ޖަޕާނު ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދިން ތަކެތި މޯލްޑިވްސް ނެޝްނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކޯސްޓު ގާޑުން ހދ. ކުޅުދުއްފުށި ސިޓީއަށް ގެންގޮސްދީފިއެވެ.

ޖަޕާނު ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދިން ތަކެތީގެ ތެރެއިން ކުޅުދުއްފުށްޓަށް ގެންގޮސްދީފައިވަނީ ޕޮލިޔުޝަން ރެސްޕޮންސް އަށް ބޭނުންވާ ސާމާނެވެ. މި ސާމާނާކީ މި ސަރަހައްދުގައި ތިމާވެއްޓަށް ދިމާވެދާނެ ކަމަކުން ސަލާމަތްވުމަށް ފުރަތަމަ ބޭނުންކުރާނެ ސާމާނެވެ.

Ad
rt

ކޯސްޓުގާޑުން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު ޖަޕާނު ސަރުކާރުން މި މަސައްކަތަށް ހަދިޔާކޮށްފައިވާ ހުރިހާ ސާމާނެއް ކުޅުދުއްފުށްޓަށް ވަނީ ގެންގޮސްދީފައެވެ.

ޖަޕާނު ސަރުކާރުން މިދިޔަ އޮގަސްޓު މަހުވަނީ، ރާއްޖޭގެ ދަރިވަރުންނަށް އަމާޒުކޮށް މަތީތަޢުލީމު އުނގެނުމަށް ހިލޭ އެހީގެ ގޮތުގައި ސްކޮލާރޝިޕްތަކެއްވެސް ދީފައެވެ. އަދި މިދިޔަ ހަފްތާގެ ތެރޭގައި ޖަޕާނު ސަރުކާރުން ވަނީ ރާއްޖެއަށް ފަސް ބިލިޔަން ޔެންގެ އެހީވެސް ދީފައެވެ.