Skip to main content
Topic Archive

#ނެއްލައިދޫ ކައުންސިލް

47 Stories filed
ނެއްލައިދޫ އަލިގަދަތަރި ޤުރުއާން މުބާރާތު ފައިނަލަށް ބައިވެރިން ހޮވައިފި
Thiladhunmathi News

ނެއްލައިދޫ އަލިގަދަތަރި ޤުރުއާން މުބާރާތު ފައިނަލަށް ބައިވެރިން ހޮވައިފި

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ނެއްލައިދޫ އަލިގަދަތަރި ޤުރުއާން މުބާރާތް 1445 ” ގެ ފައިނަލަށް ބައިވެރިން ހޮވައިފިއެވެ. މުބާރާތުގެ ފައިނަލަށް ބައިވެރިން ހޮވާފައި ވަނީ މިދިޔަ ހަފްތާ ބަންދުގައި ބޭއްވި މުބާރާތުގެ ދެވަނަ ބުރަށް ފަހުއެވެ. އެ ބުރުގައި 13 ބައިވެރިން ވަނީ ކިޔަވާފައެވެ. ފައިނަލުން ފުރުސަތު ލިބިފައި ވަނީ އެ ބުރުން އެންމެ މަތިން މާކްސް ހޯދި ފަސް ބައިވެރިންނެވެ. އެ ބައިވެރިންނަކީ: އާޢިޝަތު މަލްދާ / ވާދީ […]

ނެއްލައިދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ބައިވެރިން
Thiladhunmathi News

ނެއްލައިދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ބައިވެރިން

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ނެއްލައިދޫ އެންމެ އަލިގަދަތަރި” ޤުރުއާން މުބާރާތް މިއަދު ފަށާނެއެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ އާބާދީގެ މެދުގައި ޤުރްއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި ތަޖުވީދުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކީރިތި ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އުފެއްދުމާއި ރީތިކޮށް ބަލައިގެން ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އުފެއްދުމާއި ޤުރުއާން ހިތުދަސް ކުރުމުގެ ރޫހު އަށަގެ...

"ނެއްލައިދޫ އެންމެ އަލިގަދަތަރި" އެއްވަނަ ޤުރުއާން މުބާރާތް މި މަހު 21 ގައި ފަށަނީ
Thiladhunmathi News

"ނެއްލައިދޫ އެންމެ އަލިގަދަތަރި" އެއްވަނަ ޤުރުއާން މުބާރާތް މި މަހު 21 ގައި ފަށަނީ

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ނެއްލައިދޫ އެންމެ އަލިގަދަތަރި” ޤުރުއާން މުބާރާތް މި މަހު 21 ގައި ފަށާނެއެވެ. މި މުބާރާތަށް ބައިވެރިން ހޮވުމަށް އޮޑިޝަން ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 22 ވަނަ ދުވަހުއެވެ. މުބާރާތަށް 20 ބައިވެރިން ހޮވަން ނިންމާފައި ވީނަމަވެސް، މުބާރާތަށް ހޮވާފައި ވަނީ 15 ބައިވެރިންނެވެ. ބައިވެރިން މަދުވުމާއިއެކު އިންތިޒާމް ކުރާ ފަރާތުން ވަނީ މުބާރާތުގެ ފުރަތަމަ ބުރު ނުބާއްވަން ނިންމާފައެވެ. މުބާރާތް […]

ނެއްލައިދޫ ޖިމްގެ މަސައްކަތް މިއަހަރު، ރަށު ކައިރީ ވަދު ކަނދުފައްޗެއް އަޅައިދޭން އެދިއްޖެ
Thiladhunmathi News

ނެއްލައިދޫ ޖިމްގެ މަސައްކަތް މިއަހަރު، ރަށު ކައިރީ ވަދު ކަނދުފައްޗެއް އަޅައިދޭން އެދިއްޖެ

ހދ. ނެއްލައިދޫ ގައި ގާއިމުކުރާ އިންޑޯ ޖިމްގެ މަސައްކަތް މިއަހަރު ފެށޭނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބުދުﷲ ރާފިޢު ވިދާޅުވެފައިވާކަމަށް ނެއްލައިދޫ ކައުންސިލުން ބުނެފިއެވެ. އެކައުންސިލުން މިހެން ބުނީ 2024 ވަނަ އަހަރަށް ބަޖެޓުކުރެވިފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކައުންސިލްގެ ފަރާތުން ސަރުކާރުގެ މުއައްސަސާތަކާއި ބައްދަލުކުރުމަށް މިހާރު މާލެއަށް ކުރަމުންދާ ދަތުރުގެ ތެރެއިން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބުދުﷲ ރާފިޢުއާއި ބައްދަލުކުރުމަށްފަހު އެވެ....

