މަދަދުވެނި 4.0 ޔޫތު ކްލައިމެޓް އިނޮވޭޝަން ޗެލެންޖް ކުޅުދުއްފުށީގައި ބާރުސްޕީޑުގައި ކުރިއަށް
ދިވެހި ރެޑް ކްރެސެންޓް (އެމް.އާރް.ސީ) އިން އިންތިޒާމުކޮށްގެން ކުޅުދުއްފުށި ސިޓީގައި ބާއްވާ “މަދަދުވެނި 4.0 ޔޫތު ކްލައިމެޓް އިނޮވޭޝަން ޗެލެންޖް” ވަރަށް ބާރުމިނުގައި ކުރިއަށް އެބަދެއެވެ. މި ކެމްޕުގެ ހަތަރުވަނަ ދުވަހަށް ވާސިލުވިއިރު، ބައިވެރިވާ ހަތަރު ޓީމަކުން ދަނީ މިހާތަނަށް ދަސްކުރި ކަންތައްތައް އަމަލީ މަސައްކަތަށް ބަދަލުކުރަމުންނެވެ. އެމް.އާރް.ސީން ބުނިގޮތުގައި ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި، ބައިވެރިން ވަނީ މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމާއި، ކާރިސާތަކުން ރައްކާތެރިވުމާއި، ދިރުންތަކުގެ މުއ...