Skip to main content
Topic Archive

#ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)

27 Stories filed
މިދިޔަ އަހަރު އާރުޓީއެލް ފެރީގެ ޚިދުމަތް އެންމެ ގިނަ މީހުން ހޯދީ ބޮޑު ތިލަދުންމަތީގެ ތިން އަތޮޅުން
Thiladhunmathi News

މިދިޔަ އަހަރު އާރުޓީއެލް ފެރީގެ ޚިދުމަތް އެންމެ ގިނަ މީހުން ހޯދީ ބޮޑު ތިލަދުންމަތީގެ ތިން އަތޮޅުން

ގައުމީ ދަތުރުފަތުރުގެ ނިޒާމްގައި ހިމެނޭ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ (އާރުޓީއެލް) މެދުވެރިކޮށް މިދިޔަ އަހަރުގެ ތެރޭގައި ޖުމްލަ 16.25 މިލިއަން ފަހަރު މީހުން ޚިދުމަތް ހޯދާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ އަހަރީ ހިސާބުތަކުން ދައްކައިފިއެވެ. އެ ކުންފުނިން އާންމުކޮށްފައިވާ އަހަރީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު އާރުޓީއެލް ފެރީގެ ނިޒާމުން އެކަނިވެސް ޖުމްލަ 477,215 ފަސިންޖަރުން ވަނީ ދަތުރުކޮށްފައެވެ. ފެރީގެ ޚިދުމަތު...

އަންނަ އަހަރުގެ ޖެނުއަރީ ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރުޓީއެލް ވިއުގަ ގާއިމުކޮށް ނިންމަނީ
Raajje

އަންނަ އަހަރުގެ ޖެނުއަރީ ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރުޓީއެލް ވިއުގަ ގާއިމުކޮށް ނިންމަނީ

އަންނަ 2027 ވަނަ އަހަރުގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން މުޅި ރާއްޖޭގައި، “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ (އާރުޓީއެލް) ވިއުގަ ގާއިމުކޮށް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. ރަ އީސް އޮފީހުން ހާމަކުރި ގޮތުގައި، އާދީއްތަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މި ނިންމުން ނިންމާފައިވަނީ މުޅި ރާއްޖެ އެއް ވިއުގައަކުން ގުޅާލުމަށް ސަރުކާރުން ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުންނެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކ...

ނ. އަތޮޅާއި ރ . އަތޮ ޅާއި ދެމެދު އާރްޓީއެލް ފެރީ ޚިދުމަތް ފަށަނީ
Business

ނ. އަތޮޅާއި ރ . އަތޮ ޅާއި ދެމެދު އާރްޓީއެލް ފެރީ ޚިދުމަތް ފަށަނީ

ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޒޯން 2 ގެ ނ. އަތޮޅާއި ރ. އަތޮޅާއި ދެމެދު ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީ ޚިދުމަތް ރަސްމީކޮށް ފެށުމަށް ނިންމައިފި އެވެ. މި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ 30 ނޮވެމްބަރ 2025 ވަނަ ދުވަހުއެވެ. މިގޮތުން، މި ދެ އަތޮޅު އާރްޓީއެލްގެ ވިއުގައިން ގުޅުވާލުމަށް ކަނޑައަޅާފައިވާ ދެ ރަށަކީ ނ. މަނަދޫއާއި […]

އާރުޓީއެލް ފެރީ ޚިދުމަތް ޒޯން 4ގެ ތ.އަތޮޅުގައި ފަށައިފި
Business

އާރުޓީއެލް ފެރީ ޚިދުމަތް ޒޯން 4ގެ ތ.އަތޮޅުގައި ފަށައިފި

ރައީސް ޑރ. މުހައްމަދު މުޢިއްޒު، މިއަދު ޒޯން 4 ގެ ތ.އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އެ އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ތ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ވޭމަންޑޫގަައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ (އާރުޓީއެލް) މަޝްރޫޢުގެ މަސައްކަތް އެމްޓީސ...

ބ.އަތޮޅުގައި ރަސްމީކޮށް އާރްޓީއެލްގެ ޚިދުމަތް ފަށައިފި
Business

ބ.އަތޮޅުގައި ރަސްމީކޮށް އާރްޓީއެލްގެ ޚިދުމަތް ފަށައިފި

ރައީސް ޑރ. މުހައްމަދު މުޢިއްޒު، މިއަދު ބ.އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އެ އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ބ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އޭދަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ބ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފެށިގެން ދިޔަ ނަމަވެސް، މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުން...

