ވެރިކަން ލިބޭ ކޮންމެ ބަޔަކު ވެރިކަމުގައި ދެމިތިބެން މަސައްކަތްކުރާ ނަމަ ނުރަނގަޅު އަސަރު ކުރާނެ: ފައިސަލް
ވެރިކަން ލިބޭ ކޮންމެ ބަޔަކު، ވެރިކަމުގައި ތާ އަބަދު ތިބުމަށްޓަކައި މަސައްކަތް ފަށައިފި ނަމަ، އޭގެ ނުރަނގަޅު އަސަރު ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ، މިފަދަ ކަންކަމުގެ ސަބަބުން ގައުމުގެ ހަމަޖެހުން ގެއްލި، އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށެވެ. ފައިސަލް ފާހަގަކުރެއްވި ގޮތުގައި، އަމިއްލަ ދަހިވެތިކަމުގައި ގައުމާއި ރައްޔިތުން ފުން ވަޅުގަނޑަކަށް ވައްޓާލުމަކީ ގައުމަށް އުފާވެރިކަން ހޯދައ...