މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް)

27 Stories filed
އަންނަ އާދިއްތަ ދުވަހު ހަނިމާދޫ އެއާޕޯޓު އާ ރަންވޭއަށް ޓެސްޓް ފްލައިޓު ޖައްސަނީ
Thiladhunmathi News

އަންނަ އާދިއްތަ ދުވަހު ހަނިމާދޫ އެއާޕޯޓު އާ ރަންވޭއަށް ޓެސްޓް ފްލައިޓު ޖައްސަނީ

އަންނަ އާދިއްތަ ދުވަހު، ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އަށް ޓެސްޓް ފްލައިޓް ޖައްސަން ތައްޔާރުވެފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އިން ހާމަކޮށްފިއެވެ. ރީޖަނަލް އެއާޕޯޓްސް އިން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ 1،200 މީޓަރުގެ ސަރަހައްދެއްގައި ރަންވޭ ލައިޓް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހު ޓެސްޓް ފްލައިޓެއް ޖެއްސޭ ވަރުވާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން […]

ހަނިމާދޫ އެއާޕޯޓުގެ އަައު ރަންވޭގެ 1200 މީޓަރު ބޭނުންކުރަން ފަށަނީ
Business

ހަނިމާދޫ އެއާޕޯޓުގެ އަައު ރަންވޭގެ 1200 މީޓަރު ބޭނުންކުރަން ފަށަނީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭގެ 1200 މީޓަރު ބޭނުންކުރަން ފަށަން ތައްޔާރުވެއްޖެއެވެ. އެ އެއާޕޯޓު ހިންގަމުން އަންނަ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ބުނި ގޮތިގައި އައު ރަންވޭގެ 1200 މީޓަރު ބޭނުން ކުރަން ފަށާނީ އަންނަ އާދީއްތަ ދުވަހު ކަމަށެވެ. ރީޖަނަލް އެއާޕޯޓްސް އިން ހަނިމާދޫ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކުރަނީ 3 ބަޔަކަށް ބަހާލައިގެންނެވެ. އައު ރަންވޭގެ އެއްބައި ބޭނުން ކުރަން ފަށާއިރު ރޭގަނޑުވެސް ދަތުރުތައް ކުރުމަށް ވަނީ ނިންމާފައެވެ. ރީޖަނަލް އެއާޕޯޓްސް […]

ކުޅުދުއްފުށީ އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށް ތަރައްގީކުރަން ކުރިމަތިލުމަށް ހުޅުވާލައިފި
Thiladhunmathi News

ކުޅުދުއްފުށީ އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށް ތަރައްގީކުރަން ކުރިމަތިލުމަށް ހުޅުވާލައިފި

ހދ. ކުޅުދުއްފުށީ ސިޓީގެ އެއާޕޯޓުގެ ފަސިންޖަރުންގެ ޓާމިނަލް ބޮޑުކޮށް ތަރައްގީކުރުމަށްޓަކައި، އެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާންކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީގެ އެއާޕޯޓުގެ ފަސިންޖަރުންގެ ޓާމިނަލް ބޮޑުކޮށް ތަރައްގީކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ) އިން ކޮށްފައިވާ ޢިއުލާންގައިވާގޮތުން އެކަމަށް ޝައުގުވެރިވާ ކުންފުނިތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް( އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ވަނީ މި ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުން ފެށިގެން...

ހަނިމާދޫ ވައިގެބަނދަރުގެ މަޝްރޫޢު ނިންމައި އަންނަ އަހަރުގެ ފަހު ކުއާޓަރުގައި ހުޅުވޭނެ: މުބީން
Thiladhunmathi News

ހަނިމާދޫ ވައިގެބަނދަރުގެ މަޝްރޫޢު ނިންމައި އަންނަ އަހަރުގެ ފަހު ކުއާޓަރުގައި ހުޅުވޭނެ: މުބީން

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢު ނިންމައި އަންނަ އަހަރުގެ ފަހު ކުއާޓަރުގައި ހުޅުވޭނެކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން ވިދާޅުވެއްޖެއެވެ. މުބީން ވަނީ ދާދިފަހުން އެ ވައިގެބަނދަރުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ދަތުރެއް ކުރައްވާފައެވެ. އެއަށްފަހު ދަތުރުގެ ބައެއް ފޮޓޯތައް މީސްމީޑިއާގައި ހިއްސާ ކުރައްވަމުން މުބީން ވިދާޅުވީ، ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެބަނދަރުގެ މަސައްކަތް މިހާރު ކުރިޔަށް ދަނީ ވަރަށް ބ...

