ލީޑަރެއްގެ ކިބައިގެން މުރާލިކަމުގެ ސިފަ ހުރުމަކީ މުހިންމު ކަމެއް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިސްކަންދަރު ސްކޫލުގެ މަގާމުތަކާ ހަވާލުވާ ދަރިވަރުންނަށް މަގާމު ހަވާލުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ނައިބު ރައީސް ވިދާޅުވީ ސްކޫލު މާހައުލަށް ބަލައި ނަމަވެސް އެކި ހިޔާލުގެ އެކި ވިސްނުމުގެ ކުދިން އުޅޭނެ ކަމަށާއި އެހެންނަމަވެސް ލީޑަރަކަށްވާނީ އެ ހުރިހައި ކުދިންގެ ވެސް ރަނގަޅު ސިފަތަކާ އެކު، އެކުގައި ގެންގުޅެވޭނަމަ ކަމަށެވެ.

މީގެ އިތުރުން އަލަށް ދަސްވާ ކޮންމެ ކަމަކުން ވެސް އެހެން ކުދިންނަށް ކިޔައިދީ ދަސްކޮށްދިނުމަކީ މުހިއްމު ކަމެއް ކަމުގައި ފާހަގަކުރައްވާ ވިދާޅުވީ ކޮންމެ ކުއްޖަކު ވެސް ވާންވާނީ ކަންކަމަކަށް އިސްނަގާ ކުދިންތަކަކަށް ކަމަށެވެ. އަދި އަބަދުވެސް އޯގާތެރިކަމާއި އިންސާނިއްޔަތުކަމާއި ހިތްތިރިިކަން އިސްކުރުމަށް ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

ލީޑާޝިޕަކީ ކޮބައިތޯ ކޮންމެ ދަރިވަރަކު ވެސް ފުންކޮށް ވިސްނަންޖެހޭކަން ފާހަގަކުރައްވާ ނައިބު ވިދާޅުވީ ލީޑަރެއްގެ ކިބައިގައި ހުރުން އެންމެ މުހިންމު ސިފައަކީ އެކި ހިޔާލުތަކުގެ މީހުންނާއެކު އުޅެން އެގުން ކަމަށެވެ. އަދި ސްކޫލު މާހައުލަށް ބަލައި ނަމަވެސް އެކި ހިޔާލުގެ އެކި ވިސްނުމުގެ ކުދިން އުޅޭނެ ކަމަށެވެ.

ކިބުރުވެރިކަމާއި ފޮނިކަން އިސްކޮށްފިނަމަ ކާމިޔާބާއި ރީތި ނަން ބީވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ވެސް ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.