ހދ. ކުޅުދުއްފުށި ސިޓީގެ ފުލުހަކު ޕޮޒިޓިވްވުމާ ގުޅިގެން ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި، ކުޅުދުއްފުށި، ހދ. ކުރިނބީ، ށ. ފުނަދޫ މިވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

ބޮޑު ތިލަދުންމަތީގެ މައިބަދަތަށް މިވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފަ އެވެ. އުތުރުގެ 3 އަތޮޅުގެ ވެރިކަންކުރާ 3 ރަށް މިވަނީ އަރާ ފޭބުން މަނާކޮށްފަ އެވެ. މިކަމުގެ ސަބަބުން އަތޮޅުގެ އެހެން ރަށްރަށަށް ބޮޑެތި ތަކުލީފުތަކެއް މިވަނީ އުފުލަން ޖެހިފަ އެވެ.

Ad
rt

ކޯވިޑް19 ގެ ރާޅު ރާއްޖެއަށް ބިންދާލުމާއި ހަމައިން ފެށިގެންވެސް ބޮޑު ތިލަދުންމަތީގެ ރައްޔިތުން ދައްކަމުން އައީ އެއްބައިވަންތަކަމާއި އެކުވެރިކަމެވެ. މިނާޒުކު ވަގުތުގައި މާތްﷲ ގެ ހަޞުރަތުން ވާގިއެދި އިތުރު ހިތްވަރާއި އެކުވެރިކަމާއި އެކު މަސައްކަތްކޮށް މިހަނގުރާމަ ފަތަހަ ކުރަން މިވަނީ ޖެހިފަ އެވެ.

އުތުރުގެ ސިއްޙީ މައި ހަސްފަތާލު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމާއި ހަވާލުވެ ހުރި މެނޭޖަރ އަޙަމަދު ދާއޫދުގެ މި ބަސްކޮޅުން ހިތްވަރު ގަދަ ކުރަން ޖެހެ އެވެ.

ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑުމެން މި ބޮޑު ތިލަދުންމަތީގެ ރައްޔިތުން މިކަމުން އަރައިގަންނާނީ އެންމެން އެކުގައި އެއްބައިވަންތަކަމާއެކު. ބަލި ޖެހިފައިވާ މީހުންނަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. އާމީން.

މިއީ އަޙްމަދު ދާއޫދުގެ ފޭސްބުކްގައި ލިޔުއްވާފައިވާ ބަސްކޮޅެކެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ހިންގުމާއި އަޙްމަދު ދާއޫދު ހަވާލުވުމަށްފަހު ހޮސްޕިޓަލުގެ މަޢުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ވަނީ ފާހަގަ ކުރެވިފަ އެވެ. އެގޮތުން އެހޮސްޕިޓަލުގެ ރަސްމީ ޕޭޖްތަކުގެ އިތުރުންވެސް އަޙްމަދު ދާއޫދުގެ އަމިއްލަ ޕޭޖްތަކުންވެސް އަންނަނީ ރައްޔިތުންނާއި ގާތުން މަޢުލޫމާތު ފޯރުކޮށްދެމުންނެވެ.

ފާއިތުވެ ދިޔަ ސެޕްޓެންބަރު މަހަށް އެކަނި ބަލާލި ކަމުގައިވިޔަސް 138 ރަށަކަށް ނިސްބަތްވާ ރައްޔިތުން މި ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހިދުމަތް ލިބިގެންފައި. އަދި ރަގަޅު ކުރަން ޖެހޭ ގިނަ ކަންކަން ހުރުމާއެކު ވެސް އަޅުގަނޑުމެން ކުޅުދުއްފުށީ ރައްޔިތުން މި ދިޔައީ މި ފަރާތްތަކަށް ވީހާ ވެސް ފަސޭހައިން ކަންކަން ވާނެ ފަދަ ގޮތަކަށް އިންތިޒާމުތައް ރޭވުމަށް އެ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުން. އަދި އެ ބޭފުޅުންގެ ހިޔާލުތައް ވެސް ގާތުން ބަލަމުން.

