ށ. އަތޮޅު ކަނޑިތީމުން އިތުރު 6 މީހަކު ޕޮޒިޓިވްވެ އެކްޓިވް ކޭސްތައް 84 އަރައި، އެއަތޮޅު މިލަންދޫގެ އެކްޓިވް ކޭސްތަކުގެ 21އަށް އަރައިފައެވެ.
ކަނޑިތީމު އެންމެފަހުން ނެގުނު 20 ސާމްޕަލްގެ ތެރެއިން 14 ސާމްޕަލްއެއް ވަނީ ނެގަޓިވްވެފައެވެ. އެރަށުން މިހާތަނަށް 814 ސާމްޕަލެއް ވަނީ ނަގާފައެވެ.
ކަނޑިތީމުގައި މިވަގުތު 266 މީހެއް ހޯމް ކަރަންޓީނުގައި އެބަތިއްބެވެ. މިހާތަނަށް 801 މީހަކު ވަނީ ހޯމް ކަރަންޓީނު ކުރެވިފައެވެ. އެރަށުން ޖުމްލަ 85 މީހުން ޕޮޒިޓިވްވިއިރު، ބަލިން ރަނގަޅުވެފައިވަނީ އެއްމެ މީހެކެވެ.
މިލަންދޫ ކައުންސިލް އިދާރައިން ރޭ ހާމަކުރެއްވި ގޮތުގައި އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 21 އަށް އަރައިފައެވެ. އަދި، ކޮންޓެކްޓް ޓްރޭސިންހެދުމަށް އެރަށުގެ 120 ގެއެއްވަނީ ބަންދު ކޮށްފައެވެ.
އެ ދެރަށް ވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ. މީގެއިތުރުން އެ އަތޮޅު ޅައިމަގާއި ގޮއިދޫ ވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!