ށ. މިލަންދޫ ޞިއްޙީމަރުކަޒުގެ ލެބޯޓަރީން އައު ޚިދުމަތްތަކެއް ތަޢާރަފް ކޮށްފިއެވެ.

އެ މަރުކަޒުން މިއަދު ހާމަކުރެއްވި ގޮތުގައި ލެބޯޓަރީން ދޭން ނިންމި ޚިދުމަތްތަށް މިއަދުން ފެށިގެން ދެމުންގެންދާނެއެވެ.

Ad
rt

މިލަންދޫ ޞިއްޙީމަރުކަޒު ލެބޯޓްރީން އަލަށް ތަޢާރަފް ކުރި ޚިދުމަތްތަކުގެ ތެރޭގައި، ތައިރޮއިޑް ޓެސްޓްތައް ހެދުމާއި އަދި ހަކުރު ބަލީގެ ޓެސްޓުތައް ހެދުމުުގެ ޚިދުމަތް ހިމެނެއެވެ.

މީގެއިތުރުން ހަށިގަނޑުގެ ދަގަނޑުގެ ބައި ހުރި މިންވަރު ބެލުމަށް ހަދާ ޓެސްޓްތައް ވެސް މިހާރު އެ މަރުކަޒުން ހެދޭނެގޮތް ވަނީ ހަމަޖައްސާފައެވެ.

މިލަންދޫ މަރުކަޒުން އައު ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގުފަހިވެގެން ދިޔުމާއި، އެ މަރުކަޒުން ވަނީ، ރާއްޖޭގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި، ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް އަދި ރައްޔިތުންގެ މަޖިލީހުގައި މިލަންދޫ ތަމްސީލް ކުރަށްވާ، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.

މިލަންދޫ ސިއްހީ މަރުކަޒުން މި ޓެސްޓްތައް ހެދޭގޮތް ވެގެން ދިޔުމަކީ މިލަންދޫއާއި، އެ މަރުކަޒުން ހިދުމަތްހޯދާ މީހުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ.