މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހަނިމާދޫ ކައުންސިލް

133 Stories filed
ކައުންސިލުން އެދުމުން ޒުވާނުން ނުކުމެ ހަނިމާދޫ ފުޓްސަލް ދަނޑުގައި ޓާފް އަޅަނީ
Thiladhunmathi News

ކައުންސިލުން އެދުމުން ޒުވާނުން ނުކުމެ ހަނިމާދޫ ފުޓްސަލް ދަނޑުގައި ޓާފް އަޅަނީ

ޓާފް ހަލާކުވުމުގެ ސަބަބުން ބޭނުން ނުކުރެވި އޮންނަތާ އެތައް އަހަރެއް ވެފައިވާ ހަނިމާދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް ހަނިމާދޫ ކައުންސިލާއި އެ ރަށުގެ ޒުވާނުން ގުޅިގެން ފަށައިފިއެވެ. ހަނިމާދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެ ކައުންސިލުން ރާވާފައި އޮތީ، ކައުންސިލުން އެތަނަށް ބޭނުންވާ ސާމާނު ގެނައުމުން ރަށުގެ ޒުވާނުންނާއި ކައުންސިލާއި އަދި އެ މަސައްކަތުގައި ބައިވެރިވާން ބޭނުންވާ އެންމެހާ ފަރާތްތައް ނުކުމެ ޓާފްއެޅުމުގެ އަމަލީ މަސައްކަތްކޮށް ނިންމާ ގޮތަށެވެ. މި މަސައްކ...

ހަނިމާދޫގައި ބޭއްވި ރައްޔިތު ބައްދަލުވުމަށް ދިޔައީ އެންމެ ދެ މީހުން
Thiladhunmathi News

ހަނިމާދޫގައި ބޭއްވި ރައްޔިތު ބައްދަލުވުމަށް ދިޔައީ އެންމެ ދެ މީހުން

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި، އާންމު ރައްޔިތު ބައްދަލުވުމަށް ހާޟިރުވެފައި ވަނީ އެންމެ ދެ މީހުންކަމުގައި އެ ކައުންސިލުން ހާމަކޮށްފިއެވެ. ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތަށް ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލުތަކުން ޖުލައި މަހު ރައްޔިތުންނާއި ބައްދަލުވުން ބާއްވަން ޖެހެއެވެ. ވުމާއިއެކު ހަނިމާދޫ ކައުންސިލުން ނިންމާފައި އޮތީ 24 ޖުލައި 2023 (މިރޭ) 21:00 ގައި ރައްޔިތުންނާއި ބައްދަލުކުރުމަށެވެ. މި ބައްދަލުވުން އޮންނާނެ ގަޑިއާއި ވަގުތާއި...

ހަނިމާދޫ ފުޓްސަލް ދަނޑު މަރާމާތަށް ބޭނުންވާ ސާމާނު ފޯރުކޮށް ދިނުމަށް ބަޔަކާއި ހަވާލުކޮށްފި
Thiladhunmathi News

ހަނިމާދޫ ފުޓްސަލް ދަނޑު މަރާމާތަށް ބޭނުންވާ ސާމާނު ފޯރުކޮށް ދިނުމަށް ބަޔަކާއި ހަވާލުކޮށްފި

ޓާފް ހަލާކުވުމުގެ ސަބަބުން ބޭނުން ނުކުރެވި އޮންނަތާ އެތައް އަހަރެއް ވެފައިވާ ހަނިމާދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ބަޔަކާއި ހަވާލު ކޮށްފިއެވެ. ހަނިމާދޫ ކައުންސިލުން ވަނީ މިކަމުގެ އެއްބަސްވުމުގައި މިއަދު މޯލްޑިވްސް އެޝުއަރ ސަޕްލައި އާއި އެކު ސޮއިކޮށްފައެވެ. މި ޕްރޮޖެކްޓްގެ ދަށުން މަސައްކަތާއި ހަވާލުވީ ފަރާތުން ގްރާސް ޓާރފް، ސިލިކާ ސޭންޑް، ޓާރފް ހިއްޕުމަށް ބޭނުންވާ އެޑެސިވް ޓޭޕް ހަތް ދުވަސްތެރޭ ސަޕްލައި ކޮށްދޭން ޖެހެއެވެ. މި ޕްރޮޖެކްޓަށް ހަނިމާދޫ […]

