ހއ.ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ " ނެއްލައިދޫ ކައުންސިލް ހޭންޑްބޯޅަ މުބާރާތް 2022" ގެ ޗެމްޕިއަންކަން ބްރައިޓްސްޓާ ޓީމުން ކާމިޔާބު ކޮށްފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗު 19 ޖުލައި 2022 ވަނަ ދުވަހު ހެނދުނު ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައިވަނީ ބްރައިޓްސްޓާއާއި ޔަންގްސްޓާއެވެ. މި މެޗު 4-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ބްރައިޓްސްޓާއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބްރައިޓްސްޓާގެ ޖޯޒީ ނަމްބަރު 14 ނަޒުމީނާ އަހްމަދެވެ.

Ad
rt

ފައިނަލް މެޗު ނިމުމުން މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ވަނީ މެޑަލްއާއި ޓްރޮފީ ހަވާލުކޮށްފައެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށާއި މުބާރާތުގެ ސަޕޯޓަރުންގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ބްރައިޓް ސްޓާގެ ނަޒްމީނާ އަހްމަދެވެ. އޭނާ ވަނީ މުބާރާތުގެ އެންމެ މޮޅު އަށް ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފައެވެ.

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔަންގް ސްޓަރ ގެ ޖާޒީ ނަންބަރު 5 ހައްވާ ރޫޔާއެވެ. އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ބްރައިޓްސްޓާގެ ކޯޗު އައިސްތު ސަލްމާއެވެ. ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ފެލްކަން ވިންގްސްއެވެ. ސަޕޯޓަރުންގެ އެންމެ މޮޅު ޓީމަކަށް ހޮވިފައި ވަނީ ޔަންގްސްޓާއެވެ.

މުބާރާތުގެ އެންމެ މޮޅު 8 ކުޅުންތެރިން

  • ފާތިމަތު ސިނާޒާ/ ފެލްކަން ވިންގް،
  • ހައްވާ ރޫޔާ/ ޔަންގްސްޓާ
  • ފާތިމަތު ހައިފާ/ ޔަންގްސްޓާ
  • އައިސަތު ސުނެއިނާ/ ޔަންގްސްޓާ
  • އައިސަތު ސުލާފާ/ ބްރައިޓްސްޓާ
  • ފަރުޒާނާ އިބްރާހީމް/ ބްރައިޓްސްޓާ
  • ނަޒުމީނާ އަހްމަދު/ ބްރައިޓްސްޓާ
  • ތަސްލީމާ/ ބްރައިޓްސްޓާ

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދީފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 5000 (ފަސްހާސް ރުފިޔާގެ) ފައިސާގެ އިނާމެއް ހަވާލުކޮށްފައެވެ.