ށ. މިލަންދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިލަންދޫ ސިއްޙީ މަރުކަޒުން ބުނީ، އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި 2 ބިދޭސީންކުރެ އެކަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި އެ މީހާ ޕޮޒިޓިވްވިކަން އެނގުނީ މިއަދު ކަމަށް ވެސް އެ މަރުކަޒުން ބުންޏެވެ.

Ad
rt

"މާސްކު އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ހުރިހާ ބޭފުޅުންނަށް ވެސް އިލްތިމާސް ކުރަން."

މިލަންދޫ ސިއްހީ މަރުކަޒުން ބުނެފަ ވެއެވެ.

މިލަންދޫ މީގެ ކުރިން ވެސް ބައެއް ކޯވިޑް ޕޮޒިޓިވް ކޭސްތައް ފެނުނެވެ. އެ އެންމެން ވެސް ވަނީ ބަލިން ރަނގަޅުވެފަ އެވެ.

އަތޮޅު ތެރޭން ފެންނަ ކޯވިޑް ކޭސްތަކުގެ މިންވަރު އިތުރުވެފައިވާތާ ދެ މަހެއްހާ ދުވަސް މިހާރު ވެފައިވާއިރު، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކުރަށްވާފައިވާ މައުލޫމާތަށް ބަލާއިރު މިއަދުގެ ނިޔަލަށް ރާއްޖެއިން ވަނީ 26،145 ކޯވިޑް ޕޮޒިޓިވް ކޭސް ފެނިފައެވެ. އޭގެ ތެރެއިން 23،482 މީހުން ބަލިން ރަނގަޅުވެފައިވާއިރު، 69 މީހަކު ވަނީ އެ ބަލީގައި ނިޔާވެފަ އެވެ. އެކްޓިވް ކޭސް ތަކުގެ ޢަދަދަކީ 2،585 އެވެ.

މިއަދު ޕޮޒިޓިވްވީ 124 މީހެކެވެ. އެއީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 78 މީހަކާއި، ރަށްތަކުން ޕޮޒިޓިވްވި 33 މީހެއް އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 12 މީހެކެވެ.

ކޯވިޑް ބަލިން ރައްކާތެރި ކުރުމަށް ދެވޭ ވެކްސިން ވެސް މިއަހަރުގެ ފެބްރުއަރީމަހުން ފެށިގެން ރާއްޖޭގައި އަންނަނީ ދެމުންނެވެ. މި ގޮތުން އިއްޔެގެ ނިޔަލަށް މި ވެކްސިންގެ ފުރަތަމަ ޑޯޒް 278،069 މީހަކަށް ޖަހާފައިވާއިރު، 35،294 މީހަކަށް ދެވަނަ ޑޯޒް ވަނީ ޖަހާފަ އެވެ.