ކުޅުދުއްފުށި ސިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ބާއްވާ "ބޮޑުތިލަދުންމަތީ ބޮޑު ބާޒާރު" ގައި ބައިވެރިވުމުގެ ފުރުޞަތު ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން މަޢުލޫމާތު ހާމަކުރާ ގޮތުގައި، މި ބާޒާރު ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 30 އިން އޮކްޓޯބަރު 04 ގެ ނިޔަލަށެވެ.
މި ހަރަކާތަކީ ބޮޑުތިލަދުންމަތީގެ ވިޔަފާރި މާހައުލު ހަރުދަނާކޮށް، ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ.
މި ބާޒާރުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ރަޖިސްޓްރީވާ ތަރުތީބުންނެވެ. އެހެންކަމުން، ބާޒާރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކައުންސިލުން ކަނޑައަޅާފައިވާ އޮންލައިން ލިންކް މެދުވެރިކޮށް ރަޖިސްޓްރީވާން ޖެހެއެވެ.
ރަޖިސްޓްރީވާ ފަރާތްތަކަށް ބާޒާރާ ގުޅޭ އިތުރު ތަފްޞީލު މަޢުލޫމާތު ޙިއްސާކުރުމަށްޓަކައި، ޖުލައި މަހުގެ ފަހު ހަފްތާގެ ތެރޭގައި ޚާއްޞަ ބައްދަލުވުމެއް ބޭއްވުމަށް ވެސް ކައުންސިލުން ވަނީ ނިންމާފައެވެ.
- ރެޖިސްޓްރޭޝަން ލިންކް: https://forms.gle/ri8BrEY87NqXpbCJ9
- އުސޫލު އެޓޭޗްކޮށްފައިވާ ފުރުސަތު ހުޅުވާލި ޢިއުލާން
މި ބާޒާރު ރާވާ ހިންގުމުގައި އަމަލުކުރާނެ އުޞޫލު މިހާރު ވަނީ ކައުންސިލުން އާންމުކޮށްފައެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ނަންބަރު 6527201 ނުވަތަ 6527202 އަށް ގުޅުއްވުމަށް އެ އިދާރާއިން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!