މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހަނިމާދޫ ކައުންސިލް

133 Stories filed
ހަނިމާދޫ ޖަވާހިރުލް ޤުރުއާން މުބާރާތް ފަށައިފި
Thiladhunmathi News

ހަނިމާދޫ ޖަވާހިރުލް ޤުރުއާން މުބާރާތް ފަށައިފި

ހދ.ހަނިމާދޫ ކައުންސިލްގެ “ޖަވާހިރުލް ޤުރުއާން މުބާރާތް 1445” ފަށައިފިއެވެ. މި މުބާރާތުގެ ކިޔެވުން ފަށާފައި ވަނީ މި މަހު 27 ވަނަ ދުވަހު ހަނިމާދޫ އިޖްތިމާއީ މަރުކަޒުގައެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މި މަހުގެ 29 ވާ ހޮނިހިރު ދުވހަގެ ރެއެވެ. މި މުބާރާތުގައި 67 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގައި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމާއި، ޤުރުއާނަށް ދަރިވަރުންގެ ހިތުގައި ލޯބިޖެއްސުމުގެ އިތުރުން ޤުރުއާން ހިތުދަސްކުރަން […]

ފަތުރުވެރިކަމަށް ހަނިމާދޫއިން 10000 އަކަފޫޓުގެ 4 ބިން ދޫކުރަނީ
Thiladhunmathi News

ފަތުރުވެރިކަމަށް ހަނިމާދޫއިން 10000 އަކަފޫޓުގެ 4 ބިން ދޫކުރަނީ

ހދ. ހަނިމާދޫގައި ލޯކަލް ޓްއަރިޒަމް އިތުރަށް ފުޅާކުރުމުގެ ގޮތުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ފަތުރުވެރިކަމުގެ ވިޔަފާރިއަށް ހަނިމާދޫއިން ދޫކުރަން ނިންމާފައި ވަނީ 10000 (ދިހަހާސް) އަކަފޫޓުގެ 4 ބިމެކެވެ. މި ބިންތައް ދޫކުރަނީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ. މި ބިންތަކުގެ ސްކޭލަކީ ދިގުމިނުގައި 125 ފޫޓް އަދި ފުޅާމިނުގައި 80 ފޫޓެވެ. މި ބިންތައް ދޫކުރަން ނިންމާފައި ވަނީ މިހާރު އެ ރަށުގެ އުތުރު ކޮޅުގައި ހިންގަމުން […]

ފަތުރުވެރިކަމުގެ ވިޔަފާރިއަށް ހަނިމާދޫއިން 50 އަހަރަށް ބިން ދޫކުރަނީ
Thiladhunmathi News

ފަތުރުވެރިކަމުގެ ވިޔަފާރިއަށް ހަނިމާދޫއިން 50 އަހަރަށް ބިން ދޫކުރަނީ

ހަނިމާދޫގައި ލޯކަލް ޓްއަރިޒަމް އިތުރަށް ފުޅާކުރުމުގެ ގޮތުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ފަތުރުވެރިކަމުގެ ވިޔަފާރިއަށް ހަނިމާދޫއިން ދޫކުރަން ނިންމާފައި ވަނީ 5000 (ފަސްހާސް) އަކަފޫޓުގެ 14 ބިމެކެވެ. މި ބިންތައް ދޫކުރަނީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ. މި ބިންތަކުގެ ތެރެއިން އަށް ބިމެއް ދޫކުރަން ނިންމާފައި ވަނީ އެ ރަށުގެ އުތުރުކޮޅުގައި މިހާރު ހިންގަމުން އަންނަ ސިޓީ ހޮޓަލުގެ އުތުރުން ހުސްކޮށް އޮތް ސަރަހައްދުންނެވެ. ރަށުގެ ދެކުނު...

މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތް ކުރުމަށް ހަނިމާދޫއިން ބިން ދޫކުރަނީ
Thiladhunmathi News

މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތް ކުރުމަށް ހަނިމާދޫއިން ބިން ދޫކުރަނީ

މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތް ކުރުމަށް ހދ.ހަނިމާދޫއިން ދިގުމުއްދަތަށް ބިން ދޫކުރަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތް ކުރުމަށް އެ ރަށުން ދޫކުރަން ހަމަޖެހިފައި ވަނީ 5000 (ފަސްހާސް) އަކަފޫޓުގެ 7 ބިމެވެ. މި ބިންތައް ދޫކުރަނީ 15 އަހަރު ދުވަހުގެ މުއްދަތަށެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އޭޕްރިލް މަހުގެ 24 ވަނަ ދުވަހުގެ 10:30 ގައި […]

