Skip to main content
Topic Archive

#ހަނިމާދޫ ކައުންސިލް

133 Stories filed
ވަކި ބަޔަކު ދަނީ ދޮގު މައުލޫމާތު ފަތުރަމުން، އެކަމުގައި ބައިވެރިވާ ޖަމިއްޔާތަކާއި، ނޫސްތަކަށް ފިޔަވަޅު އަޅާނަން: ހަނިމާދޫ ކައުންސިލް
Thiladhunmathi News

ވަކި ބަޔަކު ދަނީ ދޮގު މައުލޫމާތު ފަތުރަމުން، އެކަމުގައި ބައިވެރިވާ ޖަމިއްޔާތަކާއި، ނޫސްތަކަށް ފިޔަވަޅު އަޅާނަން: ހަނިމާދޫ ކައުންސިލް

ހަނިމާދޫ އެއަރޕޯޓް ޑިވެލޮޕްމަންޓްއަށް ބޭނުންވާ ބިމާބެހޭގޮތުން ހަނިމާދޫގައި ވަކިބަޔަކު އިސްނަގައިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށާއި، އެގޮތަށް އަމަލުކުރާ ފަރާތްތަކަށާއި، އެރަށުގެ ކްލަބް ޖަމިއްޔާ ތަކާއި އަދި ބައެއް ނޫސް ތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ހަނިމާދޫ ކައުންސިލުން ބުނެފިއެވެ. ހަނިމާދޫ ކައުންސިލުން މިހެން ބުނީ މިއަދު އެ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި އާންމުކުރި ނޫސް ބަޔާނެއްގައެވެ. އެ ނޫސްބަޔާނުގައި ބުނެފައި ވަނީ، ހަނިމާދޫ އެއަރޕޯޓް ޑިވެލޮޕްމަންޓްއަށް ބޭނުންވާ ބިމާބެހޭގ...

ހަނިމާދޫ ބިމުގެ މައްސަލާގައި މާދަމާ މުޒާހަރާކުރަނީ
Thiladhunmathi News

ހަނިމާދޫ ބިމުގެ މައްސަލާގައި މާދަމާ މުޒާހަރާކުރަނީ

ހަނިމާދޫ މީހުން ދިރިއުޅޭ ސަރަހައްދުން 400000 އަކަފޫޓްގެ ބިމެއް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަރަހައްދުގެ ބައެއްގެ ގޮތުގައި އިތުރުކުރުމަށް ހަނިމާދޫ ކައުންސިލުން މާދަމާ ފާސްކުރަން އުޅޭތީ، އެކަމާއި ނުރުހުން ފާޅުކޮށް މާދަމާ އެރަށުގައި މުޒާހަރާއެއް ކުރަން ތައްޔާރުވާން ފަށައިފިއެވެ. މީގެއިތުރުން އެރަށަށް ނިސްބަތްވާ ގިނަ ބަޔަކު ދަނީ، ބިން ދިނުމާ ދެކޮޅުކަން އަންގައިދީ އެމީހުން ފޭސްބުކް ޕްރޮފައިލް ބަދަލުކޮށް، ނުރުހުންފާޅުކުރުމުގެ އެކި މެސެޖްތައް ދިނުމުގެ ކެމްޕޭނެއްވެސް ހިންގަމުންނެވެ. ހަނިމާދޫ އެއާ...

އެއާޕޯޓަށް ބިން އިތުރުކުމަށް ހަނިމާދޫ ކައުންސިލުން މާދަމާ ގޮތް ނިންމަނީ
Thiladhunmathi News

އެއާޕޯޓަށް ބިން އިތުރުކުމަށް ހަނިމާދޫ ކައުންސިލުން މާދަމާ ގޮތް ނިންމަނީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢުއަށް، ހަނިމާދޫގެ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިމުން ބަޔެއް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަރަހައްދަށް އިތުރުކުރުމާމެދު ގޮތެއް ނިންމަން ހަނިމާދޫ ކައުންސިލްގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ. މިގޮތުން މާދަމާ އޮންނަ ހަނިމާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 6 ވަނަ އާންމު ބައްދަލުވުމުގެ އެޖެނޑާ ނަމްބަރު 3 ގައި ވަނީ ހަނިމާދޫ އެއާޕޯޓްގެ ސަރަހައްދަށް ބިން އިތުރުކުރުމަށް ގޮތެއް ނިންމުމަށް އެޖެންޑާ ކޮށްފައެވެ. “މިނިސްޓްރީ އ...

