އެންމެ އިސްކަމެއް ދޭނީ ހދ. ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ގޮތެއް ހޯދުން ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ މުޙައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
އާތިފް މިހެން ވިދާޅުވެފައިވަނީ ރޭގައި އެރަށުގައި ބޭއްވި ރަށްވެހި ފަތިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ އިންތިހާބު ވެއްޖެ ނަމަ އެންމެ ފުރަތަމަ ކުރާނެ ކަމަކީ އެ ސިޓީގެ ތަރައްގީގެ ޕްލޭން ހެދުން ކަމަށެވެ.
އަޅުގަނޑުމެންގެ ކައުންސިލެއްގެ މައިގަނޑު އެއް އަސާސަކީ މިރަށުގެ ރައްޔިތުންގެ ޚިޔާލާއެކު އަޅުގަނޑުމެން ކުރާ ހުރިހާ ކަމެއް ކުރުން
އާތިފް ވިދާޅުވި އެވެ.
މޯގެ އިތުރުން ކުޅުދުއްފުށި ރައްޔިތުންނަށް ރަށްވެހިކަން ދޭނެ ކަމަށާއި ބޯހިޔާވަހިކަން ކަށަވަރު ކޮށްދޭނެ ކަމަށް ވިދާޅުވި އެވެ. އަދި ބޯހިޔާވަހިކަމުގެ ދަފްތަރެއް އެކުލަވާލާނެ ކަމަށާއި، މި ހަދާ ދަފްތަރުގެ ސަބަބުން ހުރި ބިންތަކެއް ސިސްޓަމަކުން ފެންނާނެ ކަމަށެވެ. އަދި އިދިކޮޅުން މިވާހަކަ ދައްކާކަމަށާއި އެހެން ނަމަވެސް މިކަން ކުރާނެ ގޮތެއް އަދިވެސް ހުޅުވާ ނުލެވޭ ކަމަށް އާތިފް ފާހަގަ ކުރައްވާފައި ވެއެވެ.
އަދި މިހާރުވެސް ސަރުކާރުން 1.5 ބިލިޔަން ރުފިޔާ އަތޮޅު ތެރޭގެ ބޯހިޔާވަހިކަމަށް ކަނޑައަޅަފައިވާ ކަމަށާއި ލާމަރުކަޒީ ގާނޫނުން ލިބޭ ބާރާ އެކީއެރަށަށް ލިބޭ އިންސައްތައަކީ އެރަށަށް ފުދޭ ވަރަށް ވުރެ ކުޑަ އިންސައްތައެއް ނަމަ ކުޅުދުއްފުށި ސިޓީ ކައުންސިލުން އަމިއްލައަށް ޗައިނާ، ދުބާއީ ނުވަތަ އިންޑިއާ ބޭންކްތަކުގެ ލޯންތަކަށް ވަދެ އެޕްރޮޖެކްޓް އެއަށްވުރެ ބޮޑަށް ހިންގާނެ ކަމަށެވެ.
މީގެ އިތުރުން ބޮޑެތި އިންވެސްޓްމެންޓްތަކަށް އެސިޓީ ހުޅުވާލާނެ ކަމަށާއ،ި މިހާރުވެސް މިކަމަށް އިންވެސްޓަރުން އެބަތިބި ކަމަށް ވިދާޅުވި އެވެ. އަދި އިންވެސްޓްމެންޓްތަކަށް ހުޅުވާލައިފިނަމަ ނަތީޖާއަކަށް ވާނީ ޒުވާނުންންގެ ވަޒީފާ ކަށަވަރު ވެގެން ދިއުން ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ޒުވާނުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީ އިގްތިސާދު ވަރުގަދަ ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެރަށުގެ ރައްޔިތުން ކަންބޮޑުވާ އެއް މައްސަލައެއް ކަމުގައިވާ ފާހަގަ ކުރެއްވީ ތުއްތު ކުދިންގެ ތަޢުލީމް ހާސިލު ކުރާ ޕްރީސްކޫލް ހުއްޓިފައި އޮތުންކަން ފާހަގަ ކުރިއެވެ. މިފަހަރު ކުޅުދުއްފުށި ސިޓީ ކައުންސިލް މޭޔަރ ކަމަށް ހޮވިއްޖެނަމަ އެމައްސަލަ ހައްލު ކޮށްދޭނެކަމަށް ވިދާޅުވެފައި އެވެ.
އާތިފްގެ ތަސައްވަރަކީ ހާސްކަމެއް ނެތި ފުދުންތެރި ރައްޔިތެއް ދިރިއުޅޭ އަމާން ވެއްޓެއް ގާއިމްވެފައިވާ ޒަމާނީ ޓެކްނޮލޮޖީގެ މައްޗަށް ހިދުމަތްތައް ބިނާވެގެންވާ ފެހި ޒަމާނީ ސިޓީއަކަށް ކުޅުދުއްފުށި ހެދުން ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!