ހަނިމާދޫން ދޫކުރާ ޓޫރިޒަމް ބިންތަކަށް އާދަޔާ ޚިލާފް ބޮޑު ތަރުހީބެއް
Thiladhunmathi News

ހަނިމާދޫން ދޫކުރާ ޓޫރިޒަމް ބިންތަކަށް އާދަޔާ ޚިލާފް ބޮޑު ތަރުހީބެއް

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުން، ޓޫރިޒަމް ވިޔަފާރިއަށް ދޫކުރާ ބިންތަކުގެ ތެރެއިން  10000 (ދިހަހާސް) އަކަފޫޓުގެ ހަތަރު ބިމަށް އާދަޔާ ޚިލާފް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. މި ބިންތަކަށް ބިޑު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އިއްޔެ ހެނދުނު ހަނިމާދޫ ކައުންސިލުގެ މީޓިން ހޯލުގައި ބާއްވަން ތާވަލު ކޮށްފައި އޮތް ނަމަވެސް، މަޢުލޫމާތު ސާފުކުރަން ހާޟިރުވި ފަރާތްތައް އިތުރުވެ އެތަނުގައި އެ ބައްދަލުވުން ބޭއްވޭވަރު ނުވުމާއ...

ހަނިމާދޫ ޑްރައިވިން ޓްރެކް ނިންމަން ހަވާލުކޮށްފި
Thiladhunmathi News

ހަނިމާދޫ ޑްރައިވިން ޓްރެކް ނިންމަން ހަވާލުކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ލައިސަންސް ދޫކުރުމަށް ވާ ތައްޔާރީގެ ތެރޭގައި ހިމެނޭ އެ ރަށު ޑްރައިވިން ޓްރެކް އެޅުމުގެ މަސްއްކަތް ނިންމަން ހަވާލުކޮށްފިއެވެ. އެ ޓްރެކުގެ އަމަލީ މަސައްކަތް ނިންމަން ހަނިމާދޫ ކައުންސިލުން ވަނީ މިއަދު މިނެޓް ޕްލަސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފައެވެ. މި ޓްރެކް އަޅަން ކައުންސިލުން ނިންމާފައިވަނީ ހަނިމާދޫ ކައުންސިލާއި ހަނިމާދޫ ފެނަކަ އިމާރާތާއި ދެމެދުގައި އޮތް ހުސް ބިމުގައެވެ. ހަނިމާދޫގައި އަޅާ ޑްރައިވިން ޓްރެކާއި ގުޅޭގޮތުން މި...

ހަނިމާދޫ ކައުންސިލްގެ ރައީސް ރަސްމީ ދަތުރެއްގައި ޗައިނާއަށް
Thiladhunmathi News

ހަނިމާދޫ ކައުންސިލްގެ ރައީސް ރަސްމީ ދަތުރެއްގައި ޗައިނާއަށް

ރަސްމީ ދަތުރުފުޅެއްގައި ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއް ސައްތާރު ހަސަން ޗައިނާއަށް ވަޑައިގެންފިއެވެ. ފަނަރަ ދުވަހުގެ މި ދަތުރުފުޅުގައި ޗައިނާގެ ގިން މަންޒިލްތަކަކަށް ދަތުރުކޮށް ހަނިމާދޫގެ ތަރައްގީއާއި ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ޗައިނާގެ ކުންފުނިތަކާއިއެކު މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި ސައްތާރުގެ އަރިހުގައި ހަނިމާދޫ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އޮފިސަ ލީޝާ އަލީ އާމިރު ވެސް ބައިވެރި ވެލައްވައެވެ....

ހަނިމާދޫގައި 1000 ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި
Thiladhunmathi News

ހަނިމާދޫގައި 1000 ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި

ހދ. ހަނިމާދޫގައި 1000 ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މިކަމާއި ގުޅިގެން ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން އެކައުންސިލުގެ އެގްޒެކެޓިވް އިބްރާހިމް އަލީ ވިދާޅުވީ އަމާޒަކީ އެއްއަހަރުގެ ތެރޭގައި 1000 ގަސް އިންދުން ކަމަށެވެ. މި ޕްރޮގްރާމް މިއަދު ހެނދުނު ފައްޓަވައިދެއްވީ ކައުންސިލުގެ ރައީސް އަބްދުއްސައްތާރު ހަސަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިއަދުގެ ރަސްމިއްޔާތުގައި އެރަށުގައި ހުރި ސަރުކާރުގެ ވުޒާރާތަކާއި ސްކޫލު، އަދި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. އިބް...