ހަނިމާދޫއިން ސިފައިންގެ ދެ މީހަކު ޖޫރިމަނާކޮށް ކަރަންޓީނަށް
Thiladhunmathi News

ހަނިމާދޫއިން ސިފައިންގެ ދެ މީހަކު ޖޫރިމަނާކޮށް ކަރަންޓީނަށް

ހދ. ހަނިމާދޫގައި ކަރަންޓީން ކޮށްފައިވާ ގެއަކަށް ހުއްދަ ނުހޯދާ ސިފައިންގެ ދެ ބޭފުޅަކު ވަތް މައްސަލައެއް ފެންމަތިވެއްޖެއެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ހަނިމާދޫ ޕޯސްޓްގައި މަސައްކަތް ކުރައްވާ ސިފައިންގެ މި ދެ ބޭފުޅުން ވަދެފައިވަނީ ހަނިމާދޫ، ނޫވިލު ކިއާ ގެއަކަށެވެ. އެ ގެއަކީ މި މަހުގެ ފަސްވަނަ ދުވަހު ހަނިމާދޫއިން ކޯވިޑަށް ޕޮޒިޓިވްވި، ރާއްޖޭގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ ޑރ. ވަހީދު ގެ ތިން ބޮޑީގާޑުން ކަރަންޓީން ކުރެވިފައިވާ ގެއެވެ. މިއަދުގެ ވަގުތެއްގައި މި މައްސަލަ ފެންމަތިވެފައިވާއިރު، […]

ހުއްދަނެތި ހަނިމާދޫއަށް ދަތުރުކުރި މީހަކު ފޮނުވާލަނީ
Thiladhunmathi News

ހުއްދަނެތި ހަނިމާދޫއަށް ދަތުރުކުރި މީހަކު ފޮނުވާލަނީ

ކޯވިޑްގެ ބަލިމަޑުކަމުގެ ހާލަތުގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރާއިރު ނަގަން ޖެހޭ ހުއްދަ ނުނަގާ ހދ. ހަނިމާދޫއަށް ދަތުރުކުރި މީހަކު އަނބުރާ ފޮނުވާލަން ނިންމައިފިއެވެ. ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު “ތިލަދުން”އަށް ވިދާޅުވީ، އެއީ ށ. ކޮމަންޑޫއިން ހަނިމާދޫއަށް މިއަދު ދަތުރުކުރި ޒުވާނެއް ކަމަށެވެ. “އަޅުގަނޑުމެންގެ ސަމާލުކަމަށް އެކަން އައުމާއެކު ކަން ހިނގާފައިވާގޮތް ބެލިން، އޭނާއަކީ މިރަށަށް ދަތުރުކުރަން ހުއްދަ ނަގާފައިވާ މީހެއްނޫން، އޭނާ އައިސްފައި ވަނީ މިއަދު ށ. ކޮމަންޑޫއި...

ހަނިމާދޫން ޕޮޒިޓިވްވި މީހެއް ކަރަންޓީނުގެ އުސޫލާއި ހިލާފްވިކަމުގެ ކަންބޮޑުވުމާއެކު ރަށަށް ހާސްކަން!
Thiladhunmathi News

ހަނިމާދޫން ޕޮޒިޓިވްވި މީހެއް ކަރަންޓީނުގެ އުސޫލާއި ހިލާފްވިކަމުގެ ކަންބޮޑުވުމާއެކު ރަށަށް ހާސްކަން!

ހދ. ހަނިމާދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް މިރޭ ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭނާއާއި ރަށުތެރެއިން މިހުންނާއި ބައްދަލުވެފައިވާކަމަށް ބެލެވޭތީ އެރަށަށް ހާސްކަން ކުރިމަތިވެއްޖެއެވެ. ހަނިމާދޫ ކައުންސިލްގެ ވަގުތީ ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ “ތިލަދުން”އަށް ވިދާޅުވީ، މިރޭ ޕޮޒިޓިވް މީހާއަކީ ހޯމް ކަރަންޓީނުގައި ހުއްޓާ ބަލީގެ އަލާމާތް ފެނިގެން ޓެސްޓް ކުރި މީހެއް ކަމަށެވެ. އޭނާގެ ސާމްޕަލް ނެގީ ރޭގައެވެ. މިއަދު ނަތީޖާ ލިބުނުއިރު އޭނާ ޕޮޒިޓިވެވެ. “އޭނާ ޕޮޒިޓިވްވުމުން ބައެއް މީހުން އެބަބުނޭ އ...

