ކުޅުދުއްފުށި ސިޓީގައި އިމާރާތްކުރަން ފަށާފައިވާ 105 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމަން ދޮންބެޒް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.

އެކަމަށްޓަކައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި، މިނިސްޓްރީގެ ފަރާތުންއެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝާން ނަސީމްއެވެ. އަދި

Ad
rt

ދޮންބެޒް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ހެޑް އޮފް އޮޕަރޭޝަން އަލީ ހަމްދޫން އެވެ.

ދޮންބެޒް ކުންފުންޏަށް މި މަސައްކަތް ހަވާލުކުރީ 47 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް 240 ދު ަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް އެއްބަސްވުމުގައި ވަނީބުނެފައެވެ.

ކުޅުދުއްފުށީ ހައުސިން ޔުނިޓުތަކުގެ އަމަލީ މަސައްކަތް ފެށީ 2011 ވަނަ އަހަރުއެވެ. ނަމަވެސް 2014 ގައި އެ މަސައްކަތް ވަނީ ހުއްޓިފައެވެ.

މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން 105 ހައުސިން ޔުނިޓު ނިންމުމަށް ކުރަން ހުރި ހުރިހާ މަސައްކަތެއް ދޮންބެޒް ކުންފުނިން ކުރާނެއެވެ.