ސައޫދީ އަރަބިއްޔާގެ ހެލްތް މިނިސްޓްރީން 8 ބަހަކުން ތައްޔާރުކޮށްފައިވާ 1446 ވަނަ އަހަރުގެ ހައްޖު މޫސުމަށް ސިއްހީ ހޭލުންތެރިކުރުމުގެ ޚާއްސަ ކިޓެއް ނެރެފިއެވެ.

ސައޫދީ ހެލްތް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަސައްކަތަކީ ޙައްޖު މޫސުމުގައި ޢާންމު ޞިއްޙަތާއި ބަލިތަކުން ރައްކާތެރިވުމާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އެހީތެރިވެދޭ އަދި ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ ޕްރޮގްރާމާއި ޙައްޖުވެރިންގެ ތަޖުރިބާ ރަނގަޅުކުރުމުގެ ޕްރޮގްރާމުގެ މަޤްޞަދުތަކާ އެއްގޮތްވާ މަސައްކަތެކެވެ.

Ad
rt

މި ކިޓުގައި ހިމެނެނީ 8 ބަހަކުން ވަނީ މައުލޫމާތު ހިމެނާފައެވެ. އެ ބަސްތަކަކީ ޢަރަބި، އިނގިރޭސި، ފަރަންސޭސި، އުރުދޫ، ފާރިސީ، އިންޑޮނޭޝިއާ، މެލޭ އަދި ތުރުކީ ބަހެވެ. މި ކިޓްގައި މި އަށް ބަހުން ވަނީ ޞިއްޙީ އިރުޝާދުތައް ހިމަނާފައެވެ.

ދުނިޔިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ޙައްޖުވެރިންނަށް ފަސޭހައިން ލިބޭނެގޮތް ހެދުމަށްޓަކައި ނެރުނު މި ކިޓަކީ ވަރަށް ފުރިހަމަ މައުލޫމާތުގެ މައްޗަށް އެކުލެވޭ ކިޓެކެވެ.

މި ކިޓުގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި ހޫނުގަދަވުމުން ސަލާމަތްވުމަށް ދީފައިވާ އިރުޝާދުތައް ހިމެނެއެވެ. މީގެ ތެރޭގައި ސީދާ އިރުގެ އަލިކަމުން ސަލާމަތްވުމަށް ހިޔާ ބޭނުންކުރުމާއި އަދި ގަވާއިދުން ފެންބުއިމުގެ މުހިންމުކަން ހިމެނެއެވެ. މީގެ މަޤްޞަދަކީ ޙައްޖުވެރިންނަށް ރަނގަޅު ޞިއްޙަތެއްގައި އަދި ހިތްހަމަޖެހުމާއެކު އެމީހުންގެ އަޅުކަންތައް އަދާކުރެވޭނެކަން ޔަޤީންކޮށްދިނުންކަމަށް ސައޫދީ ހެލްތް މިނިސްޓްރީން ބުނެފަވެއެވެ.

ލިޔެކިޔުމުގެ އިތުރުން، މި ކިޓުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ވީޑިއޯތަކާއި، ސޯޝަލް މީޑިއާގައި ޝާއިޢުކުރެވޭ ޕޯސްޓުތަކާއި، އަދި ޞިއްޙަތަށް ފައިދާހުރި އާދަތަކާއި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ކުރިއެރުވުމަށް ޕްރިންޓްކުރެވޭ ތަޢުލީމީ ވަސީލަތްތައް ހިމެނެއެވެ. މި ތަކެތި ފަރުމާކުރެވިފައިވަނީ ޞިއްޙީ ނުރައްކާތައް މަދުކޮށް އަދި އެންމެ ރައްކާތެރި ޙައްޖު އަދާކުރެވޭނެ މާޙައުލެއް އުފެއްދުމަށެވެ.

ސައުދީ ހެލްތް މިނިސްޓްރީން ވަނީ ޙައްޖުވެރިންނާއި ޙައްޖުގެ މަސައްކަތުގައި އުޅޭ މީހުންނަށް މި ކިޓު ޑައުންލޯޑުކޮށް އޭޭގެ މަޢުލޫމާތުން ފައިދާ ހޯދުމަށް ހިތްވަރުދީފައެވެ.