ދަނޑުވެރިކަމާއި ބެހޭ ވަޒީރު ހަނިމާދޫ ކައުންސިލާއި ބައްދަލު ކުރައްވައިފި
Thiladhunmathi News

ދަނޑުވެރިކަމާއި ބެހޭ ވަޒީރު ހަނިމާދޫ ކައުންސިލާއި ބައްދަލު ކުރައްވައިފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ.އައިޝަތު ރަމީލާ ހަނިމާދޫ ކައުންސިލާއި ބައްދަލު ކުރައްވައިފިއެވެ. ވަޒީރު ހަނިމާދޫ ކައުންސިލާއި ބައްދަލު ކުރައްވާފައި މިވަނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ވާޓިކަލް ފާމިން ޕައިލެޓް ޕްރޮޖެކްޓް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް އެ ރަށަށް އިއްޔެ ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ ހަނިމާދޫ ކައުންސިލް އިދާރާގައެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ހަނިމާ...

ހަނިމާދޫ ދަނޑުބިން ތަކުގައި ކުނި ނޭންދުމަށް އަންގައިފި
Thiladhunmathi News

ހަނިމާދޫ ދަނޑުބިން ތަކުގައި ކުނި ނޭންދުމަށް އަންގައިފި

ހދ. ހަނިމާދޫގައި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ދަނޑުބިންތަކުގައި ކުނި ނޭންދުމަށް އެ ރަށު ކައުންސިލުން އަންގައިފިއެވެ. ކައުންސިލުން ބުނީ މިހާރު ދޫކުރެވިފައިވާ ދަނޑުބިންތައް ލިބިފައިވާ ފަރާތްތަކުން ދަނޑުބިންތަކުގައި ވަރަށް ގިނަ އަދަދަކަށް ކުނިއަންދަމުން ދާތީ އަރާ ދުމުގެ ސަބަބުން އެ ރަށު ސިއްހީ މަރުކަޒުގައި އެޑްމިޓް ކޮށްފައިތިބޭ ހާލުބޮޑު ބަލިމީހުންނަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށެވެ. މީގެ އިތުރުން މުޅި އެ ސަރަހައްދަށް ދުން ފެތުރުމުގެ ސަބަބުން އާންމުކޮށް ހުރިހާ ފަރާތްތަކަށް އެކަމުގެ އުނދަގޫ ތަހަންމ...

ހަނިމާދޫގައި އަޅަން ނިންމި މަލްޓިޕާޕަސް ލެބޯޓްރީ ފުވައްމުލަކަށް ބަދަލުކޮށްފި
Thiladhunmathi News

ހަނިމާދޫގައި އަޅަން ނިންމި މަލްޓިޕާޕަސް ލެބޯޓްރީ ފުވައްމުލަކަށް ބަދަލުކޮށްފި

ހދ.ހަނިމާދޫގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން އަޅަން ނިންމި މަލްޓިޕާޕަސް ލެބޯޓްރީ، އެ ރަށު ކައުންސިލުގެ އެއްބާރުލުން ނުލިބުނުކަމަށް ބުނެ ފުވައްމުލަކުގައި އަޅަން މިނިސްޓްރީން ނިންމައިފިއެވެ. މިކަމާއި ގުޅިގެން އިއްޔެ އެ މިނިސްޓްރީން ހަނިމާދޫ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ މިނިސްޓްރީން ހަނިމާދޫގައި ހިންގަމުން ގެންދާ އެގްރިކަލްޗަރ ސެންޓަރުގެ ބިމުގެ ސަރަހައްދުން ބޮޑު ބައެއް ކައުންސިލުން ނަގަން ނިންމާފައިވާތީ، އެތަނުގައި ގާއިމް ކުރުމަށް މިނިސްޓްރީން ނިންމި...

ހަނިމާދޫ ކައުންސިލުން އެރަށު ކޮންމެ މަސްވެރި އުޅަނދަކަށް 5000ރ.ގެ ކޫޕަނެއް
Thiladhunmathi News

ހަނިމާދޫ ކައުންސިލުން އެރަށު ކޮންމެ މަސްވެރި އުޅަނދަކަށް 5000ރ.ގެ ކޫޕަނެއް

ހަނިމާދޫ ކައުންސިލުން އެރަށު ކޮންމެ ކަނޑުމަހުގެ މަސްވެރި އުޅަނދަކަށް 5000ރ.ގެ ކޫޕަނެއް ދީފިއެވެ.   ހަނިމާދޫ ކައުންސިލުން މި ކޫޕަންތައް އެރަށުގެ ކަނޑުމަހުގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ދީފައި ވަނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެރަށުގެ މަސްވެރިންނަށް ދިން ޚާއްޞަ ޖާފަތެއްގައެވެ. މި ދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި މި ޖާފަތުގައި އެރަށުގެ ގިނަ މަސްވެރިން ބައިވެރިވެފައިވާ ކަމަށް ހަނިމާދޫ ކައުންސިލްގައި މަސްވެރިކަމުގެ ދާއިރާ ބަލަހައްޓާ ކައުންސިލް މެންބަރު ހާރިސާ މުހައްމަދު ‘’ތިލަދުން’...

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކުރާއިރު ވިހަ މާއްދާތައް ބޭރުވާތީ މާސްކު އަޅަން އިލްތިމާސްކޮށްފި
Thiladhunmathi News

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކުރާއިރު ވިހަ މާއްދާތައް ބޭރުވާތީ މާސްކު އަޅަން އިލްތިމާސްކޮށްފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް ކުރާއިރު ވިހަ މާއްދާތައް ބޭރުވާތީ، އެއާޕޯޓަށް ދާ އެންމެހާ ފަރާތްތަކުން މާސްކް އެޅުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ އަމަލީ މަސައްކަތް އިންޑިއާގެ ޖޭއެމްސީ ކުންފުނިން ކުރަމުން އަންނައިރު، އެ ޕްރޮޖެކްޓްގެ ގިނަ މަސައްކަތްތައް ކުރަމުން އަންނަ ސައިޓްތައް ހުންނަނީ އެ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދާދި ކައިރީގައެވެ. ހިލައާއި ހިލެވެއްޔާއި ސިމެންތި ބޭނުން ކޮށްގެން ކުރާ ބައެއް މަސައްކަތްތަކުގެ އިތުރ...

ހަނިމާދޫގައި "އިންޑިއާ އައުޓް" ބެނާ ދެމުމަށް ކައުންސިލުން ފާހެއްނުވި
Raajje

ހަނިމާދޫގައި "އިންޑިއާ އައުޓް" ބެނާ ދެމުމަށް ކައުންސިލުން ފާހެއްނުވި

މިހާރު އޮތް ސަރުކާރަށް އެއްބާރުލުން ދިނުމުގެ ގޮތުން ހދ.ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އެ ރަށުގެ ހުރިހާ މަގެއްގައި “އިންޑިއާ އައުޓް” ބެނާ ދެމުމަށް ކައުންސިލަށް ހުށަހަޅައިފިއެވެ. ހަނިމާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 117 ވަނަ އާންމު ބައްދަލުވުގެ އެޖެންޑާ ފާސްކޮށްފައިވާއިރު، އެޖެންޑާގައި ކައުންސިލު މެމްބަރު އަލީ އިބްރާހީމް ހުށައަޅުއްވާފައި އޮތީ ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް މި ސަރުކާރަށް އެއްބާރުލުންދީ ވައުދުފުއްދުމަށް އެހީތެރިވުމުގެ ގޮތުން ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން ބޭލ...

ހަނިމާދޫ ކައުންސިލް ޤުރުއާން ކްލާހުގައި އަންނަ ހަފްތާގައި ކިޔަވައިދޭން ފަށަނީ
Thiladhunmathi News

ހަނިމާދޫ ކައުންސިލް ޤުރުއާން ކްލާހުގައި އަންނަ ހަފްތާގައި ކިޔަވައިދޭން ފަށަނީ

ހދ. ހަނިމާދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ފެށުމަށް ހަމަޖެހިފައިވާ ޤުރުއާން ކްލާހުގައި އަންނަ ހަފްތާގައި ކިޔަވައިދޭން ފަށަން ނިންމައިފިއެވެ. ހަނިމާދޫ ކައުންސިލްގެ ޤުރުއާން ކުލާސް ހިންގުމަށް އެ ކައުންސިލާއި ހދ.ނޮޅިވަރަމް، ގުލްހަޒާރުގެ އައިމިނަތު ހުސެއިންއާއި އެކު މިއަދު ވަނީ އެގްރިމެންޓްގައި ސޮއި ކޮށްފައެވެ. ހަނިމާދޫ ކައުންސިލުން މިދިޔަ އޮކްޓޯބަރ މަހު މި ކްލާހަށް ބައިވެރިން ހޯދަން އިއުލާން ކުރިއިރު، އެ ފުރުޞަތުގެ ދަށުން 91 ދަރިވަރުން ވަނީ ކްލާހުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހަޅާފައެ...

