އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ، މިއަދު ބޭއްވި ދެވަނަ ބުރުގެ ވޯޓުލުގައި ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓު ފާޠިމަތު ރިއުޒާ ކާމިޔާބުކޮށްފިއެވެ.

ނޭކުރެންދޫ ޑަބްލިޔުޑީސީގެ މި ގޮނޑިއަށް ކެންޑިޑޭޓެއް ހޮވުމަށް އިންތިޚާބުބޭއްވީ ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ ކެންޑިޑޭޓު ފާޠިމަތު ރިއުޒާ އާއި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓު ފާޠިމަތު ނިޝާދާ ފުރަތަމަ ބުރުގައި ވޯޓުގެ ގޮތުން އެއްވަރު ވެގެންނެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި މި ދެ ކެންޑިޑޭޓުން އެއްވަރުވެފައި ވަނީ ކޮންމެ ކެންޑިޑޭޓަކަށް 300 ވޯޓު ލިބިގެންނެވެ.

Ad
d

މިއަދު ކުރިއަށް ދިޔަ ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓު ފާޠިމަތު ރިއުޒާ ގޮނޑި ކަށަވަރުކޮށްފައިވާކަމަށް އިންތިޚާބުގައި އިސްކޮށް މަސައްކަތްކުރެއްވި ބައެއް ބޭފުޅުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް ވޯޓުގެ ސާފު އަދަދު އަދި ނުލިބެއެވެ.

Ad
df

ދެވަނަ ބުރުގައި ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ވެސް މިއަދު ވޯޓު ލާފައިވާއިރު، ބ. ދޮންފަން ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިއަށާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ޚާއްޞަ ގޮނޑީގެ އިތުރުން ލ. މާވަށް ޑަބްލިޔުޑީސީ މެންބަރު ހޮވުމަށްވެސް މިއަދު ވޯޓު ނެގިއެވެ.