ޑަބްލިޔުޑީސީ އިންތިޚާބުގެ ދެވަނަ ބުރު ކެލާ އާއި ނޭކުރެންދޫގައި
އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ، ދެވަނަ ބުރުގެ ވޯޓުލުން ބާއްވާ ރަށްތަކުގެ ތެރޭގައި ހއ. ކެލާ އާއި ހދ. ނޭކުރެންދޫ ހިމެނިއްޖެއެވެ. ކެލާ އަދި ނޭކުރެންދޫގައި ވާދަކުރާ ކެންޑިޑޭޓުން ހއ. ކެލާ: ކެލާގައި ދެވަނަ ބުރު ބާއްވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށެވެ. އެ މަގާމަށް ވާދަކުރަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް މަހުދިއ...