ހދ. ނެއްލައިދޫގައި ޑެންގީ ހުމުގެ ކޭސްތައް އިތުރުވާތީ ސަމާލުވުމަށް އެދިއްޖެއެވެ.

އެރަށު ސިއްހީ މަރުކަޒުން ނެރުއްވާފައިވާ އިއުލާނެއްގައި ވިދާޅުވީ މި ދުވަސްވަރު އެރަށުގައި ޑެންގީ ހުން ފެތުރެމުންދާތީ އެންމެހައި ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުު އެޅުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

Ad
rt

އެގޮތުން މަދިރި އުފެދޭ ތަންތަން ނައްތާލުމަށާއި މަދިރި ހެފުމުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިލައްވާފައި ވެއެވެ. އަދި ބޭނުންކޮށްފައި ހުންނަ ދަޅު، ފުޅި، ކޮތަޅު ފަދަ ތަކެތިި ރައްކާތެރިގޮތުގައި ނައްތައިލުމަށް ވެސް އެދިލައްވާފައި ވެއެވެ.

މީގެ އިތުރުން ފެނުގައި ގަސް ހައްދާފައިވާ ތަކެތި ސާފުކޮށް ފެން ބަދަލު ކުރުމަށާއި މަދިރި ދުންދަނޑި، ލޯޝަން، ރިޕްލެންޓު ފަދަ ތަކެތި މަދިރިން ރައްކާތެރިވުމަށް ބޭނުން ކުރުމަށާއި ވާރޭފެން ތާންގީ، އޯވާހެޑް ތާންގި ފަދަ ތަކެތި މަދިރި ދާ ޖަހައި، ރަނގަޅަށް މަތިޖެހުމަށާއި އާންމުކޮށް ބޭނުންނުކުރާ ތެލި، ތަށި އަދި ބާލިދީ ފަދަ ތަކެތި ފެން ހަރުނުލާގޮތަށް ބަންޑުން ބެހެއްޓުމަށް ވެސް އެދިލައްވާފައި ވެއެވެ.

ނެއްލައިދޫ ސިއްހީ މަރުކަޒުން އިތުރަށް ވަނީ ބޮނބި ފާކުރުމަށް ބޭނުންކުރާ ތަކެތީގައި މަދިރި އާލާ ނުވާނޭހެން މަތިހަޖައި، ރައްކާތެރި ކުރުމަށާއި ހުން އައިސްގެން ތިން ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ.