މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހައްޖު/އުމްރާގެ އަޅުކަން

75 Stories filed
މިއަހަރުގެ ހައްޖު ކިއުގައި ތިބި ހުރިހާ އެންމެނަށް ވަނީ ޖާގަ ދީފައި: މިނިސްޓްރީ
Raajje

މިއަހަރުގެ ހައްޖު ކިއުގައި ތިބި ހުރިހާ އެންމެނަށް ވަނީ ޖާގަ ދީފައި: މިނިސްޓްރީ

1446 ވަނަ އަހަރު ހައްޖަށް ދެވޭނެ ކަމަށް ކިއުގައި ޖެހިފައިވާ އެންމެނަށް ވެސް މިއަހަރު ހައްޖަށް ދިޔުމަށް ޖާގަ ދީފައިވާނެކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ. އެ މިނިސްޓްރީގެ މީޑިއާ ގްރޫޕަށް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަހްސަން މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާންކުރަށްވާފައިވާގޮތަށް 1446 ވަނަ އަހަރު ހައްޖަށް ދެވޭނެ ކަމަށް ކިއުގައި ޖެހިފައިވާ އެންމެނަށް ވެސް މިއަހަރު ހައްޖަށް ދިޔުމަށް ޖާގަ ވަނީ ހަމަޖައްސައިދީފައިވާނެކަމަށެވެ. މީގެ [...

ސައޫދީން ހައްޖުގެ ސިއްހީ އިރުޝާދުތައްދޭ ކިޓެއް 8 ބަހަކުން ނެރެފި
International

ސައޫދީން ހައްޖުގެ ސިއްހީ އިރުޝާދުތައްދޭ ކިޓެއް 8 ބަހަކުން ނެރެފި

ސައޫދީ އަރަބިއްޔާގެ ހެލްތް މިނިސްޓްރީން 8 ބަހަކުން ތައްޔާރުކޮށްފައިވާ 1446 ވަނަ އަހަރުގެ ހައްޖު މޫސުމަށް ސިއްހީ ހޭލުންތެރިކުރުމުގެ ޚާއްސަ ކިޓެއް ނެރެފިއެވެ. ސައޫދީ ހެލްތް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަސައްކަތަކީ ޙައްޖު މޫސުމުގައި ޢާންމު ޞިއްޙަތާއި ބަލިތަކުން ރައްކާތެރިވުމާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އެހީތެރިވެދޭ އަދި ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ ޕްރޮގްރާމާއި ޙައްޖުވެރިންގެ ތަޖުރިބާ ރަނގަޅުކުރުމުގެ ޕްރޮގްރާމުގެ މަޤްޞަދުތަކާ އެއްގޮތްވާ މަސައްކަތެކެވެ...

ހައްޖުވެރިންގެ ޑެބިޓް ކާޑަށް އިތުރު 1750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދިނުމަށް ރައީސް އެދިވަޑައިގެންފި
Raajje

ހައްޖުވެރިންގެ ޑެބިޓް ކާޑަށް އިތުރު 1750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދިނުމަށް ރައީސް އެދިވަޑައިގެންފި

މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ހޯދައިދެއްވުމުގެ ގޮތުން، ކޮންމެ ޙައްޖުވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑަށް އިތުރު 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. ރައީސް މުޢިއްޒު މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ މީސްމީޑިއާ އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ، މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގ...

ރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމަށް ސައޫދީ ސަރުކާރުން ނިންމައިފި
Raajje

ރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމަށް ސައޫދީ ސަރުކާރުން ނިންމައިފި

1446 ވަނަ އަހަރު ދިވެހިރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމަށް ސައޫދީ އަރަބިއްޔާގެ ސަރުކާރުން ނިންމައިފިއެވެ. މިކަން ޢިއުލާން ކުރައްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ މި ނިންމުމާ ގުޅިގެން ދިވެހި ޙައްޖުވެރިންނަށް ލިބިގެންދާނެ ފަސޭހަތައް ހާމަކުރަށްވާފައެވެ. މިގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމުން ދިވެހި ހައްޖާޖީންނަށް ޖިއްދާ އެއަރޕޯޓުގެ އިމިގްރޭޝަންގައި މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވުމާއި، ލަގެޖް ސީދާ ހޮޓަލަށް ލިބުމު...