މަގޫދޫ އެއާޕޯޓު ހިންގަން ރީޖަނަލް އެއާޕޯޓްސް އަށް
Business

މަގޫދޫ އެއާޕޯޓު ހިންގަން ރީޖަނަލް އެއާޕޯޓްސް އަށް

ފ. މަގޫދޫގައި ހަދަމުން އަންނަ އެއާޕޯޓު ހިންގުމަށް ރީޖަނަލް އެއާޕޯޓްސް އާ ހަވާލުކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ރީޖަނަލް އެއާޕޯޓްސްއާ ހަވާލުކޮށްފައިވާ އެއްބަސްވުމުގެ ދަށުން އެ އެއާޕޯޓް ހިންގުމުގެ ހުރިހާ ބާރެއް އެ ކުންފުންޏަށް މިހާރު ވަނީ ދީފައެވެ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 230 މިލިއަން ރުފިޔާއަަށެވެ. މި އެއާޕޯޓް ތަރައްގީކުރ...

ހަނިމާދޫ އެއާޕޯޓު އައު ރަންވޭ ބޭނުންކުރުން މަޑުޖައްސާލީ ސަރުކާރު ބަދަލުވާ މަރުހަލާ ކުރިއަށް ދާތީ: އާރުއޭސީއެލް
Thiladhunmathi News

ހަނިމާދޫ އެއާޕޯޓު އައު ރަންވޭ ބޭނުންކުރުން މަޑުޖައްސާލީ ސަރުކާރު ބަދަލުވާ މަރުހަލާ ކުރިއަށް ދާތީ: އާރުއޭސީއެލް

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ހައައު ރަންވޭ ބޭނުންކުރުން މަޑުޖައްސާލީ ސަރުކާރު ބަދަލުވާ މަރުހަލާގެ ކުރިއަށް ދާތީ ކަމަށް ރީޖަނަލް އެއާޕޯޓްސް (އާރުއޭސީއެލް) އިން ވިދާޅުވެއްޖެއެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެފައިވާ ގޮތުގައި، ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫޢުގެ ތެރެއިން، ރަންވޭގެ 1400 މީޓަރުގެ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި އެ ރަންވޭ ސަރަޙައްދު ވަގުތީގޮތުން ބޭނުންކުރަން ހުޅުވާލެވޭ މިންވަރަށް މަސައްކަތްތަ...

އާރުއޭސީއެލްގެ އެއާޕޯޓް ރެސްކިއު އެންޑް ފަޔަފައިޓިން ކޯސް ފަށައިފި
Business

އާރުއޭސީއެލްގެ އެއާޕޯޓް ރެސްކިއު އެންޑް ފަޔަފައިޓިން ކޯސް ފަށައިފި

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ޕްލރައިވެޓް ލިމިޓެޑް (އާރުއޭސީއެލް) ގެ އެއާޕޯޓް ރެސްކިއު އެންޑް ފަޔަފައިޓިން ކޯސް ފަށައިފިއެވެ. މި ކޯސް ފަށާފައިވަނީ 7 މެއިވީ އާދީއްތަ ދުވަހު ހަނިމާދޫގައެވެ. މިއީ އާރުއޭސީއެލްގެ މިއަހަރުގެ މިފަދަ ފުރަތަމަ ކޯހެވެ. މި ކޯހުގައި 20 ދަރިވަރުން ބައިވެރިވާ ކަމަށް އާރުއޭސީއެލުން ބުންޏެވެ. މިއީ އާރުއޭސީއެލާ ގުޅުނު ފަޔަރުގެ ސްޓާފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ބޭސިކް ލެވެލްގެ ކޯހެކެވެ. މި ކޯހުގައި އާރުއޭސީއެލުން ހިންގާ އެއާޕޯޓުތަކުގައި އަމަލު ކުރުމަށް ގާއިމުކޮށްފައިވާ އެ...

ކުޅުދުއްފުށި އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފި
Business

ކުޅުދުއްފުށި އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފި

ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ. ކުޅުދުއްފުށި އެއާޕޯޓު ހިންގާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. މި މަޝްރޫއުގެ މަސައްކަތް ކުރުމަށް ޕްލޭނިން މިނިސްޓްރީއިން ހަވާލު ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. އެ ކުންފުނިން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. މި މަޝްރޫއުގެ ދަށުން 882 މީޓަރުގެ ބ...

ރީޖަނަލް އެއާޕޯޓްސްގެ ދަށުން ހިންގާ އެއާޕޯޓުތައް ޑާސާ ސްޓޭންޑަޑަށް
Business

ރީޖަނަލް އެއާޕޯޓްސްގެ ދަށުން ހިންގާ އެއާޕޯޓުތައް ޑާސާ ސްޓޭންޑަޑަށް

ރެޕިސްކޭންގެ އޮތޮރައިޒްޑް ސާވިސް ޕްރޮވައިޑަރާއެކު ރީޖަނަލް އެއާޕޯޓްސްތައް، ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) ސްޓޭންޑަޑަށް ގެނެސްފިއެވެ. މިއީ ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ކަންކަން ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކަނޑައަޅުއްވާފައިވާ ސިޔާސަތާއެއްގޮތަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ބެއްލެވުމުގެ ދަށުން ޑިފެންސް މިނިސްޓްރީގެ ޑާސާއިން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ގެނައޮ ބަދަލެކެވެ. އެގޮތުން ރީޖަނަލް އެއަރޕޯޓްސ...