ބޮޑެތި އަދި ދާއިމީ ބަލިތަކަށް ބޭސްފަރުވާ ކުރާ މީހުންނަށް އާރުޓީއެލްގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ
Raajje

ބޮޑެތި އަދި ދާއިމީ ބަލިތަކަށް ބޭސްފަރުވާ ކުރާ މީހުންނަށް އާރުޓީއެލްގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

ބޮޑެތި އަދި ދާއިމީ ބަލިތަކަށް ބޭސްފަރުވާ ކުރާ މީހުންނަށް، ސިއްހީ އެކިއެކި ހިދުމަތްތައް ހޯދަން އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމާފައިވާ ކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ޔާސިރް ވިދާޅުވެއްޖެއެވެ. ޑެޕިއުޓީ މިނިސްޓަރ ޔާސިރް މިހެން ވިދާޅުވެފައި ވަނީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. ޔާސިރު ވިދާޅުވީ ބޭސްފަރުވާ ހޯދުމަށް އާރްޓީއެލް ފެރީގައި ކުރާ ދަތުރުތައް ހިލޭ ކުރެވޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަ...

ބ. އަތޮޅުގައި އާރްޓީއެލް ފެރީ ފަށައިފި
Business

ބ. އަތޮޅުގައި އާރްޓީއެލް ފެރީ ފަށައިފި

ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ހިދުމަތް އެމްޓީސީސީ އިން މިއަދު ފަށައިފި އެވެ. މިއީ އާރްޓީއެލް ފެރީގެ ހިދުމަތް ފެށުނު 11 ވަނަ އަތޮޅެވެ. އެމްޓީސީސީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ބ. އަތޮޅުގައި މިއަދު ފެށުނު ހިދުމަތާ ގުޅިގެން އަހުލުވެރިކުރުމުގެ ދަތުރުތަކެއް ކުރިއަށްދާނެ އެވެ. އަދި އޮގަސްޓް 4 އިން ފެށިގެން އާރްޓީއެލް ފެރީގެ ހިދުމަތް ލިބޭނީ ޓިކެޓު ނަގައިގެންނެވެ. ޓިކެޓު ގަތުމަށް ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ 1 އިން ފެށިގެން […]

މާދަމާ ބ އަތޮޅުގައި އާރުޓިއެލް ފެރީގެ ޚިދުމަތް ފަށަނީ، ފުރަތަމަ ހަފްތާ ހިލޭ!
Business

މާދަމާ ބ އަތޮޅުގައި އާރުޓިއެލް ފެރީގެ ޚިދުމަތް ފަށަނީ، ފުރަތަމަ ހަފްތާ ހިލޭ!

ދިވެހިރާއްޖޭގެ ހައި ސްޕީޑް ފެރީ ވިއުގައިގެ “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫޢުގެ ދަށުން، ޒޯން 2 ގައި ހިމެނޭ ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީ ޚިދުމަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީ އިން ބުނެފި އެވެ. އެމްޓީސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ޚިދުމަތް ފެށުމާއެކު، ބ. އަތޮޅުގެ ރައްޔިތުންނަށް އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބި، ރައްޔިތުން ރަށު ބަންދުން ވީއްލި، އަތޮޅުގައި […]

ބޮޑުތިލަދުންމަތީގެ 18 ރަށެއްގެ ފެރީ ޓާމިނަލާއި ފެރީ ސްޓޮޕްތައް ރަށު ކައުންސިލްތަކާއި ހަވާލުކޮށްފި
Thiladhunmathi News

ބޮޑުތިލަދުންމަތީގެ 18 ރަށެއްގެ ފެރީ ޓާމިނަލާއި ފެރީ ސްޓޮޕްތައް ރަށު ކައުންސިލްތަކާއި ހަވާލުކޮށްފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ފެރީ ޚިދުމަތުގައި ހިމެނޭ 12 ފެރީ ސްޓޮޕަކާއި 6 ޓާމިނަލެއް އެ ރަށަކަށް ނިސްބަތްވާ ކައުންސިލަކާއި ހަވާލުކޮށްފިކަމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މިކަން ހާމަކުރަމުން އެމިޓީސީސީން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ “އިންޓަގްރޭޑް ނޭޝަނަލް ޕްބަލިކް ފެރީ ނެޓްވޯކް” މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ އާރުޓީއެލް ފެރީ ސްޓޮޕްތަކާއި ޓާމިނަލްތައް ނިސްބަތްވާ ރަ...

މާދަމާއިން ފެށިގެން ރ. އަތޮޅުގައި އާރުޓީއެލް ހިދުމަތް ދޭނީ ޓިކެޓް ވިއްކައިގެން
Business

މާދަމާއިން ފެށިގެން ރ. އަތޮޅުގައި އާރުޓީއެލް ހިދުމަތް ދޭނީ ޓިކެޓް ވިއްކައިގެން

މާދަމާއިން ފެށިގެން ރ. އަތޮޅުގައި އާރުޓީއެލް ހިދުމަތް ދޭނީ ޓިކެޓް ވިއްކައިގެން ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ އިން ބުނެފިއެވެ. ރ. އަތޮޅުގައި އާރުއޭޓީއެލްގެ ހިދުމަތް ފެށީ މިދިޔަ ހަފުތާގައެވެ. މިއަދަކީ މި ހިދުމަތް އެ އަތޮޅުގައި ހިލޭދޭ ފަހު ދުވަހެވެ. އާރުއޭޓީއެލްގެ ހިދުމަތަށް ޓިކެޓް ނަގަން ޖެހޭނީ އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ. މި މަޝްރޫއުގެ ޒޯން 2 ގައި ހިމެނޭ ރ. އަތޮޅުގައި ދަތުރު ފަށާފައިވާއިރު، އެ ޒޯނުގައި […]