ރައުޟާ އަށް ދުވާލަކު ޒިޔާރަތްކުރެވޭ އަދަދު 52،000 އަށްވުރެ އިތުރުކޮށްފި
International

ރައުޟާ އަށް ދުވާލަކު ޒިޔާރަތްކުރެވޭ އަދަދު 52،000 އަށްވުރެ އިތުރުކޮށްފި

މަދީނާގައި ހުންނަ މުސްލިމުންގެ ދެވަނައަށް އެންމެ މުޤައްދަސް ޙަރަމް ފުޅު މަސްޖިދުއް ނަބަވީގެ ރައުޟާ އައްޝަރީފާގެ ދުވާލަކު ޒިޔާރަތްކުރެވޭ މީހުންގެ އަދަދު 52،000 އަށްވުރެ އިތުރުކޮށްފައިވާކަމަށް ސަޢޫދީ އަރަބިއްޔާގެ ޙައްޖާއި ޢުމްރާގެ ވަޒީރު ޑރ. ތައުފީޤް އަލްރަބީޢާ އިޢުލާންކުރައްވައިފިއެވެ. މި އިތުރުކުރުމަކީ ޙައްޖާއި ޢުމްރާގެ މޫސުމުގައި އިތުރުވަމުންދާ ޒިޔާރަތްތެރިންގެ އަދަދަށް ފަސޭހަކަމާއެކު ޚިދުމަތް ދިނުމަށާއި އެބޭފުޅުންގެ ރޫޙާނީ ތަޖުރިބާ އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު...

''ހައްޖު ކޯޕަރޭޝަންގެ މި އަހަރުގެ ހައްޖު ކިއުގައި ތިބި އެންމެންނަށް މިއަހަރު ހައްޖަށް ދެވޭނެ''
Raajje

''ހައްޖު ކޯޕަރޭޝަންގެ މި އަހަރުގެ ހައްޖު ކިއުގައި ތިބި އެންމެންނަށް މިއަހަރު ހައްޖަށް ދެވޭނެ''

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މި އަހަރުގެ ހައްޖު ކިއުގައި ތިބި އެންމެންނަށް މިއަހަރު ހައްޖަށް ދެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް އެ އުފާވެރި ޚަބަރުދެއްވީ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ޙައްޖު ކޯޕަރޭޝަންގެ ކިއުގައި 2025 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރަން ދިއުމަށް ތިބި އެންމެހައި ފަރާތްތަކަށް މިއަހަރު ޙައްޖަށް ދެވޭނެކަން ހާމަކުރަށްވައި ރައީސް ވަނީ މިއީ ޒަމާންތަކަކަށް ފަހު، އެ އަހަރެއްގައި ކިއުގައި ޖެހިފައިތިބި އެންމެންނަށް އެ އަހަރު […]

އަސްކޮއި އުމްރާ ގްރޫޕްގެ މައްސަލައެއް ބަލަނީ
Raajje

އަސްކޮއި އުމްރާ ގްރޫޕްގެ މައްސަލައެއް ބަލަނީ

އަސްކޮއި އުމްރާ ގްރޫޕްގެ މައްސަލައެއް ސަމާލުކަމަށް އައިސްގެން ބަލަމުން އަންނަކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވެފައި ވަނީ އަސްކޮއި ޖަމާޢާތުގެ މައްސަލަ ވަނީ އިސްލާމިކް ނިސްޓްރީގެ ސަމާލުކަމަށް އައިސްފައި ކަމަށެވެ. އެހެންވެ އެ މިނިސްޓްރީގެ ކަމާ ބެހޭ ޔުނިޓްގެ ފަރާތުން މައްސަލަ ބަލަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ”އުމްރާއަށް މީހުން ގެންދިއުމުގެ ޤަވާޢިދާ ޚިލާފްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅ...

