ހދ.ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދޭނެ މަގުފަހިކުރުމަށް އެ އަތޮޅު ހިރިނައިދޫ އަކީ ނެއްލައިދޫގެ ބައެއް ކަމުގައި ރައީސް މިއަދު ކަނޑައަޅުއްވައިފިއެވެ.

ރައީސް މިގޮތަށް ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.

Ad
rt

ރައީސް ވަނީ މިގޮތަށް ކަނޑައަޅުއްވައި، ޤަރާރެއް ނެރުއްވާފައެވެ. މި ޤަރާރުގައި "ހިރިނައިދޫ" ގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތާއި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ރައީސްގެ ޤަރާރު (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް "ހިރިނައިދޫ" އެ އަތޮޅުގެ "ނެއްލައިދޫ" ގެ ބައެއްގެ ގޮތުގައި ވަނީ އިތުރުކުރަށްވާފައެވެ.

މީގެ އިތުރުން ''ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން'' ޤަރާރުގެ ގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު އަދާހަމަކޮށް، މި ޤަރާރުގެ ޖަދުވަލުގައި ހިމަނުއްވާފައިވެއެވެ.

ނެއްލައިދޫ ރައްޔިތުންނަށް ނަފާ ހޯދައިދިނުމަށް ހިރިނައިދޫ ދެނީ

ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދައިދިނުމަށް އެ އަތޮޅު ހިރިނައިދޫ ހަމަޖައްސައްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅު 27 ފެބުރުވަރީ 2024 ދުވަހު ނެއްލައިދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެދުވަހު ރައީސް ވަނީ، ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދައިދިނުމަށް ނެއްލައިދޫ ކައިރީ އޮންނަ ހިރިނައިދޫ ހަމަޖެއްސުމަށް، އެރަށް ނެއްލައިދޫ ކައުންސިލްގެ އިހްތިސާސްގައި ހިމެނުމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅައިދެއްވުމަށް ނެއްލައިދޫ ކައުންސިލްގެ ކިބައިން އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ރައީސް ވަނީ ނެއްލައިދޫގެ ރައްޔިތުން ބޭނުންވާގޮތަށް، އެރަށުގައި ހައުސިން މަޝްރޫޢު ކުރިއަށް ގެންގޮސްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ބިނާރުގެ ތަރައްޤީއަށް ހުރި ކަންކަން ވެސް ފުރިހަމަ ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.

ނެއްލައިދޫގެ ރައްޔިތުންނަށް، ހިރިނައިދޫ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދިއްޖެ

އެ ރަށަކީ 1990 ވަނަ އަހަރުން ފެށިގެން ވަރުވާއަށް އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ 7.4 ހެކްޓަރުގެ ރަށެކެވެ.

ޤުތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރުމަށް، ހިރިނައިދޫ، ނެއްލައިދޫގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް ނެއްލައިދޫ ކައުންސިލުން އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް 12 ޖޫން 2022 ގައި ވެސް ހުށަހެޅިއެވެ.