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ނެއްލައިދޫގައި ބާއްވާ މަސްރޭހުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ނެއްލައިދޫގައި ބާއްވާ މަސްރޭހުގައި ބައިވެރިވާން ހުޅުވާލައިފި

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ.ނެއްލައިދޫގައި ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ދިވެހިރާއްޖޭގައި ރަސްމީކޮށް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ ދިހަވަނަ ދުވަހއެވެ. މި މަސްރޭހަކީ ނެއްލައިދޫ ކައުންސިލާއި، ހދ. އަތޮޅު ކައުންސިލާއި ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން އެ ރަށުގެ ހުރިހާ މުވައްސަސާތަކާއި އަދި ކްލަބް ޖަމިއްޔާތަކާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކ...

ޑެންގޫ ކޭސްތައް އިތުރުވާތީ ސަމާލުވުމަށް ނެއްލައިދޫ ސިއްހީމަރުކަޒުން އެދިއްޖެ
Thiladhunmathi News

ޑެންގޫ ކޭސްތައް އިތުރުވާތީ ސަމާލުވުމަށް ނެއްލައިދޫ ސިއްހީމަރުކަޒުން އެދިއްޖެ

ހދ. ނެއްލައިދޫގައި ޑެންގީ ހުމުގެ ކޭސްތައް އިތުރުވާތީ ސަމާލުވުމަށް އެދިއްޖެއެވެ. އެރަށު ސިއްހީ މަރުކަޒުން ނެރުއްވާފައިވާ އިއުލާނެއްގައި ވިދާޅުވީ މި ދުވަސްވަރު އެރަށުގައި ޑެންގީ ހުން ފެތުރެމުންދާތީ އެންމެހައި ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުު އެޅުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އެގޮތުން މަދިރި އުފެދޭ ތަންތަން ނައްތާލުމަށާއި މަދިރި ހެފުމުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިލައްވާފައި ވެއެވެ. އަދި ބޭނުންކޮށްފައި ހުންނަ ދަޅު، ފުޅި، ކޮތަޅު ފަދަ ތަކެތިި ރައްކާތެރިގޮތުގައި ނައްތަ...

ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދުމަށް ނެއްލައިދޫގައި ހަރަކާތްތަކެއް
Thiladhunmathi News

ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދުމަށް ނެއްލައިދޫގައި ހަރަކާތްތަކެއް

އިޒްރާއީލްގެ ޔަހޫދީން ފަލަސްތީނަށް ދެމުންއަންނަ އުދުވާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހދ.ނެއްލައިދޫ ކައުންސިލާއި އެ ރަށު ރައްޔިތުން ގުޅިގެން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މިއަދުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް މި ހަރަކާތް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. މިއަދު މިހަރަކާތް ފެށުމުގެ ގޮތުން އެ ރަށުގެ ހުއިފިލަނޑާ މަސްވެރިންނާއި ގުޅިގެން މިރޭ ހުއިފިލަނޑާ ނެގުމުގެ ހަރަކާތެއް...

ނެއްލައިދޫ ކައުންސިލް ކަޕް ފެށިގެން ކުރިއަށް
Thiladhunmathi News

ނެއްލައިދޫ ކައުންސިލް ކަޕް ފެށިގެން ކުރިއަށް

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ނެއްލައިދޫ ކައުންސިލް ކަޕް 2023”  ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. މުބާރާތް މިދިޔަ ހޮނިހިރު ދުވަހު ހަވީރު ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފަލްކަންއާއި ރެފިއުޖީއެވެ. މި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ރެފިއުޖީންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ރެފިއުޖީގެ ޖޯޒީ ނަމްބަރު 7، އިސްމާއިލް ވިފާޤްއެވެ. މުބާރާތުގެ ދެވަނަ މެޗުގައި އިއްޔެ ހެނދުނު ބައްދަލުކުރީ ކިންގް ސްޕްރިޓްއާއި ދުންމާރ...

ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް ޖޫން ދިހަވަނަ ދުވަހު ފަށަނީ
Thiladhunmathi News

ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް ޖޫން ދިހަވަނަ ދުވަހު ފަށަނީ

ހދ. ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް ޖޫން މަހުގެ ދިހަވަނަ ދުވަހު ފަށަން ތާވަލުކޮށްފިއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ޖޫން 10 ވަނަ ދުވަހު ހަވީރު ބައްދަލުކުރާނީ އެފްސީ ފަލްކަންއާއި ކްލަބް ރެފިޖީއެވެ. މި މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އެފްސީ ފަލްކަން، ކްލަބް ރެފުޖީ، އެފްސީ ފްރެންޑްސް، ނިކަ ސިޓީ، ކިންގް ސްޕްރިޓް، އެފްސީ ދުންމާރި އަދި އެމްއެމްސީ އެވެ. މި މުބާރާތް ކުރިއަށް ގެންދަން ރާވާފައި ވަނީ […]

ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
Thiladhunmathi News

ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހދ. ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތާއި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރުގެ އަޟްހާ އީދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދެ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ނެއްލައިދޫ ކައުންސިލުގައި ރަޖިސްޓްރީކޮށްފައިވާ ޓީމް ތަކަށެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 04 މެއ...

