މިލަންދޫ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ފަށައިފި
ށ. މިލަންދޫ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް އިއްޔެ ފަށައިފިއެވެ. މި ޚިދުމަތް ފެށުމަށް މިލަންދޫ ސިއްހީ މަރުކަޒުގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި މި ޚިދުމަތް ފައްޓަވައިދެއްވީ ސިއްހަތާ ބެހޭ ވަޒީރު ޢަބުދުﷲ ނާޒިމެވެ. މި ރަސްމިއްޔާތުގައި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބުދުލްޤާދިރު (ހަސަނާ) އާއި ސިއްހީ ވުޒާރާގެ ބައެއް އިސް ވެރިން ވެސް ބައިވެރިވިއެވެ. އެކްސްރޭގެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު ވަޒީރު ވަނީ އެކްރޭ ބައްލަވާލައްވާފައެވެ. މި ރަސްމިއްޔާތަށް...