ހަނިމާދޫ ކައުންސިލުގެ ޤުރުއާން ކްލާހުގައި ބައިވެރިވާން ހުޅުވާލައިފި
Raajje

ހަނިމާދޫ ކައުންސިލުގެ ޤުރުއާން ކްލާހުގައި ބައިވެރިވާން ހުޅުވާލައިފި

ހދ. ހަނިމާދޫ ކައުންސިލުގެ ގުރުއާން ކްލާހުގައި ބައިވެރިވާނެ ދަރިވަރުން ހޯދަން އިއުލާން ކޮށްފިއެވެ. އެ އިދާރާ އިން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ މިއީ އުމުރުން 4 އަހަރާއި 17 އަހަރާއި ދެމެދުގެ ދެ ޖިންސުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގުމަށް ނިންމާފައިވާ ގުރުއާން ކުލާހެއް ކަމަށެވެ. އަދި މި ކުލާހުގައި ބައިވެރިވާ ދަރިވަރުންގެ ފީ އަކީ މަހަކު 200 ރުފިޔާ ކަމަށެވެ. މި ކުލާހުގައި ބައިވެރިވާން އެދޭ ދަރިވަރުން “ޤުރްއާން ކްލާހަށް ވަނުމަށް އެދި ހުށަހަޅާ ފޯމު” ފުރިހަމަކުރުމަށް ފަހު، […]

ހަނިމާދޫ ބަނދަރާއި ޑްރައިވިން ޓްރެކް ސަރަހައްދު ފެހި ކުރުމުގެ މަސައްކަތް ކައުންސިލުން ފަށައިފި
Thiladhunmathi News

ހަނިމާދޫ ބަނދަރާއި ޑްރައިވިން ޓްރެކް ސަރަހައްދު ފެހި ކުރުމުގެ މަސައްކަތް ކައުންސިލުން ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގެ ބަނދަރާއި ޑްރައިވިން ޓްރެކް ފެހިކުރުމުގެ ގޮތުން އެ ސަރަހައްދުތަކުގައި ބޮޑެތި ގަސް އިންދުމުގެ މަސައްކަތް ކައުންސިލުން ފަށައިފިއެވެ. ހަނިމާދޫ ފެހިކުރުމުގެ ގޮތުން ރަށުގެ އެކި ސަރަހައްދުތަކުގައި 1000 ގަސް އިންދުމުގެ ޕްރޮގްރާމެއް ކައުންސިލުން ފަށާފައި ވަނީ މިދިޔަ ޖޫން މަސް ތެރޭގައެވެ. މި ޕްރޮގްރާމްގެ ދަށުން ރަށުގެ މަގުތަކާއި އަދިވެސް އެހެނިހެން ބައެއްތަންތަނުގައި ގަސް އިންދުމުގެ ހަރަކާތް އެ ކައުންސިލުގެ މުވައްޒަފުން ނުކުމެ ދޭތެރެދޭތރެއިން އަންނަނީ ކުރިއަށް ގެންދަމުނ...

ހަނިމާދޫ ކައުންސިލްގެ ރަސްމީ ލޯގޯ ބޭނުން ކުރަން ފަށައިފި
Thiladhunmathi News

ހަނިމާދޫ ކައުންސިލްގެ ރަސްމީ ލޯގޯ ބޭނުން ކުރަން ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުގެ ރަސްމީ ލޯގޯ ފާސްކޮށް އެ ލޯގޯ ރަސްމީކޮށް ބޭނުން ކުރަން ފަށައިފިއެވެ. ހަނިމާދޫގެ ލޯގޯއިން ރަމްޒުކޮށްދޭ ކަންތައްތަކަށް ބަލައިލާއިރު، މުޅި ލޯގޯއިން ފެންނަނީ ދޫންޏެއް އުދުހޭ މަންޒަރެވެ. އެކަމުން ރަމްޒުކޮށްދެނީ ހަނިމާދޫއަކީ ޒަމާނުއްސުރެ އެއާޕޯޓެއް އޮންނަ ވައިގެމަގުން ދަތުރުކުރުމުގެ ފަސޭހަކަން ލިބިފައި އޮތް ރަށެއްކަމެވެ. ހަނިމާދޫގެ ނަމުން ރަމްޒުވާފަދައިން ހަނިމާދޫއަކީ ހަނި ދިގު ރަށެކެވެ. އެކަން ރަމްޒުވެގެންދަނީ ލޯގޯގައިވާ ދޫނީގެ ހަށިގެނޑުތެރެއިން ފެންނަ ހަނ...

ހަނިމާދޫގައި އަނެއްކާވެސް ފުޓްސަލް ދަނޑެއް އަޅަނީ
Thiladhunmathi News

ހަނިމާދޫގައި އަނެއްކާވެސް ފުޓްސަލް ދަނޑެއް އަޅަނީ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި އަޅަން ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުގެ 10:30 ގައި ހަނިމާދޫ ކައުންސިލް އިދާރާގައެވެ. މި މަސައްކަތ...