ހަނިމާދޫގައި ކުލަގަދަކޮށް ޢީދު ފާހަގަ ކުރަން ކައުންސިލުން ތައްޔާރުވަނީ
Thiladhunmathi News

ހަނިމާދޫގައި ކުލަގަދަކޮށް ޢީދު ފާހަގަ ކުރަން ކައުންސިލުން ތައްޔާރުވަނީ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި މި އަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް ހަނިމާދޫ ކައުންސިލުން ނިންމައިފިއެވެ. ހަނިމާދޫ ކައުންސިލުން ވިދާޅުވެފައި ވަނީ މި އަހަރުގެ ޢީދުގައި ހަނިމާދޫގައި ހިންގާނެ ހަރަކާތްތައް އެކަށައެޅުމުގެ މަސައްކަތް އެ ކައުންސިލުން މިހާރު ކުރަމުން އަންނަ ކަމަށެވެ. ޢީދުގައި ހިންގާ ޕްރޮގްރާމްތަކުގައި ހިމަނާނެ ކުޅިވަރުތައް ކަނޑައެޅުމަށް ރައްޔިތުންގެ މަޝްވަރާ ބޭނުންވާތީ އެ ކައުންސިލުން ވަނީ މި އަންނަ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ހަނިމާދޫ އިޖުތިމާޢީ މަރުކަޒުގައި...

ހަނިމާދޫ އެއާޕޯޓް ހަދާ ސަރަހައްދުން ކައުންސިލް ހުއްދަނެތި ގަސް ބޭރުކުރާތީ ކަންބޮޑުވުން ފާޅުކޮށްފި
Raajje

ހަނިމާދޫ އެއާޕޯޓް ހަދާ ސަރަހައްދުން ކައުންސިލް ހުއްދަނެތި ގަސް ބޭރުކުރާތީ ކަންބޮޑުވުން ފާޅުކޮށްފި

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫޢުގެ ތެރެއިން އެ ސަރަހައްދުން ނަގާފައިވާ ބޮޑެތި ގަސްތައް ހަނިމާދޫ ކައުންސިލުގެ ހުއްދަ ނުހޯދައި ބޭރުކުރާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ ޕްރޮޖެކްޓްގެ ތެރެއިން އެ ސަރަހައްދުން ނެގި ބައެއް ބޮޑެތިގަސްތައް ކައުންސިލުގެ ހުއްދަ ނުހޯދައި އެ ރަށުން ބޭރުކުރާ މައްސަލައެއް މިދިޔަ މާޗު މަހުގެ ފަހުކޮޅު ވެސް ވަނީ ފެންމަތިވެފައެވެ. މި މައްސަލަ އެ ކައުންސިލުން ވަނީ އީޕީއޭގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ. [...

ހަނިމާދޫ ސްކޭޓް ޕާކް މަސައްކަތް ބާރަށް ކުރިއަށް
Thiladhunmathi News

ހަނިމާދޫ ސްކޭޓް ޕާކް މަސައްކަތް ބާރަށް ކުރިއަށް

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ސްކޭޓް ޕާކެއް އެޅުމުގެ އަމަލީ މަސައްކަތް މިހާރު ކުރަމުން އަންނައިރު، މި ފަދަ ކުޅިވަރުތަކަށް ޔޫތު މިނިސްޓްރީގެ އެއްބާރުލުން ކުޑަކަން ފާހަގަކޮށް ހަނިމާދޫ ކައުންސިލުގެ ނައިބް ރައީސް ފިރާގު މުޙައްމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ހަނިމާދޫ ސްކޫލްގެ ކުރިމައްޗަށް އޮންނަ ނިކަގަސް މަގުގެ ދެކުނު ފަރާތުގައި ހަނިމާދޫ ކައުންސިލުން ޚަރަދު ކޮށްގެން ސްކޭޓް ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނިއިރު، އެތަނުގެ 70 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިން...