ރޯދަ މަހަށް ތައްޔާރު ވުމަށް ނެއްލައިދޫގައި އަދާލަތުގެ ދަރުހެއް
Thiladhunmathi News

ރޯދަ މަހަށް ތައްޔާރު ވުމަށް ނެއްލައިދޫގައި އަދާލަތުގެ ދަރުހެއް

ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ހދ.ނެއްލައިދޫގައި އަދާލަތު ޕާޓީން ދަރުހެއް ބާއްވައިފިއެވެ. ރޭ ނެއްލައިދޫ ބަނދަރު ސަރަހައްދުގައި “ރަމަޟާން މަހަށް ތައްޔާރުވުން” މި މަޢުޟޫއަށް ކުރިއަށް ގެންދެވުނު ދަރުސް ދެއްވާފައި ވަނީ އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް ޙުސައިން އެވެ. މި ދަރުހަކީ ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ނެއްލައިދޫ ކައުންސިލާއި އަދާލަތު ޕާޓީ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ދަރުހެކެވެ. މި ދަރުހާއި ގުޅޭގޮތުން މި ނޫހަ...

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ނެއްލައިދޫގައި މަދަހަ މުބާރާތަކާއި މަސް ރޭހެއް ބާއްވަނީ
Thiladhunmathi News

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ނެއްލައިދޫގައި މަދަހަ މުބާރާތަކާއި މަސް ރޭހެއް ބާއްވަނީ

މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ހދ. ނެއްލައިދޫގައި މަދަހަ މުބާރާތަކާއި މަސް ރޭހެއް ބޭއްވުމަށް ނިންމައިފިއެވެ. މިކަމާއި ގުޅިގެން ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލުގެ ނައިބު ރައީސް އަހްމަދު ރަޝީދު ވިދާޅުވީ މިއީ އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ މުބާރާތްތަކެއް ކަމަށެވެ. އަދި މިއީ އެރަަށު އަންހުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ ހަރަކާތްތަކެއް ކަމަށެވެ. އެގޮތުން މާރޗު 8 ވަނަަ ދުވަހު މަދަހަ މުބާރާތެއް ބޭއްވުމަށް ނިންމާފ...

ނެއްލައިދޫގައި ހައިޑްރޯފޯނިކްސްއާއި ހޯމް ގާޑެނިންއާއި ގުޅޭ ތަމްރީން ޕްރޮގްރާމެއް
Thiladhunmathi News

ނެއްލައިދޫގައި ހައިޑްރޯފޯނިކްސްއާއި ހޯމް ގާޑެނިންއާއި ގުޅޭ ތަމްރީން ޕްރޮގްރާމެއް

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހައިޑްރޯފޯނިކްސްއާއި ހޯމް ގާޑެނިންއާއި ގުޅޭ ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ނެއްލައިދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އެ ކައުންސިލާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ އިތުރުން އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެންނެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، އ...

ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ފްރެންޑްސް ހޯދައިފި
Thiladhunmathi News

ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ފްރެންޑްސް ހޯދައިފި

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ނެއްލައިދޫ ކައުންސިލް ކަޕް 2022” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެފްސީ ފްރެންޑްސް އިން ކާމިޔާބު ކޮށްފިއެވެ. ދިވެހިރާއްޖޭގެ ހޯމް މިނިސްޓަރ ސެއިޚް އިމްރާން އަބްދުﷲ ޝަރަފްވެރި ކޮށްދެވި ފައިނަލް މެޗު އިއްޔެ ހަވީރު ނެއްލައިދޫ ފުޓްބޯޅަ ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައިވަނީ އެފްސީ ފްރެންޑްސްއާއި ކުލަބް ރެފިއުޖީއެވެ. ފައިނަލް މެޗު އެފްސީ ފްރެންޑްސްއިން...

ނެއްލައިދޫ ކައުންސިލް ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބްރައިޓްސްޓާއަށް
Thiladhunmathi News

ނެއްލައިދޫ ކައުންސިލް ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބްރައިޓްސްޓާއަށް

ހއ.ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ” ނެއްލައިދޫ ކައުންސިލް ހޭންޑްބޯޅަ މުބާރާތް 2022″ ގެ ޗެމްޕިއަންކަން ބްރައިޓްސްޓާ ޓީމުން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު 19 ޖުލައި 2022 ވަނަ ދުވަހު ހެނދުނު ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައިވަނީ ބްރައިޓްސްޓާއާއި ޔަންގްސްޓާއެވެ. މި މެޗު 4-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ބްރައިޓްސްޓާއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބްރައިޓްސްޓާގެ ޖޯޒީ ނަމ...