ކުޅުދޫފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބުމަށް ފަހު ބޭއްވޭ ފުރަތަމަ ލޯކަލް ކައުންސިލްގެ އިންތިހާބުގައި އެއް ގޮނޑިއަކަށް އެއް ނަމެއް ކިޔާ ދެ ބޭފުޅުން ވާދަ ކުރެއްވި އެވެ.

ކުޅުދުއްފުށީ ސިޓީގެ މެދު ދެކުނު ދާއިރާއަށް ދެ "ޢާތިފާ އަލީ" ގެ ގަދަހިފުމުން މޮޅުވީ "ދިވެހިގޭ ޢާތިފާ" އެވެ. ވާދަކުރެއްވި ދެ ކަނބަލުންވެސް އެއީ ވާދަވެރި ދެ ޕާޓީއަކަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ. ސަރުކާރު މައި ޕާޓީއާއި އިދިކޮޅު ޕާޓީގެ ގަދަ ހިފުމެކެވެ. ދެ ކަނބަލުންނަކީ ކުޅުދުއްފުށްޓަށް އުފަން ދެ ކަނބަލުންނެވެ. ދެ މީހުންގެ ފުރިހަަމަ ނަމަކީ ވެސް "ޢާތިފާ އަލީ" އެވެ.

Ad
rt

ކުޅުދުއްފުށީ، ދިވެހިގެ، ޢާތިފާ އަލީ ނިސްބަތްވެ ވަޑައިގަންނަވަނީ އެމްޑީޕީއަށެވެ. ކުޅުދުއްފުށީ، ވިޝަން، ޢާތިފާ އަލީ ނިސްބަތްވެ ވަޑާއިގަންނަވަނީ ޕީޕީއެމްއަށެވެ.

އިލެކްޝަން ކޮމިޝަން އިން މިހާރު އިއުލާންކޮށްފައިވާ ވަގުތީ ނަތީޖާއަށް ބަލާއިރު އެމްޑީޕީއިން ވާދަކުރެއްވި އާތިފާއަށް ލިބިފައިވަނީ 374 ވޯޓެވެ. މިއީ ވޯޓް ލީމީހުންގެ 58.16 އިންސައްތަ އެވެ. ޕީޕީއެމް އިން ވާދަކުރެއްވި އާތިފާއަށް 269 ވޯޓް ލިބިފައިވާއިރު 41.84 އިންސައްތަ އެވެ. މިދާއިރާއަށް ވޯޓް ލުމުގެ ހައްގު ލިބިފައިވަނީ 1194 ފަރާތަކަށެވެ. ނަމަވެސް ވޯޓް ލާފައިވަނީ 696 މީހުންނެވެ. ބާތިލް ވޯޓްގެ ގޮތުގައި ގުނާފައިވަނީ 53 ވޯޓް އެވެ.

ދިވެހިގެ އާތިފާ އަލީގެ ކުރު ތަޢާރަފް އަކަށް ބަލާލާނަަމެވެ. އެގޮތުން އާތިފާ އަލީގެ ތަޢުލީމީ ޙަޔާތް ފެށުނީ ކުޅުދުއްފުށި އަމީރު އަމީނު އިސްކޫލުންނެވެ. ފަށާ ތަޢުލީމު އަދި މެދު މަދަރުސީ ތަޢުލީމު ހާސިލުކުރީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. ޡާނަވީ ތަޢުލީމުގެ މަރުހަލާ ޖަލާލުއްދީން ސްކޫލުން ނިންމާލުމަށްފަހު މަތީ ޡާނަވީ ތަޢުލީމު ޙާސިލު ކުރުމަށް ޚިޔާރުކުރީ ސީ.އެޗް.އެސް.އީ. އެވެ. އެއަށްފަހު ފުރަތަމަ ޑިގްރީއަށް ކިޔެވީ ސިންގަޕޫރުގެ ނެޝަނަލް ޔުނިވާސިޓީ (އެން.ޔޫ.އެސް.) އިން ނާއި ކެނެޑާގެ ޔުނިވާސިޓީ އިފް ޓޮރޮންޓޯ އިން ނެވެ. އަދި އެއަށްފަހު އެމް.ބީ.އޭ. ޙާސިލުކުރީ އޯޕަން ޔުނިވާސިޓީ މެލޭސިއާ އިން ނެވެ.

