ކުޅުދުއްފުށީގެ ޑަބްލިޔުޑީސީ ނެޓްބޯލް ޗެލެންޖް ރާވާ ހިންގަން ޓީމް ބިއާރޑް އަށް
ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ ”ޑަބްލިޔު.ޑީ.ސީ ނެޓްބޯލް ޗެލެންޖް 2026″ ރާވާ ހިންގަން ޓީމް ބިއާރޑް އާއި ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި މުބާރާތް ހިންގުމުގެ އެއްބަސްވުމުގައި ޑަބްލިޔުޑީސީގެ ފަރާތުން ސޮއިކުރެއްވީ ރައީސާ އައިމިނަތު އިބްރާހީމެވެ. ޓީމް ބިއާރޑްގެ ފަރާތުން ސޮައިކުރެއްވީ އަހްމަދު އާސިފެވެ. 25 ދުވަހަށް ވެވުނު މި އެއްބަސްވުމުގެ އަގަކީ 143,640.00 ރުފިޔާއެވެ. މި މުބާރާތުގައި ހޮވާ ވަނަތަކުގެ ތ...