ދުނިޔެއިން ނެތި ދިޔުމުގެ ބިރު ހީވެފައިވާ ގަސްތަކުގެ ލިސްޓުގެ ކުރީގައި އުޅޭ "ބުރުގެރިއާ ހެނެސީ" ގަހެއް، ކެލާގެ ކުޅިން ފެނުނު ވާހަކަ އެންވަޔަރަމަންޓް މިނިސްޓްރީންއިން އިޢުލާންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެ ދުވަހު އެމިނިސްޓްރީއިން ބުނީ، ދުނިޔޭގައި ވަރަށް މަދުން ހެދޭ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ މެންގްރޫވްގެ ބާވަތެއް ކަމަށްވާ "ބުރުގެރިއާ ހެނެސީ" (Brugueira hainesii) "ދިވެހިރާއްޖެއިން އަލަށް" ފެނިފައިވާކަމަށެވެ. ކަނޑޫއާއިލާއަށް ނިސްބަތްވާ މިގަހުގައި އަޅާ މޭވާ ވައްތަރީ ބޮޑަވަތްކާއެވެ. ނަމަވެސް މިމޭވާ ބޮޑަވަތްކަށްވުރެ ކުރުވެފައި ފަލަ ކަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީން އެދުވަހު ބުނެފައިވެއެވެ.
ހދ. ކުޅުއްފުއްޓަށް އުފަން ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާ އެކްޓިވިސްޓް، އަދި ކުޅުއްފުށީ ކައުންސިލް އިދާރާގެ އިސްމަޤާމެއް ކަމުގައިވާ ޑިރެކްޓަރ މަޤާމުގައި ހުންނެވި ހދ. ކުޅުދުއްފުށި، ހަދިޔާ، ޢަބްދުﷲ އާދަމް (އެޑަމް) ވިދާޅުވީ މިއީ އުތުރުން މީގެ ކުރިންވެސް ފެނިފައިވާ ގަހެއް ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ މިގަސް ފެނިފައިވަނީ ކުޅުދުއްފުށީ ކުޅިން ކަމަށެވެ.
ޓްވިޓަރގައި "ތިލަދުން" ގެ ޚަބަރަކާއި ހަވާލާދީ އެޑަމް ބުނެފައިވަނީ، މިއީ މީގެ ކުރިންވެސް އުތުރުން ފެނިފައިވާ ގަހެއް ކަމަށެވެ. އެޑަމް މިގޮތަށް ބުނެފައި މިވަނީ، މިނިސްޓްރީ އޮފް އެންވާރަމެންޓްއިން މި އައު ގަހަށް ކިޔާނެ ނަމެއް ހޯދުމުގެ މަޝްވަރާތައްވެސް ކުރަނިކޮށެވެ.
https://t.co/dl3a2qiRit
cc: @DrHussainHassan @MoEnvmv— Adam Abdulla (@edzyadam) October 9, 2020
އެޑަމް އިތުރަށް ބުނެފައިވާ ގޮތުގައި، މި ގަހަކީ ކެނދިކުޅުދޫ އަދި ވައިކަރަދޫއިންވެސް ފެނިފައިވާ ގަހެކެވެ. އޮސްޓްރޭލިއާއިން ތިމާވެށީގެ ރޮނގުން މަތީ ތަޢުލީމު ހާސިލްކޮށްފައިވާ އާދަމް ބުނާ ގޮތުގައި، މީގެ ކުރިންވެސް މި ގަސް ފެނިގެން ވާނީ ރެކޯޑު ކޮށްފަ ކަމަށެވެ. އަދި ބައެއް ރަށްރަށުގައި މި ގަހަށް މާކަނޑޫ އަދި އަނެއްބައި ރަށްރަށުގައި ބޮޑުކަނޑޫވެސް ކިޔާ އުޅޭ ކަމަށް އެޑަމް ވަނީ ބުނެފައެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އަދި އެންވަޔަރަމަންޓް މިނިސްޓްރީއަށް އަދި ކިރިޔާ ތޯ ހޭވެރިކަން މިވީ؟ ބަޖެޓް ހުސްވަންދެން އެކި ކަންކަން ކުރާ އިރުވެސް މިފަދަ ކަންކަން ނޭންގުމަކީ އެކަންކަމާ ހަވާލުވެފަ ތިބޭ މީހުންގެ ޒިންމާދާރުކަން ކުޑަކަން ފެންނަ ކަމެއް. ތިޔަ ކަހަލަ ކަންޑޫ އަހުރެމެން ދައްނަތާ އެތަކެއް ދުވަހެއް ވެއްޖެ
މިކަމާއި ހިތްހަމަ ނުޖެހުން ފާޅުކުރަމުން ޒުވާނަކު ބުނެފައިވެއެވެ.
