ކުޅުދުއްފުށީގައި ލޯކަލް ޓްރާންސްމިޝަނެއް، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅުއްވާ!
ކުޅުދުއްފުށީގައި ކޯވިޑް-19ގެ ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިކަމަށް ބެލެވޭކަމަށް ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފިއެވެ. އެޗްއީއޯސީން ބުނީ ކުޅުދުއްފުށިން މިމަހުގެ ފެނިފައިވާ ކޯވިޑް-19ގެ ކޭސްތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިން އަދި ޓެސްޓިންގެ ތެރެއިން 4 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެ ރަށުގައި ބަލި ކޮންޓްރޯލު ކުރުމަށް އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި އެ ރަށުގެ ޓާސްކްފޯހާއި އެޗްޕީއޭގެ ޓެކްނިކަލް ޓީމާއެކު އެރަށު...