ހަނިމާދޫން އަނެއްކާ ވެސް ގެވަޅުދޫކުރަނީ
Thiladhunmathi News

ހަނިމާދޫން އަނެއްކާ ވެސް ގެވަޅުދޫކުރަނީ

ހދ. ހަނިމާދޫން ގެވަޅު ދޫކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށް، ކުރިއަށް އޮތް އެ ކައުންސިލުގެ އާންމު ބައްދަލުވުމަށް އެޖެންޑާ ކޮށްފިއެވެ. ލޭންޑް ޔޫސް ޕްލޭނުގައި ހަނިމާދޫއިން ގެވަޅު ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން ދޫކުރެވެން ހުރި މިންވަރަށް ގެވަޅު ދޫކުރުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުމަށް، މި މަހު 19 ވަނަ ދުވަހު އޮންނަ އެ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 88 ވަނަ އާންމު ބައްދަލުވުމަށް ވަނީ އެޖެންޑާ ކޮށްފައެވެ. ހަނިމާދޫއިން މީހުން ދިރިއުޅުމަށް ގެވަޅު ދޫނުކުރާތާ […]

ހަނިމާދޫގައި ޒަމާނީ ކުނިކޮށި ހެދުމަށް ބޭނުންވާ ފައިސާ މިހާރުވަނީ ހަމަޖެހިފައި: ކައުންސިލް
Thiladhunmathi News

ހަނިމާދޫގައި ޒަމާނީ ކުނިކޮށި ހެދުމަށް ބޭނުންވާ ފައިސާ މިހާރުވަނީ ހަމަޖެހިފައި: ކައުންސިލް

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ޒަމާނީ ކުނިކޮށި ހެދުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމުގައި ހަނިމާދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ހަނިމާދޫއާއި ގުޅުންހުރި މުހިންމު ކަންތައްތަކާއި މަޝްވަރާ ކުރެއްވުމަށް، ބައެއް މިނިސްޓްރީތަކާއި ބައްދަލުކުރެއްވުމަށް ރަސްމީ ދަތުރެއްގައި ހަނިމާދޫ ކައުންސިލުގެ ހުރިހާ މެމްބަރުން މިވަގުތު ތިއްބެވީ މާލޭގައެވެ. ހަނިމާދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށް މަޝްވަރާކުރެއްވުމަށް އެ ކައުންސިލުން ވަނީ އިއްޔެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލ...

ވިޔަފާރި ކުރުމަށް ހަނިމާދޫ ބަނދަރުން ބިން ދޫކުރަނީ
Thiladhunmathi News

ވިޔަފާރި ކުރުމަށް ހަނިމާދޫ ބަނދަރުން ބިން ދޫކުރަނީ

ހދ. ހަނިމާދޫ ބަނދަރުގައި ވިޔަފާރި ކުރުމަށް ހާއްސަ ކުރެވިފައިވާ ބިންތައް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން ވަނީ އެ ރަށު ބަނދަރު ސަރަހައްދުން 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް 8 ބިމެއް ކުއްޔަށް ދޫކުރަން ނިންމައި، ބިންތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މި ކަމާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަން މި މަހުގެ 13 ވަނަ ދުވަހުގެ 10:30 ގައި އެ ކައުންސިލުގެ ޖަލްސާކުރާ މާލަމުގައި […]

ހަނިމާދޫ ބަނދަރުގައި ލޯކަލް މާރުކޭޓަކާއި ސްޓަޑީ ޕާކެއް ހަދަނީ
Thiladhunmathi News

ހަނިމާދޫ ބަނދަރުގައި ލޯކަލް މާރުކޭޓަކާއި ސްޓަޑީ ޕާކެއް ހަދަނީ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ބަނދަރު ޞަރަޙައްދުގައި ލޯކަލް މާރުކޭޓަކާއި ސްޓަޑީ ޕާކެއް ޑިޒައިންކޮށް ބީއޯ.ކިއު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޯމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މި މަސައްކަތާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަން ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ 11:00 ގައި ހަނިމާދޫ ކައުންސިލުގެ ޖަލްސާ...

ހަނިމާދޫގައި ކުޑަކުދިންގެ ޕާކެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ހަނިމާދޫގައި ކުޑަކުދިންގެ ޕާކެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ހަނިމާދޫ ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އެ ރަށުގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، އަންނަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު 10:30 އަށް ހަނިމާދޫ ކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ. އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ހުޅުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މާޗް މަހުގެ 9 ވަ...