ހަނިމާދޫ އެއާޕޯޓުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީ އެއްބަސްވުމުގައި ސޮއިކޮށްފި
Thiladhunmathi News

ހަނިމާދޫ އެއާޕޯޓުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީ އެއްބަސްވުމުގައި ސޮއިކޮށްފި

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރ ތަރައްޤީ ކުރުމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރު.އޭ.ސީ.އެލް) އާއި އެސް.ޓީ.ޔޫ.ޕީ ކޮންސަލްޓެންޓުންނާ ދެމެދު ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު ފަހުކޮޅު ފަށަން ނިންމާފައިވާއިރު، 2024 ވަނަ އަހަރަށް އެއާޕޯޓުން ބޭނުންކުރެވެނެ ކަމަށް ލަފާކުރެއެވެ. މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމ...

ރާއްޖޭގެ ފުރަތަމަ އޮޓަމެޓިކް ފަޔަ ސިމިއުލޭޓާއާއެކު ރީޖަނަލް އެއާޕޯޓްސްގެ އޭވިއޭޝަން އެކަޑަމީ ހޯރަފުށީގައި އިފްތިތާހު ކޮށްފި
Thiladhunmathi News

ރާއްޖޭގެ ފުރަތަމަ އޮޓަމެޓިކް ފަޔަ ސިމިއުލޭޓާއާއެކު ރީޖަނަލް އެއާޕޯޓްސްގެ އޭވިއޭޝަން އެކަޑަމީ ހޯރަފުށީގައި އިފްތިތާހު ކޮށްފި

ރާއްޖޭގެ ފުރަތަމަ އޮޓޮމެޓިކް ފަޔަ ސިމިއުލޭޓާ ހިމެނޭގޮތަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އިން އޭވިއޭޝަން އެކަޑަމީއެއް ހއ. ހޯރަފުށީގައި އިފްތިތާހުކޮށްފި ކޮށްފިއެވެ. މި އެކަޑަމީގެ ފަޔާރ ޓްރެއިނިން ހިންގުމުގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ފަޔަ ސިމިއުލޭޓާ ވުޖޫދަށް ގެނައުމަށްޓަކައި، އެ ސިމިއުލޭޓަރުގެ ބޭސަލް މަސައްކަތް އިސްނަންގަވައިދެއްވާފައިވަނީ އާރުއޭސީއެލް ކުރީގެ ފަޔަ އެންޑް ސޭފްޓީ ޑިރެކްޓަރު، އަލްމަރުޙޫމް އަޙްމަދު ފަޔާޒެވެ. މިފަޔަރ ސިމިއުލޭޓާ އުފެއްދުމުގެ އަމަލީ މަސައްކަތްފަށްޓ...

ރީޖަނަލް އެއާޕޯޓުތަކުގެ މުވައްޒަފުންނަށް އާރްއޭސީއަށް ބަދަލުވުމުގެ ފުރުޞަތު
Raajje

ރީޖަނަލް އެއާޕޯޓުތަކުގެ މުވައްޒަފުންނަށް އާރްއޭސީއަށް ބަދަލުވުމުގެ ފުރުޞަތު

ރާއްޖޭގެ ބައެއް ސަރަޙައްދީ އެއާޕޯޓުތައް ހިންގަމުން އަންނަ ރީޖަނަލް އެއާޕޯޓްސް ކުންފުންޏަކަށް ބަދަލުވެގެން ދާއިރު، އެ އެއާޕޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް، ރީޖަނަލް އެއާޕޯޓްސްތައް ހިންގަން އުފެއްދި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)އަށް ބަދަލުވުމުގެ ފުރުޞަތު ދެވޭނެ ކަމަށް، ރީޖަނަލް އެއަރޕޯޓްސް ކޯޕަރޭޓައިޒްކުރުމާއި ގުޅޭ ކޯޕަރަޓައިޒޭޝަން ޗާޓަރގައި ބުނެފިއެވެ. މިކަން ބަޔާންކޮށްފައި ވަނީ ރީޖަނަލް އެއާޕޯޓްސްއިން މިއަދު އާންމު ކުރި ”ރީޖަނަލް އެއަރޕޯޓްސް ކޯޕަރޭޓައިޒްކުރުމާއި ގ...