައިފި

ށ. ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލައި އެ އެއާޕޯޓް ބަންދުކޮށްފައި އޮތުމަށްފަހު، މިހާރު މައްސަލަ ހައްލުކޮށް އަލުން އޮޕަރޭޝަންތައް ފެށިފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން މިއަދު ވިދާޅުވެއްޖެއެވެ. އެއާޕޯޓްގެ އޮޕަރޭޝަންތައް މެދުކަނޑާލަން ޖެހުނީ ފަޔަރ ޓްރަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. މިކަމާ ގުޅޭގޮތުން އަހްމަދު މުބީން ވިދާޅުވީ، “މިދަނޑިވަޅުގައި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހ...

މުލަކަތޮޅުގެ ފުރަތަމަ އެއަރޕޯޓު ''މުލީ އެއާޕޯޓް'' ރަސްމީކޮށް ހުޅުވައިފި
Raajje

މުލަކަތޮޅުގެ ފުރަތަމަ އެއަރޕޯޓު ''މުލީ އެއާޕޯޓް'' ރަސްމީކޮށް ހުޅުވައިފި

މުލަކަތޮޅު (މ.އަތޮޅު)ގެ ފުރަތަމަ އެއާޕޯޓު، މުލީ އެއާޕޯޓު މިއަދު ރަސްމީކޮށް ހުޅުވައި ޚިދުމަތް ފަށައިފިއެވެ. މ. މުލީގައި ތަރައްޤީކޮށްފައިވާ މި އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި މުލީ ރައްޔިތުންގެ ފަރާތުންނާއި މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީގެ ފަރާތުން ރައީސް މުޢިއްޒު އަށް ވަނީ ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައިވެއެވެ. މުލަކަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށް އޮންނައިރު، މިއީ ރާއްޖޭގައި މިވަގުތު އެއާޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރެއިން އެއް އ...

ޖުލައި މަހުގެ ނިޔަލަށް ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް ނިންމަނީ
Thiladhunmathi News

ޖުލައި މަހުގެ ނިޔަލަށް ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް ނިންމަނީ

މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވާ ކަމުގައި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަހްމަދު މުބީން ވިދާޅުވެއްޖެއެވެ. މުބީން މިހެން ވިދާޅުވެފައިވަނީ ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި މައުލޫމާތު ހިއްސާ ކުރައްވަމުންނެވެ. މުބީން ވިދާޅުވީ މީހާތަނަށް އެއާޕޯޓްގެ ރަންވޭއާއި އޭޕްރަން އަދި އެއާޕޯޓާއި ގުޅޭ މަގުގެ މަސައްކަތާ އެމްއެންޑީއެފް ބްލޮކްގެ ހުރިހާ މަ...

މުލީ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސައިފި
Raajje

މުލީ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސައިފި

މުލަކަތޮޅު (މ.އަތޮޅު) ގައި ތަރައްގީ ކުރި ފުރަތަމަ އެއާޕޯޓު، މުލީގައި އެއާޕޯޓުގެ މަސައްކަތް ނިމި، އިއްޔެ އެ އެއާޕޯޓަށް ޓެސްޓު ފްލައިޓެއް ޖައްސައިފިއެވެ. ޓެސްޓު ފްލައިޓްގެ ގޮތުގައި މުލީ އެއަރޕޯޓަށް އިއްޔެ ޖައްސާފައިވަނީ ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. މި ޓެސްޓު ދަތުރަކީ ކޮމާޝަލް ދަތުރުތައް ފެށުމުގެ ކުރިން، އެކަމަށް ބޭނުންވާ އެސެސްމަންޓްތައް ހެދުމަށް ކުރާ ދަތުރެކެވެ. އެސެސްމަންޓްތައް ނިންމައި، މުލީ އެއާޕޯޓަށް ވީހާވެސް އަވަހަށް ކޮމާޝަލް ދަތުރުތައް ފެށުމަށް މަސައްކަތް ކުރ...