.@MoEnvmv @DrHussainHassan au nameh hadhaakah nujehey. Mi gus kandoo, bodavaki aai thaafathu kan rah rashu meehunah ingey. Maa kandoo adhi bodu kandoo vs kiyaa. Alah fenun eche nun. The species is present in not just Kelaa but Vaikaradhoo, Kulhudhuffushi & Kendhikulhu as well. https://t.co/xCBFtNtbyH
— Adam Abdulla (@edzyadam) October 9, 2020
މީގެ އިތުރުންވެސް ޓުވިޓަރގައި ކަންބޮޑުވުން ފާޅުކުރަމުން ޒުވާނަކު ބުނެފައިވަނީ ތިމާވެށީގެ ކަންކަމުގައި މިނިސްޓްރީއަށް ވުރެ ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރާ ޒުވާނުން މާކުރީގައި އުޅޭ ކަމަށާއި އެޒުވާނުންގެ ކަންބޮޑުވުންތަކަށް މިނިސްޓްރީއިން އިޖާބަދީ ކަނުލާ އަޑުއަހަން ޖެހޭކަމަށެވެ.
އެޑަމް އިތުރަށް ބުނެފައިވަނީ، މި ގަހަކީ އެންވާރަމެންޓް މިނިސްޓްރީއަށް އަލަށް ފެނިފައިވާ ގަހަކަށް ވީ ނަމަވެސް، ރަށުގައި ޤާއިމުވެ އުޅޭ ރަށުގެ ރައްޔިތުންނަށް މި ގަސް އަލެއް ނޫން ކަމަށެވެ. އަދި މި ރަށްރަށުގެ އަހުލުވެރިންނަށް މި ގަހާއި މި ގަހާ އެންމެ ވައްތަރު ބޮޑުވަތްކާވެސް ވަކިކުރަން އިނގޭކަމަށެވެ.
މީގެ ކުރިން 2019 ވަނަ އަހަރުގައި ކުޅުދުއްފުށިން މި ގަސް ފެނުމާއި އެކު، އޮސްޓްރޭލިއާގެ ޖޭމްސް ކުކް ޔުނިވަރސިޓީއާއި، ޓްރޮޕް ވޯޓަރ އާއި ގުޅިގެން ރެކޯޑު ކުރެވިފައިވާކަމުގެހެކިދޭ އީމެއިލް ތަކެއްވެސް އެޑަމް ވަނީ ޓްވިޓަރގައި ހިއްސާކޮށްފައެވެ.
Sharing a few photos taken on our observation trip in 2019. @jcu @TropWATER @mangroveap @MangroveProject @MangroveJoe @Mangroves @MangrovesNow pic.twitter.com/jBf0U0LMP5
— forme (@fourmea) October 8, 2020
މިކަމާ ގުޅިގެން އެންވާރަމެންޓް މިނިސްޓްރީއާއި ދެކޮޅަށް އާދަމްގެ ބައެއް އިހުސާސްތައްވެސް ވަނީ ބަންޑުން ކޮށްލާފައެވެ. މި ގޮތުން، ކުޅުދުއްފުށީ ކުޅިއަށް ލިބިފައިވާ ގެއްލުމާއި އަދި ނަސީބު ރަނގަޅު ކަމުން ގަސްތަކަށް ގެއްލުން ނުވާ ކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި ޕަބްލިކް ރިލޭޝަންގެ މަސައްކަތްތަށް ހުއްޓާލުމަށްފަހު މި ކުޅިތައް ސަލާމަތް ކޮށް ހިމާޔަތް ކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް އޭނާ ވަނީ ގޮވާލާފައެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، މީގެ ކުރިން ކުރެވިފައިވާ ސާރވޭތަކުން ދައްކާ ގޮތުގައި މުޅި ދުނިޔޭގައިވެސް 2010 ވަނަ އަހަރާއި ހަމައަށް ހުރީ، މިބާވަތުގެ ފޯދިފައިވާ އެންމެ 200 ގަސް ކަމަށެވެ.