ރ.އަތޮޅުގައި މާދަމާ އާރުޓީއެލްގެ ޚިދުމަތް ފަށަނީ
Business

ރ.އަތޮޅުގައި މާދަމާ އާރުޓީއެލްގެ ޚިދުމަތް ފަށަނީ

ރ. އަތޮޅުގައި މާދަމާ އާރްޓީއެލްގެ ފެރީގެ ޚިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ. މިކަން ހާމަކުރެެއްވީ ޓްރާންސްޕޯޓް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން މި ޚިދުމަތް ދޭން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގެ ދަށުން ޒޯން 2 ގައި ހިމެނޭ ރ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން، އެ އަތޮޅުގ...

އާރުޓީއެލް މަޝްރޫޢުއަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ
Raajje

އާރުޓީއެލް މަޝްރޫޢުއަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ

“އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ (އާރުޓީއެލް) އަށް 100 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީ ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ. މިކަމާ ގުޅޭ އެމްއޯޔޫ ގައި މިއަދު ސޮއިކޮށްފައިވާއިރު، އިންޑިއާ ސަރުކާރުގެ “ގްރާންޓް އެސިސްޓެންސް ފޯ ހައި އިންޕެކްޓް ކޮމިއުނިޓީ ޑިވަލޮޕްމަންޓް ޕްރޮޖެކްޓްސް” ގެ ދަށުން ދެވޭ މި އެހީއާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޚާރިޖީ ވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެ...

ޖުލައި މަސް ނިމުމުގެ ކުރިން ރ. އަދި ބ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފަށަނީ
Raajje

ޖުލައި މަސް ނިމުމުގެ ކުރިން ރ. އަދި ބ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފަށަނީ

މުޅި ރާއްޖެ ހައި ސްޕީޑް ފެރީން ގުޅާލުމަށް ސަރުކާރުން ފަށާފައިވާ ކަނޑުދަތުރުގެ ޚިދުމަތް، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ޚިދުމަތް ދެން އެންމެ އަވަހަށް ޤާއިމުވެގެންދާނެ އަތޮޅަކީ ރ.އަތޮޅު ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މި ފަދައިން ވިދާޅުވީ، ރ.އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އުނގޫފާރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ. ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރު ފަތ...

ދިއްދޫގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި
Thiladhunmathi News

ދިއްދޫގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

ހއ. ދިއްދޫގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ޚިދުމަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މި ޚިދުމަތް ފެށީ އިއްޔެއެވެ. ދިއްދޫގައި ބަހުގެ ހިދުމަތް ދިނުމަށް 32 މީހުންގެ ޖާގައިގެ ދެ ބަސް ބޭނުންކުރާނެއެވެ. މި ބަސްތަކުގައި 22 މީހުންނަށް އިށީނދެ ތިބެގެން އަދި، 10 މީހުންނަށް ކޮޅަށް ތިބެގެން ދަތުރު ކުރެވޭނެއެވެ. އާރުޓީއެލްގެ އެހެނިހެން ޚިދުމަތްތަކާއެއްގޮތަށް ދިއްދޫގައި ވެސް ބަހުގެ ހިދުމަތް ފުރަތަމަ ހަފުތާގައި ދޭނީ ހިލެއެވެ. އެ […]

އާރުޓީއެލްއިން ތިލަދުންމަތީގެ ރަށްތަކަށް ދަތުރުކުރި، ލޯފަން ދެ މީހެއްގެ ތަޖުރިބާ!
Thiladhunmathi News

އާރުޓީއެލްއިން ތިލަދުންމަތީގެ ރަށްތަކަށް ދަތުރުކުރި، ލޯފަން ދެ މީހެއްގެ ތަޖުރިބާ!

ދިވެހިރާއްޖޭގެ ހުރިހާ ރަށެއް ގުޅާލުމަށް ސަރުކާރުން ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ޚިދުމަތް ތަޢާރަފްވެ ބައެއް އަތޮޅުތައް ގުޅާލުމުން، އެ އަތޮޅުތަކުގެ މީހުންނަށް ލިބުނު ފަސޭހަތަކުގެ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. އެ ވާހަކަތައް އެކިއެކި މަންސަތަކުގައި ގިނަބަޔަކު ހިއްސާކުރަނީ އުފަލާއި އެކުގައެވެ. ނަމަވެސް މި ފެރީގެ ނިޒާމުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހުރި ފަސޭހަތަކުގެ ވާހަކައަކީ އާންމު ވާހަކައަކަށް ނުވެދާނެއެވެ. މިހާރު ބްލައިންޑް އެސޯސިއޭޝަންގެ ބައެއް މެމްބަރުން...