މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހދ. ކުޅުދުއްފުށި ސިޓީ

1,138 Stories filed
ކުޅުދުއްފުށި ސިޓީ ޑަބްލިޔުޑީސީގެ އައު ލޯގޯ ފަރުމާކޮށްގެން 10,000ރ. ހޯދުމުގެ ފުރުސަތު 
Thiladhunmathi News

ކުޅުދުއްފުށި ސިޓީ ޑަބްލިޔުޑީސީގެ އައު ލޯގޯ ފަރުމާކޮށްގެން 10,000ރ. ހޯދުމުގެ ފުރުސަތު 

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ އައު ލޯގޯ ފަރުމާކުރުމުގެ ފުރުސަތު ރާއްޖޭގެ ފަރުމާވެރިންނަށާއި ކުރެހުންތެރިންނަށް މިއަދު ހުޅުވާލައިފިއެވެ. މި ލޯގޯ ފަރުމާކޮށްގެން އެއްވަނައަށް ހޮވޭ ލޯގޯ ހުށަހެޅި ފަރާތަކަށް އިނާމެއްގެ ގޮތުގައި 10,000 (ދިހަހާސް) ދިވެހި ރުފިޔާ ދިނުމަށް ކުޅުދުއްފުށި ސިޓީ ޑަބްލިޔުޑީސީން ވަނީ ނިންމާފައެވެ. މި ފުރުސަތަކީ ރާއްޖޭގެ އުފެއްދުންތެރި ފަރުމާވެރިންނާއި، ކުރެހުންތެރިންނާއި، ޑިޒައިނަރުންގެ އިތުރުން ރެޖިސްޓްރީކޮށްފައިވާ ވިޔަފާރިތަ...

އީއާރުގެ ފްރެޝްއެއަރ ސިސްޓަމްގެ މަސައްކަތް ނިމެންދެން ފިނިހޫނުމިނަށް ބަދަލު އަތުވެދާނެ: ކޭއާރުއެޗު
Thiladhunmathi News

އީއާރުގެ ފްރެޝްއެއަރ ސިސްޓަމްގެ މަސައްކަތް ނިމެންދެން ފިނިހޫނުމިނަށް ބަދަލު އަތުވެދާނެ: ކޭއާރުއެޗު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ގެ އިމަޖެންސީ ރޫމް (އީ.އާރު) ގެ ފްރެޝްއެއަރ ސިސްޓަމް ރިލޮކޭޓް ކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާތީ، އެ ތަނުގެ ފިނިހޫނުމިނަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ކޭއާރުއެޗުން މިއަދު ބުނެފައިވަނީ، އެ ހޮސްޕިޓަލްގެ އީ.އާރުގެ ފްރެޝްއެއަރ ސިސްޓަމްގެ ރިލޮކޭޝަން މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށާއި، މަސައްކަތް އެއްކޮށް ނިމެންދެން އީ.އާރުގެ ފިނިހޫނުމިނުގެ ތަފ...

ކުޅުދުއްފުށި ސިޓީ ޕޮލިހުގެ ބެލުމުގެ ދަށުގައި އޮތް ފިޔާ ބަސްތާއެއްގެ ވެރިފަރާތް ހޯދަނީ
Thiladhunmathi News

ކުޅުދުއްފުށި ސިޓީ ޕޮލިހުގެ ބެލުމުގެ ދަށުގައި އޮތް ފިޔާ ބަސްތާއެއްގެ ވެރިފަރާތް ހޯދަނީ

ކުޅުދުއްފުށި ސިޓީ ޕޮލިހުގެ ބެލުމުގެ ދަށުގައި އޮތް ފިޔާ ބަސްތާއެއްގެ ވެރިފަރާތުން ތިން ދުވަހުގެ ތެރޭގައި އެއާއި ހަވާލުވުމަށް ކުޅުދުއްފުށީ ސިޓީ ޕޮލިހުން އެދިއްޖެއެވެ. ކުޅުދުއްފުށި ސިޓީ ޕޮލިހުގެ ފޭސްބުކް ޕޭޖުގައި ފިޔާ ބަސްތާއެއްގެ ފޮޓޯ ހިއްސާކުރަމުން ބުނެފައިވާ ގޮތުގައި، މި ފިޔާ ބަސްތާއަކީ އެ ސިޓީ ޕޮލިހަށް ހުށަހެޅުނު ރިޕޯޓަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އެއްޗެއްކަމަށެވެ. މި ފިޔާ ބަސްތާގެ ވެރިފަރާތުން 3 ދުވަހުގެ ތެރޭގައި ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ނަންބަރު 9791382 […]

ކުޅުދުއްފުށީ ޕޯޓުގައި ނުރައްކާތެރި ހާދިސާއެއް، ދޯންޏާއި ކޮންޓެއިނަރަށް ބޮޑެތި ގެއްލުންތަކެއް!
Thiladhunmathi News

ކުޅުދުއްފުށީ ޕޯޓުގައި ނުރައްކާތެރި ހާދިސާއެއް، ދޯންޏާއި ކޮންޓެއިނަރަށް ބޮޑެތި ގެއްލުންތަކެއް!

