ހދ. ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތާއި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި އަހަރުގެ އަޟްހާ އީދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދެ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ނެއްލައިދޫ ކައުންސިލުގައި ރަޖިސްޓްރީކޮށްފައިވާ ޓީމް ތަކަށެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 04 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ނެއްލައިދޫ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށް އެ އިދާރާއިން ވަނީ އެދިލައްވާފައެވެ.
މީގެއިތުރުން މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން ފޯމާއިއެކު އެ ޓީމެއްގެ އަހަރީ ފީ އަދި ޓީމް/ކުލަބުގެ ރަޖިސްޓްރީ ކޮޕީ ހުށައަޅަން ޖެހެއެވެ.
ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކުން، މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅާ ފޯމާއިއެކު 2000 (ދެހާސް ރުފިޔާ) ގެ ފީއެއް ދައްކަން ޖެހޭއިރު، ހޭންޑް ބޯޅަ މުބާރާތުގައި ބައިވެރިވާން ހުށަހަޅާ ފޯމާއިއެކު 1000 (އެއްހާސް ރުފިޔާ) ގެ ފީއެއް ދައްކަން ޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!