މަސައްކަތް ނިންމާ އަންނަ އަހަރު މެދުތެރޭ ހަނިމާދޫ އެއާޕޯޓްގެ ހިދުމަތް ފަށަނީ
Thiladhunmathi News

މަސައްކަތް ނިންމާ އަންނަ އަހަރު މެދުތެރޭ ހަނިމާދޫ އެއާޕޯޓްގެ ހިދުމަތް ފަށަނީ

އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދެވޭ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ މެދުތެރޭގައި ހިދުމަތް ފެށޭނެ ކަމުގައި ރީޖަނަލް އެއަޕޯޓްސް ކޮމްޕެނީން ހާމަކޮށްފިއެވެ. އެ އެއާޕޯޓްގެ އަމަލީ މަސައްކަތުގެ 77 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، ކާގޯ ޓާމިނަލުގެ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ވަނީ މިހާރު ނިމިފައެވެ. އެ އެއާޕޯޓުގައި ތަރައްގީކުރާ ޓަވަރުގެ 88 އިންސައްތް މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެ...

އެޗްޑީސީގެ ޗެއާމަނަކަށް ނާސިފް
Business

އެޗްޑީސީގެ ޗެއާމަނަކަށް ނާސިފް

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަގާމަށް އަހްމަދު ނާސިފް ހަމަޖައްސައިފިއެވެ. އޭނާ އެމަގާމަށް ހަމަޖެއްސިކަން ހާމަކޮށް، އެޗްޑީސީން ވަނީ އޭނާ އަށް މަރުޙަބާ ކިޔާފައެވެ. ނަމަވެސް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން އަދި މިކަން ހާމައެއް ނުކުރެއެވެ. ނާސިފް އެންމެފަހުން ހުންނެވީ، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް)ގެ ޗެއާމަންގެ މަގާމުގައެވެ. ނާސިފް ކުރިން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ ސަރުކާރުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވ...

އާރުއޭސީއެލް، އެމްއޭސީއެލްގެ ދަށަށް، އެފްޑީސީ، އެޗްޑީސީގެ ދަށަށް ބަދަލުކުރަނީ
Raajje

އާރުއޭސީއެލް، އެމްއޭސީއެލްގެ ދަށަށް، އެފްޑީސީ، އެޗްޑީސީގެ ދަށަށް ބަދަލުކުރަނީ

ސަރުކާރުގެ އެސްއޯއީ ރިފޯމްގެ މަސައްކަތުގެ ދަށުން އިތުރު ބައެއްކުންފުނިތައް އެއްކޮށްލުން ނުވަތަ އެހެން ކުންފުންޏެއްގެ ދަށަށް ބަދަލުކުރުމާމެދު މިއަދު ގޮތްތަކެއް ނިންމަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާފެށެން ކުޑަހިނދުކޮޅަކަށް ވެފައި ވަނިކޮށް އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. އެ މެސެޖުގައި މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވެސް މުހުންމު ކަންތައްތަކަކާމެދު މަޝްވަރާކުރަށްވައި، ގޮތްތަކެއް ނިންމަވާނ...

ޢީދު ބަންދަށްފަހު 24 ގަޑިއިރަށް ހަނިމާދޫ އެއާޕޯޓުގެ މުޅި ރަންވޭ ހުޅުވާލަނީ
Thiladhunmathi News

ޢީދު ބަންދަށްފަހު 24 ގަޑިއިރަށް ހަނިމާދޫ އެއާޕޯޓުގެ މުޅި ރަންވޭ ހުޅުވާލަނީ

ބޮޑު ޢީދު ބަންދަށްފަހު 24 ގަޑިއިރަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މުޅި ރަންވޭ ބޭނުންކުރަން ހުޅުވާލަން ނިންމާފައިވާކަމަށް ރީޖަނަލް އެއަރޕޯޓްސް (އާރުސީއެލް) އިން ބުނެފިއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން 2460 މީޓަރުގެ ރަންވޭ އެއް ތަރައްގީކޮށްފައިވާއިރު މިވަގުތު ބޭނުން ކުރަމުން އަންނަނީ އޭގެ ތެރެއިން 1200 މީޓަރެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން އާރުސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ވި...