ހދ. ކުޅުދުއްފުށީ ޕޯޓުގައި މުދާ ކްލިއާ ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ދޯންޏަކަށް ކޮންޓެއިނަރެއް ވެއްޓި ނުރައްކާތެރި ހާދިސާއެއް ހިނގައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ކުޅުދުއްފުށީ ޕޯޓުގައި ކެރޭނެއް ބޭނުންކޮށްގެން ދޯންޏަކަށް ކޮންޓެއިނަރެއް ބަރުކުރުމުގެ ތެރޭގައި ކެރޭނުގެ ވައު ކަނޑައިގެން ދިއުމުގެ ސަބަބުންނެވެ. ނަމަވެސް އެމްޕީއެލް އިން ބުނެފައިވަނީ މިއީ ބާޖް ހޭންޑްލަރެއް ބޭނުންކޮށްގެން ދޯންޏަކުން ކޮންޓެއިނަރެއް ބާލަން އުޅުމުގެ ތެރޭގައި ހިނގި އެކް...

ކުޅުދުއްފުށީގައި ކޮމިއުނިޓީ ބޭސްޑް އާލީ ވޯނިން ސިސްޓަމާ ގުޅޭ މަސައްކަތު ބައްދަލުވުމެއް
Thiladhunmathi News

ކުޅުދުއްފުށީގައި ކޮމިއުނިޓީ ބޭސްޑް އާލީ ވޯނިން ސިސްޓަމާ ގުޅޭ މަސައްކަތު ބައްދަލުވުމެއް

ހދ. ކުޅުދުއްފުށީ ސިޓީގައި ކޮމިއުނިޓީ ބޭސްޑް އާލީ ވޯނިން ސިސްޓަމާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. 2026 ޖޫން 7 އާއި 8 ގައި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ޔޫ.އެން.އޯ.ޑީ.ސީ ގުޅިގެން، އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މުހިންމު ދެ ދުވަހުގެ މަސައްކަތު ބައްދަލުވުން އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް މުޢާޒް ޙަލީމެވެ. އަދި ބައްދަލުވުން ނިންމަވައިދެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެވެ. މި ބައްދަލ...

ކުޅުދުއްފުށީގެ މަޝްރޫޢުތައް ހަލުވިކޮށް ނިންމައިދީ ވަޢުދު ފުއްދަވާނެކަމުގެ ޔަގީންކަން ދެއްވައިފި
Thiladhunmathi News

ކުޅުދުއްފުށީގެ މަޝްރޫޢުތައް ހަލުވިކޮށް ނިންމައިދީ ވަޢުދު ފުއްދަވާނެކަމުގެ ޔަގީންކަން ދެއްވައިފި

ކުޅުދުއްފުށި ސިޓީގައި ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ހަލުވި ސްޕީޑެއްގައި ކުރިއަށްގެންގޮސް، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވާފައިވާ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ފަރުހަތު މުޙައްމަދު (ފަރޭ) ވިދާޅުވެއްޖެއެވެ. މެންބަރު ފަރުހަތު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، މި ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވީ 20 މޭ 2026 ވީ ބުދަ ދުވަހު އެމަނިކުފާނާއެކ...

ކުޅުދުއްފުށީގައި ހައިޑްރޯޕޯނިކްސް އާއި ވަރޓިކަލް ފާމިންގެ ތަމްރީނެއް
Thiladhunmathi News

ކުޅުދުއްފުށީގައި ހައިޑްރޯޕޯނިކްސް އާއި ވަރޓިކަލް ފާމިންގެ ތަމްރީނެއް

ކުޅުދުއްފުށި ސިޓީގެ ގޭބިސީތަކުގައި އަމިއްލައަށް ދަނޑުވެރިކަން ކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން، ހައިޑްރޯޕޯނިކްސް އާއި ވަރޓިކަލް ފާމިންގ ދަސްކޮށްދޭ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައި، އޭގެ ފުރަތަމަ މަރުހަލާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި ތަމްރީނު ޕްރޮގްރާމަކީ ޖުމްލަ ތިން މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ރަށުގެ ރައްޔިތުންނަށް އަމިއްލަ ގޭބިސީތަކުގައި ދަނޑުވެރި...

