ހދ. ނެއްލައިދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އަޅަން ބިން އެ މަސައްކަތު ކޮންޓެކްޓަރ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ.
އެ ބިން އެމްޓީސީސީއާއި ހަވާލުކުރުމަށްޓަކައި މިއަދު ވަނީ ނެއްލައިދޫގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު، އިސްމާއިލް ޝަރީފްއެވެ. ނެއްލައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް ކައުންސިލްގެ ރައީސް މުޙައްމަދު އަލީފްއެވެ.
ހެލްތް މިނިސްޓްރީގެ ފަރާތުން މި އިމާރާތް އަޅަން އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ 29 މާރިޗް 2025 ގައެވެ.
450 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނެއްލައިދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ނިންމަން ހަމަޖެހިފައިވާއިރު މި މަސައްކަތުގެ އަގަކީ 11،197،462.90 ރުފިޔާއެވެ.
ބޮޑުތިލަދުންމަތީގެ ބައެއް ރަށްރަށުގައި ސިއްހީ ޚިދުމަތްދޭ އާ އިމާރާތް އެޅުމަށް މިދިޔަ ހަފުތާއިން ފެށިގެން އަންނަނީ ބިން ކޮންޓެކްޓަރާއި ހަވާލުކުރަމުންނެވެ. މިގޮތުން ހަނިމާދޫ ހޮސްޕިޓަލާއި، އިހަވަންދޫ ހޮސްޕިޓަލާއި އަދި މަކުނުދޫ ހޮސްޕިޓަލް އެޅުމަށް ވެސް މިހާރު ވަނީ ބިން ހަވާލުކޮށްފައެވެ.
ސަރުކާރުން ވަނީ މިދިޔަ މާރިޗް މަހުން ފެށިގެން ސިއްހީ ޚިދުމަތްދޭ އައު ގިނަ އިމާރާތްތަކެއް އަޅަން ސަރުކާރުގެ ތިން ކުންފުންޏަކާއި ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!