ހަނިމާދޫއިން އިތުރު މީހަކު ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ހަނިމާދޫއިން އިތުރު މީހަކު ޕޮޒިޓިވްވެއްޖެ

އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ދެމައިން އިއްޔެ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އެމީހުންނާއި ސީދާ ބައްދަލުވި މީހުންގެ ގޮތުގައި ނެގި 20 މީހުންގެ ސާމްޕަލްގެ ތެރެއިން އެކަކުގެ ސާމްޕަލް ކޯވިޑްއަށް ޕޮޒިޓިވްވެއްޖެއެވެ. އިއްޔެ ހަނިމާދޫން ޕޮޒިޓިވްވި ދެމައިން އއ. މަތިވެރިން، ހަނިމާދޫއަށް ދަތުރުކުރީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މަތިވެރިން ޕޮޒިޓިވް 10 ކޭސް ފެނުމުން އެރަށް މޮނިޓަރިންނަށްލީ މިމަހުގެ 21 ވަނަ ދުވަހުއެވެ. ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ ”ތިލަދުނ...

ހަނިމާދޫ ''ގޯތީގެ އިންތިޒާރުގައި'' ހޭދަކުރި އިތުރު އަހަރެއް
Thiladhunmathi News

ހަނިމާދޫ ''ގޯތީގެ އިންތިޒާރުގައި'' ހޭދަކުރި އިތުރު އަހަރެއް

2020 ވަނަ އަހަރު ފަސްދީ ދިޔައިރު، އެ އަހަރު ވެގެން ދިޔައީ ހދ. ހަނިމާދޫގެ ރައްޔިތުންކުރެ ބޯހިޔާވަހިކަމެއް ހޯދުމަށްޓަކައި، ގޯތީގެ އިންތިޒާރުގައި ތިބި އެތައް ރައްޔިތުންނެއް ހޭދަކުރި އިތުރު އަހަރެއްގެ ގޮތުގައެވެ. ހަނިމާދޫން އެންމެފަހުން ގޯތި ދޫކޮށްފައި ވަނީ 2010 ވަނަ އަހަރުއެވެ. އެހެން ކަމުން މިއަހަރު ނިމިގެންދިޔައިރު، އެންމެ ފަހުން ހަނިމާދޫން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރިތާ 10 އަހަރު ފާއިތުވީއެވެ. ބިމުގެގޮތުން ބެލިޔަސް ގޯތި ނުދެވޭނެ އެއްވެސް ސަބަބެއްނެތް ހދ. ހަނިމާދޫއަކީ ބިމުގެ ގޮތުން ބަލާއިރު...

"ހަނިމާދޫ ކައުންސިލް މަސްރޭސް 2020" ގެ ދެ ޖިންސުގެ ވެސް އެއްވަނަ ''މުގުރު'' ޓީމަށް
Thiladhunmathi News

"ހަނިމާދޫ ކައުންސިލް މަސްރޭސް 2020" ގެ ދެ ޖިންސުގެ ވެސް އެއްވަނަ ''މުގުރު'' ޓީމަށް

ހަނިމާދޫ ކައުންސިލުގެ ފަރާތުން މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މަސްރޭހުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ އެއްވަނަ މުގުރު ޓީމުން ހޯދައިފިއެވެ. ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި މުބާރާތުގައި ފިރިހެން ކެޓަގަރީގައި 15 ޓީމް އަދި އަންހެން ކެޓަގަރީގައި 9 ޓީމަކުން ވަނީ ބައިވެރި ވެފައެވެ. ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ކަނބަލުންގެ ކެޓަގަރީގައި ބައިވެރިވެފައިވާ ޓީމްތަކަކީ އެ ޓީމަތަކަކީ ފިޔަލަ، ގުރާ، […]

މަސްވެރިންގެ ދުވަހާއި ގުޅިގެން ހަނިމާދޫގައި މަސްރޭހެއް ބާއްވަނީ
Thiladhunmathi News

