ކޯވިޑް-19އަށް ޓެސްޓް ކުރުމަށްޓަކައި، ނެގި 133 ސާމްޕަލެއް ނެގެޓިވް ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނެފިއެވެ.

ކޭއާރުއެޗްއިން ބުނީ އެ 133 ސާމްޕަލްގެ ތެރޭގައި ހިމެނެނީ، ރިލީޒް ސާމްޕަލްއާއެކު މި ދެ ދުވަހު ކުޅުދުއްފުށިންނާއި ކައިރި ބައެއް ރަށްރަށުން ޕޮޮޒިޓިވް ވި ކޭސްއާ ގުޅިގެން ނެގިފައިވާ ސާމްޕަލްތައް ކަމަށެވެ.

Ad
rt

މި ހާތަނަށް ޕޮޒިޓިވް ވީ ކޭސްތަކާ ގުޅިގެން 200 ސާމްޕަލް ވަނީ ނެގިފައިވާ ކަމަށާއި، އޭގެތެރެއިން 70 ސާމްޕަލް ނެގެޓިވް ކަމަށް އެ ހޮސްޕިޓަލުން ކުރިން ވަނީ ހާމަކޮށްފަ އެވެ.

''މޮނިޓަރިންގެ ހާލަތު އުވާލެވެންދެން އަދި މި ދުވަސްވަރު ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަން ފެތުރެމުން ދާތީ މާސްކު އަޅާ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު އުޅުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރަން.'' ކޭއާރްއެޗްއިން ބުނެފަ ވެއެވެ.

ޅ. ނައިފަރުން ކޭއާރުއެޗްއަށް އިތުރު ފަރުވާއަށް ގެންގޮސް ފަރުވާދިނުމަށް އެޑްމިޓްކޮށްފައިވާ ބަލިމީހަކާއި އެމީހާގެ އެހީތެރިޔާ ކޯވިޑްއަށް ޕޮޒިޓިވްވެފައިވާއިރު، އެ ކޭހާއި ގުޅިގެން 4 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް މިމަހުގެ 25 ވަނަ ދުވަހުގެރޭ އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މިކޭސް ތަކާއި ގުޅިގެން ކުޅުދުއްފުށިވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

ކޭއާރުއެޗްއިން ވަނީ، މި މާރިޗު މަހުގެ 21 ވަނަ ދުވަހުގެ ފަހުން އެހޮސްޕިޓަލަށް ޒިޔާރަތް ކޮށްފައިވާ ފަރާތްތަކުންނާއި، ބަލީގެ އަލާމާތް ފެންނަ ފަރާތްތަކުން، އެ ހޮސްޕިޓަލްގެ ހޮޓްލައިން ނަންބަރ 7606688އަށް ގުޅާ މައުލޫމާތު ހިއްސާ ކޮށްދޭން ވެސް އެދިފައެވެ.