ހދ. ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަތުން ނަގައިފި އެވެ.
މޮނިޓަރިންގ އުވާލިކަން އަންގާ ލިއުން ހިއްސާކުރަމުން ކުޅުދުއްފުށީ ކައުންސިލުން ބުނެފައިވަނީ މިއަދު (06 އޮކްޓޮބަރ 2020) ގެ 17:08 ގައި ކުޅުދުއްފުށީ ގައި 05 އޮކްޓޯބަރ 2020ގައި އިޢުލާންކުރި މޮނިޓަރިން ވަނީ އުވާލާފައިކަމަށާއި އެހެންނަމަ ވެސް ހުރިހާ ފަރާތްތަކުން ވެސް ބަލިން ރައްކާތެރިވުމަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅުއްވަން އިލްތިމާސްކުރާ ކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުޅުދުއްފުށީ ކައުންސިލްއަށް ފޮނުވި ލިއުމުގައި މޮނިޓަރިންގ އުވާލެވޭ ސަބަބުކަމުގައި ބަޔާންކޮށްފައިވަނީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޤާނޫނު ނަންބަރު 7/2012 (ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތުމުން ކަމަށެވެ.
އެލިއުމުގައި އިތުރަށް ބުނެފައިވަނީ މިލިޔުމުގައި މޮނިޓަރިންގ އުވާލެވޭނެކަމަށް ބަޔާންކޮށްފައިވާ ތާރީޚުން ފެށިގެން، މޮނިޓަރިންގ އުވާލެވުނީކަމަށާއި އަދި މޮނިޓަރިންގގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް އައިސްފައިވާކަމަށެވެ.
ރޭގެ ވަގުތެއްގައި ކުޅުދުއްފުށި ސިޓީ މޮނީޓަރިންއަށް ލާފައިވަނީ ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހަކު ކޯވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. މިއާއި އެކު އުތުރުގެ6 ރަށެއްވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!