އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދެވޭ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ މެދުތެރޭގައި ހިދުމަތް ފެށޭނެ ކަމުގައި ރީޖަނަލް އެއަޕޯޓްސް ކޮމްޕެނީން ހާމަކޮށްފިއެވެ.
އެ އެއާޕޯޓްގެ އަމަލީ މަސައްކަތުގެ 77 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، ކާގޯ ޓާމިނަލުގެ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ވަނީ މިހާރު ނިމިފައެވެ. އެ އެއާޕޯޓުގައި ތަރައްގީކުރާ ޓަވަރުގެ 88 އިންސައްތް މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
އެ އެއާޕޯޓްގެ ގްރައުންޑް ހޭންޑަލިންއަށް ބޭނުންވާ ސާމާނު މިހާރު ގެނެސްފައިވާއިރު، އެއާޕޯޓަށް ބޭނުންވާ ބައެއް ވެހިކަލްތައް ވެސް މިހާރު ވަނީ ގެނެސްފައެވެ.
އެ އެއާޕޯޓުގައި ތަރައްގީ ކުރަމުން އަންނަ ފިއުލް ފާމްގެ މަސައްކަތްތަކުގެ ބޮޑުބައި ނިމިފައިވާއިރު، ފިއުލް ޖެޓީގެ މަސައްކަތް ވެސް ހުއްޓުމެއް ނެތި ކުރިއަށް އެބަދެއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 2023ވަނަ އަހަރުގެ ޖެނުއަރީމަހުއެވެ. މި މަޝްރޫއުގެ ދަށުން ތަރައްޤީކުރި 2465 މީޓަރުގެ ދިގު ރަންވޭ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެދަށުން ސީޕްލޭން ޓަރމިނަލެއް ތަރައްޤީކުރުމަށް ވަނީ ނިންމަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!