އައު ދައުރުގައި ވެސް ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރަކީ ރޯޒޭ
Thiladhunmathi News

އައު ދައުރުގައި ވެސް ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރަކީ ރޯޒޭ

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ނިމުނު ދައުރުގައި ވެސް އެމަގާމު ފުރުއްވެވި ޑެޕިއުޓީ މޭޔަރ އަޙްމަދު ޢަބްދުﷲ (ރޯޒޭ) ޢައްޔަނުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ ކުކުޅުދުއްފުށި ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 1 ވަނަ ޢާންމު ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރގެ މަގާމަށް ކައުންސިލަރެއް އައްޔަންކުރުމަށް އެޖެންޑަރ ކުރެވި ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޑެޕިއުޓީ މޭޔަރުކަމަށް ހުށަހެޅުނީ ރޯޒޭގެ ނަން ކަމަށެވެ. އަދި އެ ނަން ކައުންސިލް […]

ކުޅުދުއްފުށީގައި އަރުޝީފުކުރުމާއި ރެކޯޑުތައް ބެލެހެއްޓުމުގެ ތަމްރީނެއް
Thiladhunmathi News

ކުޅުދުއްފުށީގައި އަރުޝީފުކުރުމާއި ރެކޯޑުތައް ބެލެހެއްޓުމުގެ ތަމްރީނެއް

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރީ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން، އެ އިދާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވި “އަރުޝީފުކުރުމާއި ރެކޯޑުތައް ބެލެހެއްޓުމުގެ ތަމްރީނު ޕްރޮގްރާމް” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު ގުޅިގެން، 2026 މެއި 12 އިން 14 އަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ކައުންސިލްގެ ރެކޯޑުތައް ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ބައިނަލްއ...

ކުޅުދުއްފުށި ސިޓީގައި މިއުޒިއަމެއް ތަރައްޤީކުރަން ހަވާލުކޮށްފި
Thiladhunmathi News

ކުޅުދުއްފުށި ސިޓީގައި މިއުޒިއަމެއް ތަރައްޤީކުރަން ހަވާލުކޮށްފި

ހދ. ކުޅުދުއްފުށި ސިޓީގައި މިއުޒިއަމެއް ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫޢަކީ އެ ސިޓީގެ ތާރީޚާއި ސަގާފަތް ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި، މި މަސައްކަތް ހަވާލުކޮށްފައިވަނީ ގިބްސް ޕްރައިވެޓް ލިމިޓެޑް އާއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ކައުންސިލާއި އެ ކުންފުންޏާ ދެމެދު ވަނީ ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކޮށ...

ކުޅުދުއްފުށީގެ ޔޫޓިލިޓީ ޚިދުމަތްތައް ޒަމާނީކުރުމަށް ޖަޕާނުގެ ކުންފުންޏަކާއެކު މަޝްވަރާކޮށްފި
Thiladhunmathi News

ކުޅުދުއްފުށީގެ ޔޫޓިލިޓީ ޚިދުމަތްތައް ޒަމާނީކުރުމަށް ޖަޕާނުގެ ކުންފުންޏަކާއެކު މަޝްވަރާކޮށްފި

ކުޅުދުއްފުށީ ސިޓީގެ ޔޫޓިލިޓީ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ހަރުދަނާކުރުމާ ގުޅޭގޮތުން ޖަޕާނުގެ ބައިނަލްއަޤްވާމީ ތަޖުރިބާހުރި ކުންފުންޏެއް ކަމަށްވާ “ކަނެޑީވިއާ” އާއެކު ކުޅުދުއްފުށީ ސިޓީ ކައުންސިލުން މަޝްވަރާކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ “ޖީނެޓްސް ސަމިޓް” ގައި ބައިވެރިވުމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާތިފް އަދި ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އާދަމް ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިންނެވެ. މި ބައްދަލު...

ޖަޕާންގައި ބޭއްވި ''ޖީ-ނެޓްސް ލީޑާސް ސަމިޓް''ގައި ކުޅުދުއްފުށި ސިޓީގެ އަޑު އިއްވައިފި
Thiladhunmathi News

ޖަޕާންގައި ބޭއްވި ''ޖީ-ނެޓްސް ލީޑާސް ސަމިޓް''ގައި ކުޅުދުއްފުށި ސިޓީގެ އަޑު އިއްވައިފި