އިސްކޫލު ދައުރުގެ ފާހަގަ ކޮއްލެވޭ ބައެއް ކާމިޔާބީތައް:

  • ޖީ.ސީ.އީ. އޭލެވެލް އިންތިހާނު 2004 ގެ ސްކޫލު ފެންވަރުގަ އާއި ޤައުމީ ފެންވަރުގައި ގަދަ 10 އެއްގެ ތެރޭގައި ހިމެނުން.
  • 2001 ވަނަ އަހަރު ޖަލާލުއްދީން ސްކޫލުގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރު ( ބެސްޓް އޯލްރައުންޑް ސްޓޫޑަންޓް )
  • 1998 ވަނަ އަހަރު ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރު ( ބެސްޓް އޯލްރައުންޑް ސްޓޫޑަންޓް )

ލީޑަރޝިޕް:

  • އަފީފުއްދީން ސްކޫލުގެ ބޯޑު މެންބަރު (2019-2020)
  • އެން.ޔޫ.އެސް. މުސްލިމް ސޮސައިޓީ ގެ VISION މަޖައްލާގެ ސެކްރެޓަރީ (2008)
  • ޖަލާލުއްދީން ސްކޫލުގެ ޑެޕިއުޓީ ސްކޫލް ކެޕްޓަން (2001-2002)
  • ޖަލާލުއްދީން ސްކޫލް ބުރާސް ބޭންޑުގެ ލާންސް ކޯޕްރަލް (1999-2002 )

މަސައްކަތުގެ ތަޖުރިބާ:

އެންމެ ގިނަ ދުވަހު ވަޒީފާ އަދާކޮށްފައިވާނީ ދިވެހި ރެޑް ކްރެސެންޓުގައި ހދ. ގޮފި ހިންގުމުގައެވެ. އެގޮތުން އެންމެ ފުރަތަމަ ދިވެހި ރެޑް ކްރެސެންޓާއި ގުޅުނީ 2013 ވަނަ އަހަރު ނޮވެންބަރު މަހުއެވެ. އަދި 2016 ވަނަ އަހަރުގެ މެއި މަހާއި ޖެހެންދެން ހުރީ ހދ. ގޮފީގެ ކޯއޯޑިނޭޓަރުގެ މަޤާމުގައެވެ. އަދި އެއަށްފަހު 3 އަހަރު ދުވަހުގެ މެދުކެނޑުމަށްފަހު އަނެއްކާވެސް 2019 ވަނަ އަހަރު ދިވެހި ރެޑް ކްރެސެންޓާއި ގުޅުނީމެވެ. އިންތިޚާބަށް ކުރިމަތި ލުމާއި ހަމަޔަށް ހުރީ ހދ. ގޮފީގެ ބްރާންޗް އެގްޒެކެޓިވްގެ މަޤާމުގައެވެ. ކުޅުދުއްފުށީގައި ރެޑް ކްރެސެންޓްގެ ހަރަކާތްތައް މަޑުޖެހި ދަރުމަވެރިން ޖަމާޢަތް ދޫކޮށް ދަނިކޮށް އަލުން އަނބުރާ ދިވެހި ރެޑް ކްރެސެންޓުގެ ހދ. ގޮފީގެ މަސައްކަތްތައް 2013 ވަނަ އަހަރު ފަށައިގަތުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހުންތެރޭގައި އަޅުގަނޑު ހިމެނޭނެއެވެ.

މިގޮތުން ތަފާތު އެކިއެކި ތަމްރީނު ޕްރޮގުރާމްތަކާއި، އެވެއާނެސް ޕްރޮގްރާމްތަކާއި އެސެސްމެންޓްތައް ކުރިއަށް ގެންގޮސްފައިވާނެއެވެ. އަދި ކަމާއި ބެހޭ ވުޒާރާތަކާއި ގުޅިގެން ތަފާތު އެކިއެކި އިޖުތިމާޢީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާނެއެވެ.

ދެން އެންމެ ގިނަދުވަހު މަސައްކަތްކުރީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓަރ- ކުޅުދުއްފުށީގައި ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރެއްގެ މަޤާމުގައެވެ. އެއީ 2017 ގެ މާރިޗުން 2019 ގެ ފެބުރުއަރީ އަށެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމާއި ވިޔަފާރި ތަކަށް ބޭނުންވާ ފަންނީ ލަފާ ދިނުމަކީ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭކަންކަމެވެ.

2011 ވަނަ އަހަރުގެ ޖޫން އިން 2013 ބަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހުރީ މޯލްޑިވްސް ފުޑް އެންޑް ޑްތަގް އޮތޯރިޓީގެ ލެބޯރެޓަރީ ޓެކްނޮލޮޖިސްޓްގެ މަޤާމުގައެވެ. އެގޮތުން ފްޑް ކެމިސްޓްރީ ލެބޯރެޓްރީގެ ތަހުލީލުތައް ކުރުމަކީ މައިގަނޑު މަސްއޫލިއްޔަތެވެ.