ރޯދަ އުމުރާއަށް ދާ އުމުރާވެރިންގެ ކާޑު ލިމިޓަށް 1500 ޑޮލަރު އިތުރުކުރަނީ
Raajje

ރޯދަ އުމުރާއަށް ދާ އުމުރާވެރިންގެ ކާޑު ލިމިޓަށް 1500 ޑޮލަރު އިތުރުކުރަނީ

1446 ވަނަ އަހަރުގެ ރަމަޟާން އުމުރާއަށް ދާ ކޮންމެ ދިވެހި އުމުރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑު ލިމިޓަށް 1500 ޑޮލަރު އިތުރުކުރަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އަންގަވައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކުރަށްވައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވީ، 1446 ވަނަ އަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ދާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެގޮތުން، ބީއެމްއެލް ޑެބިޓް […]

މަޝްއަރު ކުންފުނީގެ ވެރިޔާގެ މައްޗަށް ހަތް ދަޢުވާއެއް
Raajje

މަޝްއަރު ކުންފުނީގެ ވެރިޔާގެ މައްޗަށް ހަތް ދަޢުވާއެއް

އުމުރާ ދަތުރުތަކަށް މީހުން ގެންދާނެ ކަމަށް ބުނެ މީހުންގެ ފައިސާ ނަގައި މަކަރާއި ހީލަތް ހަދައި، ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައެއްގައި މަޝްއަރު ގްރޫޕުގެ ވެރިޔާ އަލީ ފާރިޝްގެ މައްޗަށް ހަތް ދަޢުވާއެއް އުފުލައިފިއެވެ. މި ދަޢުވާތައް އުފުލިކަން ހާމަކޮށް ޕީޖީ އޮފީހުން މިއަދު ބުނީ މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫފްއިން އުމްރާއަށް ގެންގޮސްދޭނެކަމަށް ބުނެ މީހުން އަތުން ފައިސާ ނަގާ އެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދަޢުވާ ކުރުމަށް މިއަދު (5 ފެބްރުވަރީ 2025) […]

މަޝްއަރު އުމްރާ ގްރޫޕުގެ ވެރިޔާގެ މައްޗަށް ދައުވާ ކޮށްދޭން އެދިއްޖެ
Raajje

މަޝްއަރު އުމްރާ ގްރޫޕުގެ ވެރިޔާގެ މައްޗަށް ދައުވާ ކޮށްދޭން އެދިއްޖެ

އުމުރާ ދަތުރުތަކަށް މީހުން ގެންދާނެ ކަމަށް ބުނެ މީހުންގެ ފައިސާ ނަގައި މަކަރާއި ހީލަތް ހަދައި، ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައެއްގައި މަޝްއަރު ގްރޫޕުގެ ވެރިޔާ އަލީ ފާރިޝްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ހުށަހަޅައިފިއެވެ. ފުލުހުން މިއަދު ބުނީ، އުމުރާ ދަތުރުތަކަށް މީހުން ގެންދާނެ ކަމަށް ބުނެ 27 މީހުންގެ އަތުން 500،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ނަގައި މަކަރާއި ހީލަތް ހަދައި، ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައެއްގައި މަޝްއަރު ގްރޫޕުގެ ވެރިޔާ އަލީ ފާރިޝްގެ މައްޗަށް […]

ހައްޖާޖީން ބަލައި އެއާޕޯޓަށް ދާއިރު ވީހާ ވެސް މަދުން މީހުން ދިޔުމަށް އެދިއްޖެ
Raajje

ހައްޖާޖީން ބަލައި އެއާޕޯޓަށް ދާއިރު ވީހާ ވެސް މަދުން މީހުން ދިޔުމަށް އެދިއްޖެ

ހައްޖުގެ މަތިވެރި އަޅުކަމަށްފަހު އަންނަ ހައްޖާޖީން ބަލައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދާއިރު ވީހާ ވެސް މަދުން މީހުން ދިޔުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ. މިގޮތުން އެޗްޕީއޭއިން ވަނީ ހައްޖާޖީން ބަލައި އެއާޕޯޓަށް ދާ މީހުން ސަމާލުކަން ދޭންވީ ބައެއް ކަންކަން ފާހަގަކޮށް، އެކަންކަމަށް ޢަމަލުކޮށްދިނުމަށް އެދި އިލްތިމާސްކޮށްފައެވެ. ހައްޖާޖީން ބަލައި އެއާޕޯޓަށް ދާ މީހުން ސަމާލުކަން ދޭންވީ ކަންކަމުގެ ތެރޭގައި އެޗްޕީއޭއިން ފާހަގަކޮށްފައިވާ އެއްކަމަކީ، އެއާޕޯ...

