ށ. އަތޮޅު ކަނޑިތީމުން އިތުރު 9 މީހަކު އަދި އެ އަތޮޅު މިލަންދޫއިން އިތުރު 6 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ކޯވިޑްގެ ހާލަތުގެ ސަބަބުން އެ ދެރަށް ވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ.
ކަނޑިތީމު ސިއްހީ މަރުކަޒުން ހާމަކުރެއްވި އެންމެފަހުގެ މައުލޫމާތަށް ބަލާއިރު އެރަށުން އިތުރު 9 މީހަށް މިބަލިޖެހުނުއިރު، އެރަށުގެ އެކްޓިވް ކޭސްތަކުގެ ޢަދަދު ވަނީ 76 އަށް އަރާފައެވެ.
ނަގާފައިވާ ސާމްޕަލުތަކުން ނަތީޖާ ނުލިބި ވަނީ ދެ ސާމްޕަލެކެވެ. އެރަށުން މިހާތަނަށް 794 ސާމްޕަލެއް ވަނީ ނަގާފައެވެ.
ކަނޑިތީމުގައި މިވަގުތު 217 މީހެއް ހޯމް ކަރަންޓީނުގައި އެބަތިއްބެވެ. މިހާތަނަށް 791 މީހަކު ވަނީ ހޯމް ކަރަންޓީނު ކުރެވިފައެވެ.
މިލަންދޫ ސިއްހީ މަރުކަޒުން ރޭ ހާމަކުރެއްވި ގޮތުގައި އެރަށުން ވަނީ އިތުރު 6 މީހަކު ޕޮޒިޓިވްވެފައެވެ. އެއީ މިމަހު 22 ވަނަ ދުވަހު ނެގި 73 ސާމްޕަލްގެ ނަތީޖާ ލިބުނުއިރު، ޕޮޒިޓިވްވިކަން އެނގުނު ހަ މީހުންނެވެ.
މިލަންދޫގައި އިތުރު 8 އެކްޓިވްކޭސް މިހާރު ވެސް އެބަތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!