ޢާޠިފާ ޑެޕިއުޓީ މޭޔަރުކަމަށް ޝައުގުވެރިކަން ފާޅުކޮށްފި
ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް އެ ސިޓީގެ މެދު ދެކުނު ދާއިރާގެ އިންތިޚާބީ ކައުންސިލް މެންބަރު، ޢާޠިފާ ޢަލީ ޝައުގުވެރިކަން ފާޅުކުރަށްވައިފިއެވެ. ”ތިލަދުން”އިން ޢާޠިފާއާއި ކުރި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ، ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް ޝައުގުވެރިކަން އެބަހުރިކަމަށާއި، އެގޮތަށް ކުރިއަށް ވަޑައިގަންނަވަން ނިންމަވައިގެން ހުންނެވި ކަމަށެވެ. “މާތް ﷲގެ އިރާދަފުޅާއެކު އަޅުގަނޑު މިހިރީ ޑެޕިއުޓީ މޭޔަރުކަމަށް ކުރިމަތިލާން ނިންމައިގެން، އަޅުގަނޑަށް ތާއީދު ކުރާ ވަރަށް ގިނަ ފަރާތްތ...