Skip to main content
Topic Archive

#ހދ ނޭކުރެންދޫ

155 Stories filed
ނޭކުރެންދޫ ކައުންސިލްގެ ކުޅިވަރު ފެސްޓިވަލް "ނެވި ސްޕޯޓްސް ފިއެސްޓާ" ގެ ނަމަށް ބަދަލުކޮށް ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ނޭކުރެންދޫ ކައުންސިލްގެ ކުޅިވަރު ފެސްޓިވަލް "ނެވި ސްޕޯޓްސް ފިއެސްޓާ" ގެ ނަމަށް ބަދަލުކޮށް ބައިވެރިވާން ހުޅުވާލައިފި

ހދ. ނޭކުރެންދޫ ކައުންސިލްގެ އިދާރާއިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ކުޅިވަރު ފެސްޓިވަލް ރީބްރޭންޑްކޮށް، “ނެވި ސްޕޯޓްސް ފިއެސްޓާ 2026” ގެ ނަމުގައި އެ މުބާރާތް ބޭއްވުމަށް ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކައުންސިލުން މިކަން އިއުލާނުކޮށް، މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ޓީމުތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން ރަޖިސްޓަރޭޝަން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 5 ނޮވެމްބަރު 2026 ވާ ދުވަހުގެ މެންދުރުފަހު 1:00...

ނޭކުރެންދޫ މިސްކިތު ގޯތީގައިވާ ވެވު މަރާމާތުކުރަން ބީލަމަށް ހުޅުވާލައިފި
Thiladhunmathi News

ނޭކުރެންދޫ މިސްކިތު ގޯތީގައިވާ ވެވު މަރާމާތުކުރަން ބީލަމަށް ހުޅުވާލައިފި

ހދ. ނޭކުރެންދޫ ޤަބުރަސްތާނު މިސްކިތު ގޯތިތެރޭގައި އޮތް ވެވުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފިއެވެ. ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނީ، މި މަސައްކަތަށް ހުޅުވާލާފައިވަނީ އެ ކައުންސިލުން ދޭ މައުލޫމާތާ އެއްގޮތަށް ޤަބުރަސްތާނު މިސްކިތު ގޯތިތެރޭގައި އޮތް ވެވުގައި ހުރި މަރާމާތުތައް ކޮށްދޭނެ ބަޔަކު ހޯދުމަށް ކަމަށެވެ. މި މަސައްކަތުގެ ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ވި...

އަންނަ ނޮވެމްބަރުން ފެށިގެން ނޭކުރެންދޫ ކައުންސިލުން އެރަށުގައި ކުނި އުކާލުމުގެ ޚިދުމަތް ފަށަނީ
Thiladhunmathi News

އަންނަ ނޮވެމްބަރުން ފެށިގެން ނޭކުރެންދޫ ކައުންސިލުން އެރަށުގައި ކުނި އުކާލުމުގެ ޚިދުމަތް ފަށަނީ

ހދ. ނޭކުރެންދޫގެ ގޭބިސީތަކުންނާއި، ފިހާރަތަކުން އަދި އެނޫން ވެސް އެކި ތަންތަނުގައި އުފެދޭ ކުނި ނެގުމުގެ ޚިދުމަތްދިނުމަށް ހަމަޖެހިފައިވާތީ، އެ ޚިދުމަތަށް އެދުމުގެ ފުރުޞަތު ނޭކުރެންދޫ ކައުންސިލުން ހުޅުވާލައިފިއެވެ. އެ ގޮތުން، 1 ނޮވްމެބަރ 2026 އިން ފެށިގެން ކުނި ނެގުމުގެ ޚިދުމަތް ދޭން ފަށާނެކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެއެވެ. އެހެންކަމުން، އެ ޚިދުމަތް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު 25 އޮކްޓޫބަރ 2026ގެ ކުރިން އެ ކައުންސިލަށް ހުށަހެޅުމަށް އެ އިދާރާއިން […]

ނޭކުރެންދޫގައި ހިންގާ އާދައިގެ ފަހާފޮށިން މާޖަހަ ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ނޭކުރެންދޫގައި ހިންގާ އާދައިގެ ފަހާފޮށިން މާޖަހަ ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި

ހދ. ނޭކުރެންދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، އާދައިގެ ފަހާފޮށިން މާޖަހަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އިން އިސްނަގައިގެން ބާއްވާ ކޯހެކެވެ. އތމ ކޮމިޓީން ބުނެފައިވަނީ މި ކޯހަކީ އައު ހުނަރެއް ދަސްކޮށްގެން އަމިއްލަ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކަށް ވަރަށް މުޙިއްމު ކޯހަކަށް ވާނެކަމަށެވެ. މީގެއިތުރުން މާޖެހުމަށް ޚާއްޞަ ވަކި ފޮއްޓެއް ނެތް ނަމަވެސް، ގޭގައި ގެންގުޅ...

