ސަރުކާރުގެ އެސްއޯއީ ރިފޯމްގެ މަސައްކަތުގެ ދަށުން އިތުރު ބައެއްކުންފުނިތައް އެއްކޮށްލުން ނުވަތަ އެހެން ކުންފުންޏެއްގެ ދަށަށް ބަދަލުކުރުމާމެދު މިއަދު ގޮތްތަކެއް ނިންމަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާފެށެން ކުޑަހިނދުކޮޅަކަށް ވެފައި ވަނިކޮށް އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

Ad
rt

އެ މެސެޖުގައި މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވެސް މުހުންމު ކަންތައްތަކަކާމެދު މަޝްވަރާކުރަށްވައި، ގޮތްތަކެއް ނިންމަވާނެކަަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިގޮތުން މިދިޔަ ހަފުތާގެ ޖަލްސާގައި އެސްއޯއީ ރިފޯމްގެ މަސައްކަތުގެ ދަށުން ފެނަކަ ކޯޕަރޭޝަން އަކީ އެސްޓީއޯގެ ދަށުން ހިންގާ ކުންފުންޏެއްގެ ގޮތުގައި ހަމަޖައްސަން ނިންމަވާފައިވާކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

މިއަދަށް ވެސް އެޖެންޑާކޮށްފަ އެގޮތުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް)، އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ދަށަށް ބަދަލުކުރުން، ނުވަތަ މާރޖުކޮށްލުމާމެދު ގޮތެއް ނިންމަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށަށް ބަދަލުކުރުމާއި، ބިޒްނަސް ކޯޕަރޭޝަނާއި، ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އެއްކޮށްލުމާމެދު ވެސް ގޮތެއް ނިންމަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ނިންމެވުންތަކާއެކު ގިނަގުނަ ފައިދާތަކެއް ލިބިގެން ދާނެއެވެ.