ޖަޕާނުގެ ޓޯކިޔޯ މެޓްރޯޕޮލިޓަން ގަވަރމަންޓުން އިންތިޒާމުކޮށްގެން ބޭއްވި ތިންވަނަ ”ޖީ-ނެޓްސް” ލީޑާސް ސަމިޓްގައި ކުޅުދުއްފުށި ސިޓީން ބައިވެރިވެ، އެ ސިޓީގެ އަޑު އިއްވައިފިއެވެ. “މޫސުމީ ބަދަލުތަކާއި ކާރިސާތަކުން ރައްކާތެރިވެފައިވާ އާ އާބަން މުސްތަގުބަލެއް” މި ޝިއާރުގެ ދަށުން ބޭއްވި މި ސަމިޓްގައި ކުޅުދުއްފުށި ސިޓީގެ ފަރާތުން ބައިވެރިވީ މޭޔަރު މުހައްމަދު އާތިފް އާއި ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އާދަމްއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 48 ސިޓީއަކުން ބައިވެރިވި މި ސަމިޓް ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދ...

މިދިޔަ މަހު ކުޅުދުއްފުށީގައި 11 ކައިވެނި, 10 ވަރި
Thiladhunmathi News

މިދިޔަ މަހު ކުޅުދުއްފުށީގައި 11 ކައިވެނި, 10 ވަރި

ކުޅުދުއްފުށި ސިޓީ މެޖިސްޓްރޭޓް ކޯޓުގައި މިދިޔަ އޭޕްރިލް މަހު 10 ކައިވެނި ކުރިއިރު އަދި ހަމަ 11 ވަރި ކޮށްފައިވާކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މާރިޗު މަހު އެ ކޯޓުގައި ކޮށްދީފައި ވަނީ 6 ކައި ވެނި އަދި 4 ވަރިއެވެ. އަދި މާރިޗު މަހު ވެސް އެ ކޯޓުން ކޮށްދިން ވަރިކައިވެނީގެ އަދަދު މާރިޗު މަހާއި އެއްވަރެވެ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މިދިޔަ އޭޕްރީލް މަހުގެ މަސައްކަތުގެ ތަފާސްހިސާބު ހިމެނޭ އުސްއަލިތައް އިއްުޔެ […]

ކުޅުދުއްފުށީ ޑަބްލިޔުޑީސީގެ ކަނބަލުންގެ މަސްރޭހުގެ ތަރިއަކީ ޔުމްނާ، 1 ވަނަ ޓީމަކަށް ފަރިހި
Raajje

ކުޅުދުއްފުށީ ޑަބްލިޔުޑީސީގެ ކަނބަލުންގެ މަސްރޭހުގެ ތަރިއަކީ ޔުމްނާ، 1 ވަނަ ޓީމަކަށް ފަރިހި

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ކުރިޔަށް ގެންދިޔުމަށް “ކަނބަލުންގެ މަސް ރޭސް 2026” ރޭ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ޖުމްލަ 18 ޓީމަކުން ބައިވެރިވި މަސްރޭހުގެ ޓީމުތައް މަހަށް ފުރާފައި ވަނީ އިއްޔެ 15:00 ގައެވެ. އަދި އަނބުރާ މަހުން ލެފީ 21:00 ގައެވެ. ޓީމުތައް މަހުން ލެފުމާއެކު ބޮޑުބެރާއި އެކު ކުރިއަށް ގެންދިޔަ ފޯރިގަދަ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައިވެރިންނަށް ހުޅުވާލައިގެން ހާއްސަ ލަކީޑްރޯއެއް ވެސް ކުރިއެއް ގެންދިޔައެވެ. މިލަކީޑްރޯގައި ...

ޝައިޚް އާސިމް އަލް ހަކީމް ކުޅުދުއްފުށީ ސިޓީ އަށް
Raajje

ޝައިޚް އާސިމް އަލް ހަކީމް ކުޅުދުއްފުށީ ސިޓީ އަށް

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ސައޫދީ އަރަބިއްޔާގެ ޝައިޚް އާސިމް އަލް ހަކީމް ކުޅުދުއްފުށީ ސިޓީ އަށް މިއަދު ވަޑައިގަންނަވައިފިއެވެ. ސައިޚް ކުޅުދުއްފުށީ ސިޓީ އަށް މިއަދު ވަޑައިގެންނެވުމުން އެއާޕޯޓުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. ސައިޚަށް މަރުޙަބާ ކިޔުމަށް އިސްކޮށް ހުންނެވީ ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ޢަބްދުالله (ރޯޒޭ) އެވެ. ސައިޚްގެ މި ދަތުރުގައި މިރޭ ކުޅުދުއްފުށީ ސިޓީގައި ދަރުސް ދެއްވާނެއެވެ. މި ދަރުސް އޮންނާނީ މިރޭ 20:30 ގައި އެ ސިޓީގައި […]