އެއް އުނގަކުން ތަޢުލީމީ ދާއިރާއަށް ތިން މުދައްރިސުން, މިއީ އެ ނަމޫނާ މަންމައެއްގެ ފަޚުރުވެރި ވާހަކަ
Thiladhunmathi News

އެއް އުނގަކުން ތަޢުލީމީ ދާއިރާއަށް ތިން މުދައްރިސުން, މިއީ އެ ނަމޫނާ މަންމައެއްގެ ފަޚުރުވެރި ވާހަކަ

ކޮންމެ މުދައްރިސެއްގެ ފަހަތުގައި އެ މީހަކަށް ހެޔޮ ތަރުބިއްޔަތު ދިން މައިވަންތަކަމުގެ ލޯތްބާއި ހިތްވަރު ވާނެކަން ޔަޤީނެވެ. މިއަދު ފާހަގަކުރާ މުދައްރިސުންގެ ދުވަހު މި ގެނެސްދެނީ، މުޖުތަމައު ބިނާކުރާ އެންމެ މުހިންމު އެއް ޚިދުމަތަށް، އެއް ފުރާޅެއްގެ ދަށުން، ތިން ދަރިން ހަދިޔާކުރި ނަމޫނާ މަންމައެއްގެ ފަޚުރުވެރި ވާހަކައެވެ. މުޅި ޤައުމުގެ މުސްތަޤުބަލު އުޖާލާކުރަން މަސައްކަތްކުރާ ތިން މުދައްރިސުންގެ ހިޔާވަހިކަމަކީ އެ މަންމަގެ އުނގެވެ. ހދ. ނޭކުރެންދޫ މަހުމާގޭ ފާޠިމަތު ޚާލިދާއަކީ ތިން މުދައްރިސުންގެ މަންމ...

އެމްއެންޔޫގެ ލެކްޗަރާއިންނާއެކު ނޭކުރެންދޫ ސްކޫލް ކުދިންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
Thiladhunmathi News

އެމްއެންޔޫގެ ލެކްޗަރާއިންނާއެކު ނޭކުރެންދޫ ސްކޫލް ކުދިންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް

ހދ. ނޭކުރެންދޫގައި “18 އަހަރުން ދަށުގެ ކުދިންގެ ކެރިއަރ ގައިޑޭންސް ޕްރޮގްރާމް 2026” ގެ ދަށުން ޚާއްޞަ ސެޝަނެއް ބާއްވަން ތައްޔާރުވެއްޖެއެވެ. އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އިން އިންތިޒާމްކޮށްގެން ބާއްވާ މި ޕްރޮގްރާމްގެ ސެޝަން ނަންގަވައިދެއްވާނީ، އެމްއެންޔޫ ކުޅުދުއްފުށީ ކެންޕަހުގެ ލެކްޗަރާއިން ކަމަށް އެ ކޮމެޓީން ވަނީ ބުނެފައެވެ. “އަހަރެންގެ ކުރިމަގު ބައްޓަން ކުރާނީ ކިހިނެއް؟” ގެ ނަމުގައި ކުރިއަށް ގެންދާ މި ސެޝަނަކީ، އެ ރަށު ސްކޫލްގެ ގްރޭޑް 7 […]

ފޯރިގަދަ ސެމީ ފައިިނަލް މެޗުގައި ނޭކުރެންދޫ ބަލިކޮށް ހަނިމާދޫ ފައިނަލަށް
Thiladhunmathi News

ފޯރިގަދަ ސެމީ ފައިިނަލް މެޗުގައި ނޭކުރެންދޫ ބަލިކޮށް ހަނިމާދޫ ފައިނަލަށް

“އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ނޭކުރެންދޫ ބަލިކޮށް ހަނިމާދޫ ފައިނަލަށް ދަތުރުކޮށްފިއެވެ. ހަވީރު 16:45 ގައި ފެށި ސެމީގެ މެޗުގައި ހަނިމާދޫ މޮޅުވީ 2-1 ލަނޑުންނެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ހަނިމާދޫ އިންނެވެ. އެއީ އެ ޓީމުގެ އަލީ ހުސައިން (ދަގަނޑޭ) ޖަހައިދިން ލަނޑެކެވެ. އެއީ ނޭކުރެންދޫގެ އަބާން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޖެހުމެއް ގޯލުގެ ތެރެއަށް […]

ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ.އަތޮޅުގެ ސެމީ ފައިނަލް މެޗުތައް މިއަދު
Thiladhunmathi News

ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ.އަތޮޅުގެ ސެމީ ފައިނަލް މެޗުތައް މިއަދު

“އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގެ ސެމީ ފައިނަލް މެޗުތައް މިއަދު ކުޅޭނެއެވެ. މިގޮތުން މިއަދު ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ކުޅޭނީ ގްރޫޕް އޭގެ އެއްވަނަ ހޯދި ހަނިމާދޫ އާއި ގްރޫޕް ބީގެ ދެވަނަ ހޯދި ނޭކުރެންދޫ އެވެ. މި މެޗު ފަށާނީ މިއަދު ހަވީރު 16:45 ގައެވެ. ސެމީގެ ދެވަނަ މެޗު ފަށާނީ މިރޭ 20:30 ގައެވެ. މި މެޗުގައި ކުޅޭނީ ގްރޫޕް ބީ އިން އެއްވަނަ ހޯދި މިވަގުތު ރާއްޖޭގެ ފުޓްސަލް […]

ދެ މެޗުން ވެސް މޮޅުވެ ނައިވާދޫ ސެމީއަށް، ދެވަނަ ޖާގަ ނޭކުރެންދޫ އަށް
Thiladhunmathi News

ދެ މެޗުން ވެސް މޮޅުވެ ނައިވާދޫ ސެމީއަށް، ދެވަނަ ޖާގަ ނޭކުރެންދޫ އަށް

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގައި ގްރޫޕް ”ބީ”ގެ ސެމީފައިނަލްގެ ޖާގަތައް ނައިވާދޫ އަށާއި ނޭކުރެންދޫ އަށް ކަށަވަރުވެއްޖެއެވެ. މި ގްރޫޕްގެ ސެމީގެ ޖާގަތައް ކަށަވަރުވީ މިރޭ ނައިވާދޫ އާއި ކުރިނބީގެ ކުރިމަތިލުމުގައި 4-1 އިން ނައިވާދޫ މޮޅުވި މެޗަށް ފަހުއެވެ. މި ނަތީޖާއާއެކު ނައިވާދޫ ސެމީއަށް ދަތުރުކުރީ ކުޅުނު ދެމެޗުން ވެސް މޮޅުވެގެން ހަ ޕޮއިންޓާއެކުގައެވެ. ދެ މެޗުން ވެސް ބަލިވުމުން ކުރިނބީ އަށް މުބާރާތް ނިމުނުއިރު، ކުރިނބީ މެޗުން ހޯދާފައިވާ ތިން […]

ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
Thiladhunmathi News

ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ

ހދ. ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މުޅިން ނިންމައި، އެ ނިޒާމުތައް ޓެސްޓްކޮށް ކޮމިޝަންކޮށްފިއެވެ. މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން މައުލޫމާތު ދިން ގޮތުގައި، މި މަޝްރޫޢުގެ އަމަލީ މަސައްކަތް މުޅިން ނިންމާލުމަށްފަހު ފެނާއި ނަރުދަމާ ނިޒާމު ޓެސްޓްކޮށް ކޮމިޝަންކޮށްފައި ވަނީ 13 އޮގަސްޓު 2026ގައެވެ. ފެނާއި ނަރުދަމާ ނިޒާމު ޓެސްޓްކޮށް ކޮމިޝަން ކުރުމުގެ މި ހަރަކާތުގައި، މިނިސްޓްރީގެ ޓެކްނިކަލް ސްޓާފުންގެ އިތުރުނ...

ކުރިނބީ މެޗުން ލިބުނު މޮޅާއެކު ނޭކުރެންދޫ އުންމީދު އާކޮށްފި
Thiladhunmathi News

ކުރިނބީ މެޗުން ލިބުނު މޮޅާއެކު ނޭކުރެންދޫ އުންމީދު އާކޮށްފި

“އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގައި ކުރިނބީ އަތުން ހޯދި މޮޅާއެކު ނޭކުރެންދޫ އިން ތިން ޕޮއިންޓް ހޯދައިފިއެވެ. ނޮޅިވަރަންފަރުގައި ކުރިއަށްދާ މި ބުރުގައި ހޮނިހިރު ދުވަހުގެރޭ ނޭކުރެންދޫން މޮޅު ހޯދީ 2-1 އިން ކުރިނބީ ބަލިކޮށްގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ކުރިނބީންނެވެ. އެއީ އެ ޓީމްގެ ޒިޔާން ޖަހައިދިން ލަނޑެކެވެ. ނޭކުރެންދޫ ނަތީޖާ ހަމަހަމަ ކުރި ލަނޑު ފެނުނީ މި ހާފުގައެވެ. އެއީ ނައިވާދޫ މެޗުގައި ވެސް ނޭކުރެންދޫ އަށް […]

ނޭކުރެންދޫގައި ޒުވާނުންގެ ފޯރަމަކާއި ތިންމުގޯލި ކުޅުމުގެ ހަރަކާތެއް
Thiladhunmathi News