ފަރެސްމާތޮޑާގައި 100 އެނދުގެ ހޮޓަލެއް އަޅަން ހަވާލުކޮށްފި
Business

ފަރެސްމާތޮޑާގައި 100 އެނދުގެ ހޮޓަލެއް އަޅަން ހަވާލުކޮށްފި

ފަރެސްމާތޮޑާ އެއާޕޯޓުގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމަށް، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް)ގެ ފަރާތުން ބަޔަކާއި މިއަދު ހަވާލުކޮށްފިއެވެ. އާރުއޭސީއެލް އިން ބުނީ، ފަރެސްމާތޮޑާ އެއާޕޯޓްގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމަށް ސިލްވާ ލޭންޑް ހޮޓެލްސްއާ ހަވާލުކޮށްފައިވާ ކަމަށެވެ. މި ޓޫރިޒަމް ޒޯން ތަރައްގީކުރުމުގެ އެއްބަސްވުމުގައި އާރުއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަޙްމަދު މުބީނެވެ. ސިލްވާ ލޭންޑް ހޮޓެލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮ...

ފުވައްމުލަކުގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރަނީ
Business

ފުވައްމުލަކުގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރަނީ

ފުވައްމުލަކު ސިޓީގައި ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށާއި އެ ޓޫރިޒަމް ޒޯން ތަރައްގީކޮށްދޭނެ އިންވެސްޓަރުން ހޯދުމާ ބެހޭ އެއްބަސްވުމެއްގައި ރީޖަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އާއި ފުވައްމުލަކު ސިޓީ ކައުންސިލާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އާރުއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީންއެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އިސްމާއީލް ރަފީގުއެވެ. އާ...

ހަނިމާދޫ އެއާޕޯޓުގެ އަައު އޭޕްރަން ބޭނުން ކުރަން ފަށައިފި
Thiladhunmathi News

ހަނިމާދޫ އެއާޕޯޓުގެ އަައު އޭޕްރަން ބޭނުން ކުރަން ފަށައިފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު އޭޕްރަން ބޭނުންކުރަން ފަށައިފިއެވެ. ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އިން ބުނީ، އެ އެއާޕޯޓުގެ ކުރީގެ އޭޕްރަން ބަންދުކޮށް، އައު އޭޕްރަން ރަސްމީކޮށް ބޭނުންކުރަން ފެށީ އާދީއްތަ ދުވަހު ކަމަށެވެ. އަލަށް ހެދި އޭޕްރަންއަކީ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގައި ހިމެނިފައިނުވާ ކަމެއް ނަމަވެސް ރައީސް ގެ އިރުޝާދުފުޅުގެ ދަށުން މިހާރުން މިހާރަށްވެސް ކުންފުންޏަށް އާމްދަނީ އިތުރުކުރެވޭނެ މަގެއް ހުޅުވުމުގެ ގޮތުން އައު އޭޕްރަންއެއް ހެދީ ކަމަށް އާރުއޭސީ...

ހަނިމާދޫ އެއާޕޯޓުގެ އަައު ރަންވޭގެ 1200 މީޓަރު ބޭނުންކުރަން ފަށައިފި
Thiladhunmathi News

ހަނިމާދޫ އެއާޕޯޓުގެ އަައު ރަންވޭގެ 1200 މީޓަރު ބޭނުންކުރަން ފަށައިފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭގެ 1200 މީޓަރު މިއަދު ބޭނުންކުރަން ފަށައިފިއެވެ. މި ބައި ބޭނުން ކުރަން ފަށަން ރަންވޭއަށް ފުރަތަމަ ފްލައިޓް ޖައްސާފައިވަނީ މިއަދު ހެނދުނު އެވެ. މިބައި ހުޅުވުމަށް ބޭއްވި ފުރަތަމަ ފްލައިޓްގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް)ގެ މޭޖިން ޑިރެކްޓަރު އަހްމަދު މުބީން އާއި އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ހަނިމާދޫ އަށް ވަޑައިގަތެވެ. މިބައި ބޭނުން ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އާރުއޭސީއެލްގެ އެމްޑީ [...