އަޙްމަދު ދާއޫދުގެ ފޭސްބުކް ޕޭޖުގައި މަޢުލޫމާތު ހާމަ ކުރައްވަމުން ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ވެސް އަޙްމަދު ދާއޫދު ވިދާޅުވީ ސެޕްޓެންބަރު މަހު މޮނިޓަރިންގެ ހާލަތުގައި 5 ދުވަހު އޮތުމާއެކު ވެސް 9000 މީހުން ހޮސްޕިޓަލުން ހިދުމަތް ހޯދާފައިވާ ކަމަށެވެ.

އަޅުގަނޑުމެންގެ ރަށަށް އަދި މުޅި ރާއްޖޭގެ ގިނަ ރައްޔިތުން ތަކަކަށް މިކަމާއި ގުޅިގެން ވަރަށް ބޮޑު ގެއްލުމެއް ލިބިގެން މި ދިޔައީ. އަޅުގަނޑު އެދެނީ ފަރުދީ ޒިންމާ އަދާ ކުރުމުގައި ޒިންމާދާރުވުމަށް. އަދި ޤަވައިދުތައް ހެދުމުގައި ރަގަޅަށް ކާމިޔާބު ކަމާއެކު ހިނގަމުން އަންނަ ކަންކަމަށް ލޮޅުން ނާރާނެ ފަދަ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް. މިއީ އަރައިގަންނަން އުނދަގޫ ވެދާނެ ފަދަ އަޑިގުޑަންގަޑެއް.

އަޙްމަދު ދާއޫދު ވިދާޅުވެފައި ވެއެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ރޭ އުތުރުގެ ރަށްތަށް މޮނީޓަރިންގެ ހާލަތަށް ގެނައުމާއި ގުޅިގެން ވިދާޅުވީ ކޯވިޑް-19އަށް ޕޮޒިޓިވްވި ފުލުހުންގެ މީހާއަކީ ކުޅުދުއްފުށީގައި މަސައްކަތްކުރާ މީހެއްކަމަށެވެ. އެކި މަސައްކަތްތަކުގައި އޭނާވަނީ ކުޅުދުއްފުށީގެ އިތުރުން މިވަގުތު މޮނީޓަރިންގެ ޙާލަތަށް ގެންދިޔަ އަނެއް 5 ރަށަށްވެސް ދަތުރުކޮށްފަ ކަމަށެވެ.

"6 ރަށެއްމިވަނީ މޮނިޓަރިންގއަށް ލާފައި. އެއީ ފުލުހުންގެ މީހާ އެރަށްތަކަށް އެކި މަސައްކަތްތަކުގައި ދަތުރުކޮށްފައިވާތީ. މިއީ އެހެން ކޭސްއަކާއި ގުޅުންހުރި ކޭސްއެއްކަމަކަށް އަދި ފާހަގައެއްނުވޭ."

ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ކޯވިޑް-19އަށް ޕޮޒިޓިވްވި މީހާއަކީ ފަހުގެ ތާރީޚެއްގައި މާލެއަށް ދަތުރުކޮށްފައިވާ މީހެއް ނޫންކަމަށެވެ. މިކޭސްއާ ގުޅިގެން 6 ރަށް މޮނީޓަރިންގއަށް ލާފައިވަނީ ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށާ، މިޙާލަތުގައި އެ ރަށްރަށަށް އަރާ ފޭބުން މަނާ ކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވެފައިވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ.

ކޯވިޑަށް ޕޮޒިޓިވްވި ފުލުސްމީހާ އިއްޔެ ކުޅުދުއްފުށިން ކުރިނބީއަށް ދަތުރުކޮށްފައިވަނީ ބަލީގެ އަލާމާތްތައް ހުރުމުން ކޯވިޑަށް ޓެސްޓް ކުރުމަށްފަހު ޓެސްޓްގެ ނަތީޖާ ލިބުމުގެ ކުރިންނެވެ. އަދި ޕޮޒިޓިވްވީކަން އެނގިފައިވަނީ ކުރިނބީގައި ހުއްޓާ ރޭގެ ވަގުތެއްގަ އެވެ.