ނޭކުރެންދޫގައި ޒުވާނުންގެ ފޯރަމަކާއި ތިންމުގޯލި ކުޅުމުގެ ހަރަކާތެއް

މިއަހަރުގެ ޒުވާނުންގެ ދުވަހަށް ޚާއްސަކޮށް ހާއްސަ ހަރަކާތްތަކެއް ގެންދަން ހދ. ނޭކުރެންދޫ ކައުންސިލުން ތައްޔާރުވެއްޖެއެވެ. ނޭކުރެންދޫގައި މި ދުވަސް ފާހަގަކުރުމަށް ގެންދަން ތައްޔާރުވެފައިވާ އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ ޒުވާނުންގެ ފޯރަމް އެވެ. “މުޖުތަމަޢު ބިނާކުރުމުގައި ޒުވާނުންގެ ދައުރު” މި ޝިޔާރުގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ ހާއްސަ ފޯރަމެއް އޮންނާނީ މިރޭ 20:45 ގައި އެރަށު ކައުންސިލް އިދާރާ އާއި ދެމެދު ބީޗު ސަރަހައްދުގައެވެ. މި ފޯރަމްގައި ދަރުސްދެއްވަން ހަމަޖެހިފައި ވަނީ އައްސައިޚް މ...

ނޭކުރެންދޫ ކައުންސިލުން ރަށް ވަށައިގެން 40 ފޫޓް ފުޅާ މަގެއް ހަދައިދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ނޭކުރެންދޫ ކައުންސިލުން ރަށް ވަށައިގެން 40 ފޫޓް ފުޅާ މަގެއް ހަދައިދޭނެ ފަރާތެއް ހޯދަނީ

ނޭކުރެންދޫ ކައުންސިލުން ފާސްކޮށްފައިވާ ލޭނޑްޔޫސް ޕުލޭނުގައިވާ ގޮތަށް، ރަށްވަށައިގެން 40 ފޫޓް ފުޅާ މަގެއްހަދައިދޭނޭ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާނު ކޮއްފިއެވެ. މި މަގު ހެދުމަށް ހަމަޖެހިފައިވަނީ ލޭންޑް ޔޫސް ޕުލޭނުގައި ފާހަގަ ކޮށްފައިވާ ގޮތަށް، ގޮނޑުދަށުންފެށިގެން ހޭޅިފަށުގައި 100 ފޫޓްގެ އެރިޔާއެއް (ގްރީން ޒޯން އޭރިޔާ) ދޫކުރުމަށް ފަހުގައެވެ. އިޢުލާނުގައި ހީރަސް ކޮއްފައިވާ ރަށުގެ ޗާޓުންގައި ވެސް  ރަށް ވަށައިގެން ރަތް ކުލައިން އެ ސަރަޙައްދު ވަނީ ފާހަގަ ކޮއްފައެވެ. މިކަމަށް ޝައުގުވެރި ލައްވ...

ނޭކުރެންދޫ އަންހެނުންގެ ކޮމިޓީން ބާއްވާ ކޭކު ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Raajje

ނޭކުރެންދޫ އަންހެނުންގެ ކޮމިޓީން ބާއްވާ ކޭކު ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ ފަރާތުން އެ ރަށުގެ އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން ކޭކު އަޅަން ދަސްކޮށްދޭ ކޯހެއް ހިންގުމަށް ނިންމައި، އެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޯހަކީ “ބިގިނަރ ބޭސިކް ޓު އެޑްވާންސް” ފެންވަރަށް ކޭކު އެޅުމުގެ ހުނަރުތައް ދަސްކޮށްދޭ ކޯހެކެވެ. މި ކޯހުގައި ބައިވެރިވާ ކޮންމެ ބައިވެރިއެއްގެ އަތުން ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 1,000 ރުފިޔާއެވެ. މި ކޯސް ކުރިއަށް ގެންދެވޭނީ މަދުވެގެން 10 ބައިވެރިން...

ނޭކުރެންދޫ ޑަބްލިޔުޑީސީ ގޮނޑި ޕީއެންސީގެ ރިއުޒާ ކާމިޔާބުކޮށްފި
Thiladhunmathi News

ނޭކުރެންދޫ ޑަބްލިޔުޑީސީ ގޮނޑި ޕީއެންސީގެ ރިއުޒާ ކާމިޔާބުކޮށްފި

އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ، މިއަދު ބޭއްވި ދެވަނަ ބުރުގެ ވޯޓުލުގައި ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓު ފާޠިމަތު ރިއުޒާ ކާމިޔާބުކޮށްފިއެވެ. ނޭކުރެންދޫ ޑަބްލިޔުޑީސީގެ މި ގޮނޑިއަށް ކެންޑިޑޭޓެއް ހޮވުމަށް އިންތިޚާބުބޭއްވީ ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ ކެންޑިޑޭޓު ފާޠިމަތު ރިއުޒާ...