Extremely troubling when the Ministry of Environment has NO IDEA what rare species are found where in #Maldives. The ministry's indecision continues to fail to #SaveKulhudhuffushiKulhi which it destroyed without assessing loss & damage to the island and its people.#SaveMaldives https://t.co/YjqSiouu9R
— #SaveMaldives Campaign (@SaveMaldivesMV) October 8, 2020
އެވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވީ، ހއ. ކެލާއިން މި ބާވަތް ފެނުމަކީ އެރަށަށް ލިބޭ އިތުރު ޚާއްސަ ސިފައެއް ކަމަށާއި އަލަށް ފެނުނު މިބާވަތުގެ ކަނޑޫގަސް ކެލާ ކަނޑޫފަލުން ފެނުނީ، މި އަހަރުގެ މާރިޗު މަހު ހއ. ކެލާ ކަނޑޫފާ ސަރަޙައްދުގައި ކުރިއަށްގެންދިޔަ އިކޮލޮޖިކަލް ސާރވޭގައި އެރަށުގެ ކުޅީގެ ސަރަޙައްދުން ކަމުގައެވެ. ކެލައިން މިނިސްޓްރީއަށް ފެނިފައިވަނީ މޭގެ 4 ގަހެވެ.
މިނިސްޓްރީއަށް އަލަށް ރާއްޖޭގެ ކަނޑޫފަލަކުން ފެނުނު "ބުރުގެރިއާ ހެނެސީ" ގަހަކީ ކަނޑޫފަލަށް ނިސްބަތްވާ ގަސްތަކުގެ ތެރެއިން ދުނިޔެއިން ނެތިދާނެކަމުގެ ބިރު ހީވެފައިވާ ދެބާވަތުގެ ތެރެއިން އެއް ބާވަތެވެ. މި ބާވަތުގެ ގަހަކީ އައިޔޫސީއެން މުޅި ދުނިޔެއިން ނެތިދާނެ ކަމުގެ ބިރު އެންމެ ބޮޑަށް އޮތް ގަސްތަކުގެ ކެޓެގަރީ ލިސްޓްކޮށްފައިވާ ބާވަތުގެ ގަހެކެވެ. މި ބާވަތުގެ ގަސް ފެނިފައިވަނީ އޮސްޓްރޭލިއާ، ޕަޕުއާ ނިއު ގިނީ، އިންޑޮނޭޝިއާ، މެލޭ ޕެނިންސުލާ، ތައިލެންޑް އަދި މިޔަންމާގެ ކަނޑޫފާތަކުންނެވެ. އަދި މިގަހުގެ އާބާދީ ދުވަހުން ދުވަހަށް ދަނީ މަދުވަމުންނެވެ.
Sadly inaccurate.
I hope @MoEnvmv will fix this error and work with @IUCN @IUCN_Maldives to set the record straight, observe professional integrity and ensure these activities are in fact credible. The reality is that there is more citizen knowledge on #Maldives #mangroves. https://t.co/n8dL5v9OFN— Humay (@HumayAG) October 9, 2020
ދުނިޔޭގެ ދެބައި ހަމަ ރޮނގު، ނުވަތަ ހައްތު އިސްތިވާގައި ހިމެނޭ ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް ބޮޑެތި ކަނޑޫފާތައް ހެދިފައިވެއެވެ. އިބުރާހިމް މުހައްމަދު ލުޠުފީ ލިޔުއްވާފައިވާ، ދިވެހިރާއްޖޭގެ ޖޯގުރަފީގެ ވަނަވަރުގައި ވާގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ބޮޑެތި ކަނޑޫފާތައް ހެދިފައިވެއެވެ. އަދި މިކަނޑޫފާތަކަކީ ދިވެހިންގެ ކާނާގެ ޔަޤީންކަމަށް މުހިއްމު ތަންތަނަށް ވެފައި ވެއެވެ.
ދުނިޔޭގެ އެކިކަން ކޮޅުތަކުގައި މިބާވަތުގެ 57 ވައްތަރުވެއެވެ. ދިވެހިރާއްޖޭގެ ކަނޑޫފާތަކުން މީގެ ކުރިންވަނީ 14 ބާވަތެއްގެ މެންގްރޫވް ގަސް ރެކޯޑް ކުރެވިފައެވެ. އަލަށް މިފެނުނު ބާވަތާއެކު ދިވެހިރާއްޖެއިން މުޅިއެކު 15 ބާވަތުގެ މެންގްރޫވް ގަސް މިހާރުވަނީ ފެނިފައެވެ. އޭގެ ތެރޭގައި ކަނޑުލާއި ރަނޑުލާއި ބޮޑުވަތްކާއި، ތަކަފައްޗާއި، ކުއްޅަވަކާއި، ކަހެރުވަކާއި، ބަރުގަސް ހިމެނެއެވެ. ކުޅިފާތަކުގައި ހެދޭ ގަސްތަކުގެ ތެރެއިން ދިވެހިން ކައިބޮއެ އުޅުނީ ކަނޑުލާއި ރަނޑުލާއި ބޮޑުވަތްކާއި އަދި ކުއްޅަވަކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!