ހުރިހާ ހައްޖާޖީން ވެސް ޓްރެވެލް ވެކްސިން ފުރިހަމަކުރި: ހައްޖު ކޯޕަރޭޝަން
Raajje

ހުރިހާ ހައްޖާޖީން ވެސް ޓްރެވެލް ވެކްސިން ފުރިހަމަކުރި: ހައްޖު ކޯޕަރޭޝަން

ރާއްޖެއިން މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދިޔަ ހުރިހާ ހައްޖާޖީން ވެސް ރާއްޖެ އައީ ޓްރެވެލް ވެކްސިން ފުރިހަމަކޮށްގެން ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ. ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން މިއަހަރު 1150 މީހަކު ވަނީ ހައްޖުގެ އަޅުކަން ފުރިހަމަކޮށްފައެވެ. ހައްޖުގެ އަޅުކަމަށްފަހު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު އާރިފް (ބަކާ) ވަނީ ހާލު ސީރިއަސްވެ، އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އިއްޔެ ނިޔާވެފައެވެ. ބަކާ ނިޔާ...

ބަކާ ނިޔާވީ ރާއްޖެ އިން އަލަށް ފެނުނު މެނިންގޯކޮކަލް ބަލި ޖެހިގެން!
Raajje

ބަކާ ނިޔާވީ ރާއްޖެ އިން އަލަށް ފެނުނު މެނިންގޯކޮކަލް ބަލި ޖެހިގެން!

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު އާރިފް (ބަކާ) ނިޔާވީ ރާއްޖެ އިން އަލަށް ފެނުނު، ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގައި ކަން އެނގިއްޖެއެވެ. މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެއެވެ. އެކަމަކު، އެޗްޕީއޭގެ އޮފިޝަލަކު ޔަގީންކޮށް ދެއްވި ގޮތުގައި އެ ބަލި ޖެހިފައި ހުރި މީހަކު މިހާރު ވަނީ ފެނިފައެވެ. އަދި ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް […]

ދިވެހި ހައްޖާޖީން އަންނަ ފުރަތަމަ ފްލައިޓް ސައޫދީން ފުރައިފި
Raajje

ދިވެހި ހައްޖާޖީން އަންނަ ފުރަތަމަ ފްލައިޓް ސައޫދީން ފުރައިފި

ހައްޖުގެ މަތިވެރި އަޅުކަމަށް ސައޫދީއަރަބިއްޔާ އަށް މިއަހަރު ދިޔަ ދިވެހި ހައްޖާޖީން އަންނަ ފުރަތަމަ ފްލައިޓް ސައޫދީން ފުރައިފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ، ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް މިއަދު ރާއްޖެ އަންނާނެ ކަމަށާއި، އެ ފްލައިޓް ރާއްޖެ ގަޑިން މިއަދު ހެނދުނު 7:55 ގައި ސައޫދީން ފުރާފައިވާ ކަމަށެވެ. 1445 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމަށް 1150 ދިވެހިން ގޮސްފައިވާއިރު، މިއަދުގެ ފްލައިޓްގައި އޭގެތެރެއިން 296 ހައްޖާޖީން ރާއްޖެ އަންނާނެއެވެ. ހައްޖުވެރިން ސައޫދީ އަށް ގޮސްފައ...

ހޫނު ގަދަވުމުގެ ސަަބަބުން 1300 އަށް ވުރެ ގިނަ ހައްޖާޖީން ނިޔާވެއްޖެ
Raajje

ހޫނު ގަދަވުމުގެ ސަަބަބުން 1300 އަށް ވުރެ ގިނަ ހައްޖާޖީން ނިޔާވެއްޖެ

ޙައްޖުގެ މަތިވެރި އަޅުކަމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން މިއަހަރުވެސް ގާތްގަނޑަކަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން މައްކާއަށް ގޮސްފައިވާއިރު، ހޫނު ގަދަވުމުގެ ސަބަބުން މިއަހަރު ހައްޖުގެ އަޅުކަމުގައި 1300 އަށް ވުރެ ގިނަ މީހުން ނިޔާވެއްޖެއެވެ. ސައޫދީ ކަމާބެހޭ ފަރާތްްތަކުން ހާމަކުރާގޮތުގައި މި އަހަރުގެ ހައްޖުގެ އަޅުކަމަށް އެ ޤައުމަށް ދިޔަ މީހުންގެ ތެރެއިން މިހާތަނަށް 1301 މީހުން ވަނީ ނިޔާވެފައެވެ. އޭގެ ތެރެއިން 83 އިންސައްތަ މީހުންނަކީ ރަސްމީ ހުއްދަނެތި މައްކާ އަށް ދިޔަ މީހުންކަން […]