މަސްވެރިންގެ ދުވަހާއި ގުޅިގެން ހަނިމާދޫގައި މަސްރޭހެއް ބާއްވަނީ

މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ހދ. ހަނިމާދޫގައި މަސްރޭހެއް ބޭއްވުމަށް ހަނިމާދޫ ކައުންސިލުން ނިންމައި، އެ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މަސްރޭހަކީ ހަނިމާދޫގެ ދެ ޖިންސަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔުމަށް ނިންމާފާއިވާ މަސްރޭހެކެވެ. މި މަސްރޭސް ފަށާގޮތަށް ނިންމާފައި ވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް، ޑިސެމްބަރު 10 ވާ ބުރާސްފަތި ދުވަހުއެވެ. މިގޮތުން ޑިސެމްބަރު 10 ވަނަ ދުވަހު އޮންނާނީ މި މަސްރޭހުގެ އަންހެން ބައިވެރިންނަށް ޚާއްޞަ ކުރެވިފައިވާ  ބައިއެވެ....

ހަނިމާދޫގައި ޕިކްނިކް އޭރިޔާއެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ހަނިމާދޫގައި ޕިކްނިކް އޭރިޔާއެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލު އިދާރާއިން ދޭމަޢުލޫމާތާއި އެއްގޮތަށް ހަނިމާދޫ ގާފާލަމުގެ އުތުރުން ޕިކްނިކް އޭރިއާއެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން 01 ޑިސެމްބަރ 2020 ވީ އަންގާރަ ދުވަހު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 10 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް އެ ކައުންސިލުގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު...

ހަނިމާދޫ ކައުންސިލުގެ އެހީތެރިކަން ހަނިމާދޫ ސިއްހީމަރުކަޒަށް
Thiladhunmathi News

ހަނިމާދޫ ކައުންސިލުގެ އެހީތެރިކަން ހަނިމާދޫ ސިއްހީމަރުކަޒަށް

ކޯވިޑް-19 ރައްކާތެރިވުމުގެ ގޮތުން ބޭނުން ކުރެވިދާނެ ގިނައަދަދެއްގެ ތަކެތި ހަނިމާދޫ ކައުންސިލުގެ ފަރާތުން ހަނިމާދޫ ސިއްޙީ މަރުކަޒަށް ހަދިޔާކޮށްފިއެވެ. ހަނިމާދޫ ކައުންސިލުގެ ފަރާތުން 09 ނޮވެމްބަރ 2020 ހޯމަ ދުވަހު ހަނިމާދޫ ސިއްހީ މަރުކަޒަށް ހަދިޔާ ކޮށްފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ 200 ފޭސް މާސްކާއި، 300 ސާޖިކަލް ގްލޯވްސްގެ އިތުރުން 10 ލީޓަރުގެ ހޭންޑް ސެނިޓައިޒާއެވެ. ހަނިމާދޫ ކައުންސިލުގެ ފަރާތުން ހަދިޔާކުރި މިތަކެތި ހަނިމާދޫ ސިއްޙީ މަރުކަޒާއި ހަވާލު ކޮށްދެއްވާފައިވަނީ ހަނިމާދޫ ކައުންސިލުގެ ރައީ...

ހަނިމާދޫގައި މާސްކު ބަހަނީ
Thiladhunmathi News

ހަނިމާދޫގައި މާސްކު ބަހަނީ

ހަނިމާދޫގައި ދިރިއުޅޭ މީހުން ކޯވިޑަށް ރައްކާތެރިކޮށް ދިނުމަށް އެހީތެރިވުމުގެ ގޮތުން ހަނިމާދޫ ކައުންސިލުން ފޭސް މާސްކު ބަހަން ފަށައިފިއެވެ. އިއްޔެ ހަނިމާދޫގައި މާސްކު ބަހަން ފަށާފައިވާއިރު، އިއްޔެ ވަނީ 700 ފޭސް މާސްކު ބަހާފައި ކަމަށް ހަނިމާދޫ ކައުންސިލުން ބުންޏެވެ. އެ ކައުންސިލުން ބުނީ މާސްކު ބަހަން ނިންމީ ގެސްޓް ހައުސްތައް ވެސް ހުޅުވުމާއިއެކު އެރަށަށް ފަތުރުވެރިން ވެސް އަންނަން ފަށާފައިވާތީއާއި ވެސް އެކުގައި ކަމަށެވެ. ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުއްސަލާމް ޢަލީ ”ތިލަދުން” އަށް ވިދާޅުވީ، […]